Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ. ފީއަލި

ފ. ފީއަލި ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ 2 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

30 އޯގަސްޓު 2026 | އާދީއްތަ 06:45

ފެނަކައިގެ އައު އޮނިގަނޑަށް ހިޖުރަކުރުމުގެ ތެރެއިން އެ ކުންފުނީގެ ރިޑަންޑެންސީ އުސޫލުގެ ދަށުން ފީއަލި ބްރާންޗުގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި. ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާތީ އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާއިރު، މިއީ ވަޒީފާ ނުގެއްލޭނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާ ޚިލާފު ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 30 އޯގަސްޓު 2026 | އާދީއްތަ 06:45
ފެނަކަ ފީއަލި ބްރާންޗު

ފެނަކަ ފީއަލި ބްރާންޗު

ފ. ފީއަލި ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ 2 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ވަޒީފާއިން ވަކިކޮށްފައިވަނީ 30 ޖޫން 2026 ގައި އަމަލު ކުރަން ފަށާފައިވާ ފެނަކަ ކުންފުނީގެ އައު އިދާރީ އޮނިގަނޑަށް ހިޖުރަ ކުރަމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، 13 މެއި 2026 ގައި އަމަލު ކުރަން ފަށާފައިވާ "ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ރިޑަންޑެންސީ އުސޫލު 2026" ގެ 3 ވަނަ މާއްދާގެ ދަށުން އަދި ހަމަ އެ އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. 

Advertisement - newsAdvertisement

އެގޮތުން އެ 2 މުވައްޒަފަށް ފޮނުވި ވަޒީފާއިން ވަކިކުރުމުގެ ޗިޓުގައި ވަޒީފާއިން ވަކިކުރުމުގެ ސަބަބެއް ކަމަށް ބަޔާން ކޮށްފައިވަނީ އައު އުސޫލުގެ ދަށުން 2 މަސް ދުވަހުގެ ނޯޓިސްއަށްވާ ފައިސާއެކު ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، 14 ދުވަހުގެ ތެރޭގައި 2 މަސް ދުވަހުގެ ނޯޓިސްއަށްވާ ފައިސާ ޖަމާކުރެވޭނެ ކަމަށް ވެސް ޗިޓުގައި ބުނެފައިވެ އެވެ. 

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރިޔާސީ އިންތިހާބުގެ ތެރޭގައި، ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައިވާނެ ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެފައިވީ ނަމަވެސް ފެނިގެން ދަނީ ކުންފުނިތަކުގައި ތިބި އާންމު ރައްޔިތުން، ހަރަދު ކުޑަކުރުމުގެ ނަމުގައި ވަކިކުރަމުންދާ މަންޒަރެވެ. އަދި އާންމު ރައްޔިތުން ވަކިކުރުމަށްފަހު ސިޔާސީ މަގާމުތަކަށް ބޮޑު މުސާރާގައި މީހުން އައްޔަނުކުރަމުންދާތީ އާންމު ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި އެވެ. 

ފެނަކަ އަދި ވެމްކޯ ފަދަ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ މައްސަލައިގައި، ރަށްރަށާއި ސިޓީ ކައުންސިލްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ފީއަލިފެނަކަވަޒީފާއިން ވަކިކުރުން

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

30 އޯގަސްޓު 2026

ސަރުކާރުން ދަނީ ރައްޔިތުންގެ "ލަފުގައި" ހިފައި މަގުމަތި ކުރަމުން: އަމީތު

30 އޯގަސްޓު 2026
ސަރުކާރުން ދަނީ ރައްޔިތުންގެ "ލަފުގައި" ހިފައި މަގުމަތި ކުރަމުން: އަމީތު
30 އޯގަސްޓު 2026

ފުވައްމުލައް ސިޓީގެ ވެމްކޯ އަދި ފެނަކަ ބްރާންޗުގެ މުވައްޒަފުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި

30 އޯގަސްޓު 2026
ފުވައްމުލައް ސިޓީގެ ވެމްކޯ އަދި ފެނަކަ ބްރާންޗުގެ މުވައްޒަފުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި
29 އޯގަސްޓު 2026

މި ސަރުކާރުން ފެނަކައިން ބޮޑެތި ވައްކަންތަކެއް ކޮށްފި، އަދި ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ވެސް ނިގުޅައިގަނެފި: ޔާމީން

29 އޯގަސްޓު 2026
މި ސަރުކާރުން ފެނަކައިން ބޮޑެތި ވައްކަންތަކެއް ކޮށްފި، އަދި ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ވެސް ނިގުޅައިގަނެފި: ޔާމީން
29 އޯގަސްޓު 2026

މާރަންދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 13 މުވައްޒަފުން ވަކިކޮށް، އާއިލާތައް ބިކަކުރުން އެ ރަށު ކައުންސިލުން ކުށްވެރިކޮށްފި

29 އޯގަސްޓު 2026
މާރަންދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 13 މުވައްޒަފުން ވަކިކޮށް، އާއިލާތައް ބިކަކުރުން އެ ރަށު ކައުންސިލުން ކުށްވެރިކޮށްފި
28 އޯގަސްޓު 2026

އަޅުގަނޑުގެ ކެމްޕެއިނުގައި މަސައްކަތް ކުރި ކުންފުނިތަކުގެ މުވައްޒަފުން އަންނަނީ ވަޒީފާއިން ވަކި ކުރަމުން: މެންބަރު ސޯބެ

28 އޯގަސްޓު 2026
އަޅުގަނޑުގެ ކެމްޕެއިނުގައި މަސައްކަތް ކުރި ކުންފުނިތަކުގެ މުވައްޒަފުން އަންނަނީ ވަޒީފާއިން ވަކި ކުރަމުން: މެންބަރު ސޯބެ
05 އޯގަސްޓު 2026

ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!

05 އޯގަސްޓު 2026
ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!
02 އޯގަސްޓު 2026

ސިޔާސީ ބޭނުމަށް ފެނަކައަށް މުވައްޒަފުން އިތުރުކުރުމަށްފަހު، މިހާރު އެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދަނީ އެއްވެސް އިންސާފުވެރި އުސޫލެއް ނެތި: ޔައުގޫބް

02 އޯގަސްޓު 2026
ސިޔާސީ ބޭނުމަށް ފެނަކައަށް މުވައްޒަފުން އިތުރުކުރުމަށްފަހު، މިހާރު އެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދަނީ އެއްވެސް އިންސާފުވެރި އުސޫލެއް ނެތި: ޔައުގޫބް
27 ޖުލައި 2026

މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް

27 ޖުލައި 2026
މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް
25 ޖުލައި 2026

މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން

25 ޖުލައި 2026
މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން
25 ޖުލައި 2026

ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

25 ޖުލައި 2026
ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް