Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ފެހެންދޫ

ފެހެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެ، ގެނައި ސާމާނުތައް ހަލާކުވަނީ!

25 ސެޕްޓެމްބަރު 2026 | ހުކުރު 08:09

ބ. ފެހެންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ލަސްވެ، އެ މަޝްރޫއަށް ގެނައި ގިނަ އަދަދެއްގެ ސާމާނު ހަލާކުވަމުންދާތީ އެ ރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް، އަމަލީ މަސައްކަތް ކުރިއަށްދާ ދުވެލި ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް މި ޚިދުމަތް ލިބުން ވަރަށް ބޮޑަށް ލަސްވެފައިވާކަން ކައުންސިލްގެ ނައިބު ރައީސް ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 25 ސެޕްޓެމްބަރު 2026 | ހުކުރު 08:09

ބ.ފެހެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެ، ގެނައި ސާމާނުތައް ހަލާކުވާތީ ކަންބޮޑުވުން ފާޅުކޮށް، އެ ރަށުގެ ކައުންސިލްގެ ނައިބު ރައީސް އަލީ ޝައުފާން ރާއްޖެއެމްވީއަށް އިންޓަވިއު ދެއްވަނީ | ރާއްޖެއެމްވީ

ބ. ފެހެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް، އެ މަސައްކަތަށް ގެނެސްފައި ހުރި ގިނަ އަދަދެއްގެ ތަކެތި ހަލާކުވެ ވީރާނާވަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ޝައުފާން ވިދާޅުވީ ކުރީ ސަރުކާރު ނިމުނުއިރު އެ ރަށުގެ ނަރުދަމާ ހޮޅި އެޅުމުގެ 80 އިންސައްތަ މަސައްކަތް އޮތީ ނިމިފައި ކަމަށެވެ. ނަމަވެސް، މި ސަރުކާރު އައިފަހުން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މަސައްކަތް އަލުން ފެށި ނަމަވެސް، ފާއިތުވި ހައެއްކަ މަސްދުވަހު ކުރިއަށްދަނީ ހަމައެކަނި ވަޅުބުރިތައް ފައްތަން ކޮނުމުގެ މަސައްކަތް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޝައުފާން ވިދާޅުވީ، މި މަޝްރޫއުގެ އާރްއޯ ޕްލާންޓާއި ޕްލާންޓް ހައުސް އަދި ޓޭންކުތަކުގެ ބުޑުތައް އެޅުމަށްފަހު މަސައްކަތް ހުއްޓިފައިވާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަަމަށެވެ.

މި މަޝްރޫއު ފެނަކައިގެ އަތުން ނަގައި އެހެން ފަރާތަކާ ހަވާލުކުރުމާ ގުޅިގެން، ފެނަކައިން ބައެއް ހޮޅިތަކާއި ގުދަން ރޫޅާލައި ގުދަނުގެ ހުރިހާ ސާމާނެއް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ރަށުގައި ބަހައްޓާފައި ހުރި ސިމެންތިތައް ގަނޑުވެ، މަސައްކަތަށް ގެނައި އިންޖީނާއި އެހެނިހެން ސާމާނުތައް ބޭނުންނުކުރެވި ވީރާނާވަމުންދާ ކަމަށް ޝައުފާން ވިދާޅުވި އެވެ. 

މި މަޝްރޫއުގެ އަދާހަމަ ހޯދުމަށް އެ ދާއިރާގެ މަޖިލިސް މެންބަރަށާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ސިޓީ ފޮނުވައިގެންނާއި ބައްދަލުވުންތަކުގައި ސުވާލުކުރަމުންދާ ކަމަށް ޝައުފާން ވިދާޅުވި އެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުން މިމަޝްރޫއު ނިންމާނެކަމުގެ ޔަގީންކަން ދެމުންދާ ކަމަށާއި، ވެރިކަން ނިމިގެންދާއިރު، މި ޚިދުމަތް ލިބޭނެ ކަމަށް އެބޭފުޅުން ވިދާޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަމަލީ ގޮތުން މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ދުވެލި ވަރަށް ބޮޑަށް ލަސް ކަމަށް އޭނާ ވިދާޅުވި އެވެ. 

ބ.ފެހެންދޫފެނަކަ

އެންމެ ހިނގާ

1

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

2

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

3

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

4

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

5

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

މިދިޔަ އަހަރު އޮގަސްޓު މަހު ފެހެންދޫގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅި ނަމަވެސް، މިހާތަނަށް އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދޭ: ކައުންސިލް

23 ސެޕްޓެމްބަރު 2026
މިދިޔަ އަހަރު އޮގަސްޓު މަހު ފެހެންދޫގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅި ނަމަވެސް، މިހާތަނަށް އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދޭ: ކައުންސިލް
21 ސެޕްޓެމްބަރު 2026

ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ

21 ސެޕްޓެމްބަރު 2026
ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ
20 ސެޕްޓެމްބަރު 2026

ހިތާދޫ ފެނަކައިން ވަޒީފާއިން ވަކިކުރި ޒުވާނެއްގެ ކަންބޮޑުވުންތަކާއެކު ޓްރައިބިއުނަލް އަށް: ވަކިކުރިކަން އެންގީ އޮގަސްޓު މަހު، ޗިޓުގައި އޮތީ ޖުލައި 20 ގައި ކަނޑާލިކަމަށް!

20 ސެޕްޓެމްބަރު 2026
ހިތާދޫ ފެނަކައިން ވަޒީފާއިން ވަކިކުރި ޒުވާނެއްގެ ކަންބޮޑުވުންތަކާއެކު ޓްރައިބިއުނަލް އަށް: ވަކިކުރިކަން އެންގީ އޮގަސްޓު މަހު، ޗިޓުގައި އޮތީ ޖުލައި 20 ގައި ކަނޑާލިކަމަށް!
11 ސެޕްޓެމްބަރު 2026

ފެނަކަ އަދި އާރުޑީސީ އުވާލައިގެން ސަރުކާރުގެ ހަރަދު ކުޑައެއް ނުވާނެ: މެންބަރު ޒިޔާދު

11 ސެޕްޓެމްބަރު 2026
ފެނަކަ އަދި އާރުޑީސީ އުވާލައިގެން ސަރުކާރުގެ ހަރަދު ކުޑައެއް ނުވާނެ: މެންބަރު ޒިޔާދު
07 ސެޕްޓެމްބަރު 2026

ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި

07 ސެޕްޓެމްބަރު 2026
ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި
05 ސެޕްޓެމްބަރު 2026

"ސިޔާސީ މަގާމުތަކަށް ބޮޑު މުސާރަދޭއިރު، ކައުންސިލްތަކުގެ ވަޒީފާ ހިފެހެއްޓުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން"

05 ސެޕްޓެމްބަރު 2026
"ސިޔާސީ މަގާމުތަކަށް ބޮޑު މުސާރަދޭއިރު، ކައުންސިލްތަކުގެ ވަޒީފާ ހިފެހެއްޓުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން"
05 ސެޕްޓެމްބަރު 2026

ސަރުކާރުން ބުނި ތަނަކުން ބުނި އަދަދަކަށް ބިން ދީފައިވާނެ، ނަމަވެސް އެއްވެސް މަސައްކަތެއް ނުހިނގާ: ފެހެންދޫ ކައުންސިލް ނައިބު ރައީސް

05 ސެޕްޓެމްބަރު 2026
ސަރުކާރުން ބުނި ތަނަކުން ބުނި އަދަދަކަށް ބިން ދީފައިވާނެ، ނަމަވެސް އެއްވެސް މަސައްކަތެއް ނުހިނގާ: ފެހެންދޫ ކައުންސިލް ނައިބު ރައީސް
03 ސެޕްޓެމްބަރު 2026

ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!

03 ސެޕްޓެމްބަރު 2026
ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!
02 ސެޕްޓެމްބަރު 2026

ޕީއެންސީއަށް ނިސްބަތްވުމަކީ ވަޒީފާ ހިމާޔަތް ކުރުމަށް ލިބޭ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރަނީ!

02 ސެޕްޓެމްބަރު 2026
ޕީއެންސީއަށް ނިސްބަތްވުމަކީ ވަޒީފާ ހިމާޔަތް ކުރުމަށް ލިބޭ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރަނީ!
30 އޯގަސްޓު 2026

ފ. ފީއަލި ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ 2 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

30 އޯގަސްޓު 2026
ފ. ފީއަލި ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ 2 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް