ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ 3 ހަފުތާ
ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކޮންމެ ހަފުތާއަކު ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުންތައް މެދުކެނޑިފައިވާތާ ތިން ހަފުތާ ވެފައިވާއިރު، މިއަދުގެ ބައްދަލުވުން ކެންސަލްކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. ސަރުކާރުގެ ސިޔާސަތުތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި މި ބައްދަލުވުންތައް މެދުކެނޑުމުން ނޫސްވެރިންނާއި ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން


ރައީސް މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ | ރައީސް އޮފީސް
ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ނޫސްވެރިންނާއެކު ބައްދަލުވުމެއް ނުބާއްވާތާ ތިން ހަފުތާވެއްޖެއެވެ.
ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދާރީވުމަށް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުންތައް މެދުކެނޑިފައިވާތާ މިހާރު ވަނީ ތިން ހަފުތާ ވެފައެވެ. ނޫސްވެރިންގެ ބައްދަލުވުންތައް މެދުކަނޑާލާފައިވާ ވަކި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރި ސަބަބެއް ހޯދުމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފްއަށް ރާއްޖެޓީވީގެ ފަރާތުން ގުޅުމުން އޭނާ ވެސް ފޯނަށް ޖަވާބުނުދެއްވައެވެ.
ނޫސްވެރިންގެ ބައްދަލުވުންތައް މަޑުޖެހިފައިމިވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރުމާ ގުޅިގެން ނޫސްވެރިންނާއި އާންމު ރައްޔިތުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.









