Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

އެއްކޮށް ނިންމައި ޑެލިވަރކޮށްފި ކަމަށް މިނިވަން ދުވަހު ރައީސް ވިދާޅުވި 590 މަޝްރޫއުގެ ތަފްސީލު ހޯދަން ރާއްޖެ ޓީވީ އިން އާރްޓީއައި އެއް!

28 ޖުލައި 2026 | އަންގާރަ 13:00

މި ސަރުކާރުން 590 މަޝްރޫއު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅާ ގުޅިގެން، އެ މަޝްރޫއުތަކުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން އާރުޓީއައި ހުށަހަޅައިފި. މީގެ ތެރޭގައި މަޝްރޫއުތައް ހިންގި ދާއިރާތަކާއި ރަށްތަކުގެ އިތުރުން، އެއީ އަލަށް ފެށި މަޝްރޫއުތަކެއްތޯ ސާފުކުރުން ހިމެނޭ. ރައީސްގެ މި ވާހަކަފުޅާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލުތައް އުފެދި ފާޑުކިޔުންތައް އަމާޒުވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ޖުލައި 2026 | އަންގާރަ 13:00
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި ދެ އަހަރާއި އަށެއްކަ މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫއު ނިންމައި ޑެލިވަރކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން، އެ މަޝްރޫއުތަކުގެ ފުރިހަމަ އަދި ވަކިވަކި ތަފްސީލުތައް ހޯދުމަށް ރާއްޖެޓީވީ އިން ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި) އެއް ހުށަހަޅައިފި އެވެ. 

ޖުލައި 26، 2026 ގައި ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ސަރުކާރުން ހާސިލުކޮށްފައިވާ ތަރައްގީގެ ކާމިޔާބީތަކުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި ދެ އަހަރާއި އަށެއްކަ މަސް ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫއު ނިންމައި ޑެލިވަރ ކުރައްވާފައިވާ ކަމަށެވެ. އަދި މިދިޔަ ދެ ސަރުކާރުން އެ މުއްދަތުގައި ކޮށްފައިވާ މަސައްކަތަށް ބަލާއިރު ނިމުނު އެމްޑީޕީގެ ސަރުކާރުގެ އެ މުއްދަތުގައި ނިންމުނީ 285 މަޝްރޫއު ކަމަށާ އޭގެ ކުރިން، ރައީސް ޔާމީނުގެ ސަރުކާރުގެ މި މުއްދަތުގައި، ދެ އަހަރާ އަށްމަސް ދުވަހުގެ ތެރޭގައި ނިންމުނީ 321 މަޝްރޫއު ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރު ވާހަކަ ދައްކާނީ 'ނަތީޖާ' އިން ކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖެޓީވީ އިން ހުށަހަޅާފައިވާ އާރުޓީއައި ގައި މައިގަނޑުގޮތެއްގައި ވަނީ ރައީސް ވިދާޅުވި 590 މަޝްރޫއުކީ މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން އަލަށް ފަށައިގެން ނިންމި މަޝްރޫއުތަކެއް ތޯ އާއި ނުވަތަ ކުރީގެ ސަރުކާރުތަކުން ފަށާފައި ވަނިކޮށް މަސައްކަތް ހުއްޓިފައި ނުވަތަ ނިމެން ކައިރިވެފައި ހުރި މަޝްރޫއުތަކެއް މި ސަރުކާރުން ނިންމީ ތޯ ބެލުމަށެވެ. އެގޮތުން ރައީސް އެ ވިދާޅުވާ އަދަދުގެ ތެރެއިން ސީދާ މި ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން އަލަށް ފަށައިގެން ނިންމާފައިވަނީ ކިތައް މަޝްރޫއުތޯ އާއި، އެކަމަށް ހޭދަވި މިންވަރާއި، އަދި އެ މަޝްރޫއުތައް ހިންގާފައި ވަނީ ރާއްޖޭގެ ކޮންކޮން ރަށްރަށާއި ސަރަހައްދުތަކުގައިކަން ސާފު ކޮށްދިނުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. 

މީގެ އިތުރުން، މި 590 މަޝްރޫއު އަކީ ކޮން ކޮން ދާއިރާތަކަކަށް ނިސްބަތްވާ މަޝްރޫއުތަކެއް ކަން ވެސް އާރުޓީއައި މެދުވެރިކޮށް ހޯދަން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ތައުލީމީ އަދި ސިއްހީ ދާއިރާގެ މަސައްކަތް ފަދަ ކޮންމެ ދާއިރާއަކުން ނިންމުނު މަޝްރޫއުތަކުގެ ވަކިވަކި އަދަދުތަކާއި، ކޮންމެ ރަށެއްގައި ހިންގުނު މަޝްރޫއުތަކުގެ ތަފްސީލީ ލިސްޓެއް ވަކިވަކިން އެނގޭނެ ގޮތަށް ގާނޫނީ މުއްދަތުގެ ތެރޭގައި ފޯރުކޮށްދިނުމަށް ރާއްޖެޓީވީ އިން ވަނީ ހުށަހަޅާފަ އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ކިތަންމެ ކުޑަ މަޝްރޫއެއްގެ ނިންމުން ވެސް ފާހަގަ ކުރަނީ ނުހަނު ކުލަގަދަ ކޮށެވެ. އެގޮތުން މަގެއް ތަރައްގީކޮށް ނިންމި ކަމުގައި ވީ ނަމަވެސް ނުވަތަ ދުވާ ޓްރެކްގައި ޑިޖިޓަލް ގަޑިއެއް ހަރުކުރުން ފަދަ ކުދިކުދި ކަންކަމުގައި ވެސް މި ސަރުކާރުން ބޮޑެތި ރަސްމިއްޔާތު ބާއްވާ އެކަންކަން ފާހަގަ ކުރާއިރު، ރައީސް އެ ވިދާޅުވާ 590 މަޝްރޫއު ނިންމެވި ނަމަ 590 ރަސްމިއްޔާތު މިހާތަނަށް ބާއްވާފައިވާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ރައީސް ވިދާޅުވި އަދަދާ މެދު ސުވާލު އުފައްދަމުންނެވެ. 

މީގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ ރައީސް އެ ވިދާޅުވި އަދަދަކީ އެއްވެސް ހަގީގަތެއް ނެތް އަދަދެއް ކަމަށާއި ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް ވެސް މި ސަރުކާރަށް ނުނިންމިގެން އުޅޭއިރު 590 މަޝްރޫއު މި ސަރުކާރަށް 2 އަހަރާ އަށް މަސް ދުވަހުގެ ތެރޭގައި ނުނިންމޭނެ ކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ވެސް ކުރަމުންނެވެ.

މި އާރްޓީއައި ރާއްޖެޓީވީ އިން ހުށަހަޅާފައިވާއިރު، ރާއްޖެޓީވީ އިން ވަނީ ރާއްޖޭގެ ގިނަ ރަށްރަށަށް ގޮސް، އެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތަކުގެ އަޕްޑޭޓް ބަލާފަ އެވެ. އަދި ހުރިހާ ރަށެއްގައިހެން، އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ކައުންސިލްތަކުންނާއި އާންމު ރައްޔިތުން ވެސް ފާޅުކުރަމުންދަނިކޮށް، ރައީސް މިފަދަ ގިނަ އަދަދެއްގެ މަޝްރޫއު ނިންމަވާފައިވާ ކަމަށް ވިދާޅުވިއިރު މި މަޝްރޫއުތަކުގެ އެއްވެސް ތަފްސީލެއް އެއްވެސް އިދާރާއަކުން ލިބެން ވެސް އަދި ފެންނަން ވެސް ނެތްކަން ރާއްޖެޓީވީ އިން ފާހަގަކޮށްފައިވެ އެވެ. 

ރާއްޖެ ޓީވީމައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުމިނިވަން ދުވަސްމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

27 ޖުލައި 2026

"އަމިއްލަ ހަސަދަ ފިލުވުމާއި ދަށު ދަރަޖައިގެ ރައްދު ދިނުމަށް ޤައުމީ ދުވަހެއް، ނުވަތަ ރައީސްގެ ޕޯޑިއަމް ބޭނުން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ކަރާމާާތް ނަގާލުން!"

27 ޖުލައި 2026
"އަމިއްލަ ހަސަދަ ފިލުވުމާއި ދަށު ދަރަޖައިގެ ރައްދު ދިނުމަށް ޤައުމީ ދުވަހެއް، ނުވަތަ ރައީސްގެ ޕޯޑިއަމް ބޭނުން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ކަރާމާާތް ނަގާލުން!"
26 ޖުލައި 2026

މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި

26 ޖުލައި 2026
މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި
26 ޖުލައި 2026

ގިނަ އަދަދެއްގެ ޑިޕްލޮމޭޓުން މިނިވަން ދުވަހުގެ ރަސްމިއްޔާތައް ރާއްޖެ ވަޑައިގަތީ އަދުގެ ސަރުކާރުން ދިވެހީންނަށް އިސްކަން ދިނުމުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި

26 ޖުލައި 2026
ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި
26 ޖުލައި 2026

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު އަރުވާފައި ނުވާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން، ވިދާޅުވީ ޖަލުގައި ހުންނެވި ދުވަސްވަރު ވެސް ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށް

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026
މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!
26 ޖުލައި 2026

އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އޯޑަރު އަންނަ ސިޔާސީ އިދިކޮޅު ފަރާތެއްކަމަށް ރައީސް ވިދާޅުވެއްޖެ!

26 ޖުލައި 2026
އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އޯޑަރު އަންނަ ސިޔާސީ އިދިކޮޅު ފަރާތެއްކަމަށް ރައީސް ވިދާޅުވެއްޖެ!
26 ޖުލައި 2026

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

26 ޖުލައި 2026
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި
26 ޖުލައި 2026

ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް: ރައީސް ސޯލިހު

26 ޖުލައި 2026
ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް