Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޓީއައި

ރާއްޖެޓީވީގެ އާރްޓީއައި ތަކަށް ޖަވާބުދޭން ރައީސް އޮފީހަށް 7 ދުވަސް ދީ، ޖަވާބު ނުދޭނަމަ ދައުވާކުރާނެކަމުގެ އިންޒާރު ދީފި!

13 ޖުލައި 2026 | ހޯމަ 11:30

ރާއްޖެޓީވީން ހުށަހަޅާފައިވާ އާރްޓީއައިތަކަށް ރައީސް އޮފީހުން ޖަވާބު ދިނުމުގައި ބޮޑެތި ލަސްތަކެއްވެ، އައިކޮމްގެ އެންގުންތަކަށް އަމަލުކޮށްފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރު ވަނީ ނުރުހުން ފާޅުކުރައްވާފައި. އެހެންކަމުން، ޖަވާބު ނުދީ ހުރި ހުރިހާ މައްސަލަތަކަށް ހަތް ދުވަސް ތެރޭގައި ޖަވާބު ދިނުމަށް އަމުރުކޮށް، އެ މުއްދަތުގައި ޖަވާބު ނުދީފިނަމަ ދައުވާ ކުރާނެ ކަމުގެ އިންޒާރު ރައީސް އޮފީހަށް ވަނީ ދީފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖުލައި 2026 | ހޯމަ 11:30
އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދު.

އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދު. | ސަން އޮންލައިން

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި 7 ދުވަސް ތެރޭގައި ޖަވާބު ދިނުމަށް އައިކޮމްއިން ރައީސް އޮފީހަށް އަމުރުކޮށްފި އެވެ.

ރާއްޖެޓީވީން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް އޭގެ ޖަވާބުތައް ރައީސް އޮފީހުން ފޮނުވާފައި ވަނީ ވެސް އައިކޮމް އަށް ހުށަހެޅޭ މައްސަލަތަކުގައި ޖަވާބު ފޮނުވަން ޖެހޭ މުއްދަތުގެ ފަހުންނެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން އެއް މައްސަލައަކީ ރައީސްގެ ދަތުރުފުޅުތަކާ ގުޅޭގޮތުން ރާއްޖެޓީވީން 28 އޮކްޓޯބަރު 2025 ގައި ހުށަހެޅި މައްސަލައެވެ. އެ އާރްޓީއައިއަށް ރައީސް އޮފީހުން ޖަވާބު ދީފައިވަނީ 8 ޖުލައި 2026 ގަ އެވެ.

މީގެ އިތުރުން، 12 ނޮވެމްބަރު 2025 ގައި ރާއްޖެޓީވީން ހުށަހަޅާފައިވާ އާރްޓީއައި އާއި ގުޅޭގޮތުންވެސް މި އަޑުއެހުމުގައި ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން އެ މައްސަލައަކީ މެދުފަންތިއާއި ދަށު ފަންތީގެ މީހުން ކޮރަޕްޝަން ހިންގާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައިވާތީ އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި މައްސަލައެކެވެ.

މި އާރްޓީއައި އަށް ރައީސް އޮފީހުން ޖަވާބު ދިނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް އެ ޖަވާބު ފުރިހަމަނުވާތީ އޭޕްރީލް މަހު ބޭއްވި އަޑުއެހުމުގައި އައިކޮމްއިން ވަނީ ޖަވާބު އިސްލާޙުކޮށް، އަލުން ޖަވާބު ދިނުމަށް ރައީސް އޮފީހަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެއީ 26 އޭޕްރީލް 2026 ގަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން | ރާއްޖެ އެމްވީ

އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި އައިކޮމްގެ އެންގުމާ އެއްގޮތަށް ރައީސް އޮފީހުން އަމަލުކޮށްފައި ނުވާތީ އައިކޮމް ގެ ރައީސް އާހިދު ރަޝީދު ނުރުހުން ފާޅު ކުރެއްވި އެވެ.

ޗާގޯސް މައްސަލައިގައި ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިއަށް ޖަވާބު ދިނުމަށްވެސް 10 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ އެންގުމަށްވެސް ރައީސް އޮފީހުން އަމަލުކޮށްފައިނުވެ އެވެ. އެ އާރްޓީއައި ގައި އެދިފައި އޮތީ ޗާގޯސް އާއި ގުޅޭގޮތުން ރައީސް މުއިއްޒު މަޝްވަރާއެއް ކުރައްވާފައިވޭތޯ ނުވަތަ ނޫންތޯ ސާފުކުރުމަށެވެ.

އައިކޮމްއިން ވަނީ  ޖަވާބު ނުދީ ހުރި ހުރިހާ އާރްޓީއައި އަކަށް 7 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް ރައީސް އޮފީހަށް އަންގާފަ އެވެ. އަދި ޖަވާބު ނުދޭނަމަ، ދައުވާ ކުރާނެކަމުގެ އިންޒާރު އައިކޮމްގެ ރައީސް ދެއްވި އެވެ. 

 

ރާއްޖެ ޓީވީރައީސުލްޖުމްހޫރިއްޔާގެ އޮފީސް އާހިދު ރަޝީދުއާރު.ޓީ.އައި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ތަކުރާރުކޮށް ހުރަސް އަޅާތީ ރައީސް އޮފީސް 2000 ރުފިޔާއިން ޖޫރިމަނާކޮށްފި!

13 ޖުލައި 2026
އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ތަކުރާރުކޮށް ހުރަސް އަޅާތީ ރައީސް އޮފީސް 2000 ރުފިޔާއިން ޖޫރިމަނާކޮށްފި!
12 ޖުލައި 2026

މަތީ ދަރަޖަ ހޯދާ ފަރާތްތަކުން އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ޚާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު ގެޒެޓް ކޮށްފި

12 ޖުލައި 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކުން އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ޚާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު ގެޒެޓް ކޮށްފި
09 ޖުލައި 2026

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި ޖުލައި 12 ވާ އާދިއްތަ ދުވަހު ހުޅުވާލަނީ

09 ޖުލައި 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި ޖުލައި 12 ވާ އާދިއްތަ ދުވަހު ހުޅުވާލަނީ
08 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލު ހޯދުމަށް އާރްޓީއައި ހުށަހަޅަން އަންގައިފި

08 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލު ހޯދުމަށް އާރްޓީއައި ހުށަހަޅަން އަންގައިފި
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
29 ޖޫން 2026

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

29 ޖޫން 2026
ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
28 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ

28 ޖޫން 2026
 ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން، އެއީ އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން: ސައުދުﷲ
27 ޖޫން 2026

ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު

27 ޖޫން 2026
ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު
27 ޖޫން 2026

މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު

27 ޖޫން 2026
މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު
26 ޖޫން 2026

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

26 ޖޫން 2026
ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް