Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ފެހެންދޫ

މިދިޔަ އަހަރު އޮގަސްޓު މަހު ފެހެންދޫގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅި ނަމަވެސް، މިހާތަނަށް އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދޭ: ކައުންސިލް

23 ސެޕްޓެމްބަރު 2026 | ބުދަ 13:35

ފެހެންދޫގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ރައީސް ބިންގާ އަޅުއްވައިދެއްވި ނަމަވެސް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައި. ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ މި މަޝްރޫއަށް ބޭނުންވާ ބިން ހަމަޖައްސައި ކައުންސިލުން ދޭންޖެހޭ އެއްބާރުލުން ދީފައިވީ ނަމަވެސް، މަސައްކަތް ހުއްޓިފައިވާ ސަބަބާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 ސެޕްޓެމްބަރު 2026 | ބުދަ 13:35

މިދިޔަ އަހަރު އޮގަސްޓު މަހު ފެހެންދޫގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅި ނަމަވެސް، މިހާތަނަށް އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ، އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަލީ ޝައުފާން ރާއްޖެއެމްވީއަށް އިންޓަވިއު ދެއްވަނީ | ރާއްޖެއެމްވީ

ބ. ފެހެންދޫގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށްޓަކައި ބިންގާ އެޅި ނަމަވެސް، އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ޝައުފާން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެރަށަށް ވަޑައިގެން މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވި ކަމަށެވެ.

Advertisement - newsAdvertisement

ފެހެންދޫ ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާކަން ފާހަގަކުރައްވާ ޝައުފާން ވިދާޅުވީ ބިންގާ އެޅުމަށްފަހު، އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ އަޕްޑޭޓެއް ފެނަކައިގެ ފަރާތުން ވެސް ލިބިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

2025 ގައި ކުރި ދަތުރެއްގައި ރައީސް މުއިއްޒު، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރި ޒިޔާރަތުގައި މި ރަށަށް ވެސް ވަޑައިގެން މި ރަށުގެ ޕޮލިސް ސްޓޭޝަން ބިންގާ އަޅުއްވާފައި އެ ބޭފުޅާ ދިޔައީ. ދެން މި ރަށުގައި މި ޕްރޮޖެކްޓް ހަވާލުކުރީ ފެނަކައާ. ދެން އޭރުގައި އެ ބޭފުޅުން ބުނީ ފެނަކައާ ބައެއް ކަންތައްތައް ނުވާތީ ފެނަކަތުން ބައެއް ކަންތައްތައް އަތުލާފައި އަނެއްކާ އާކަމެއް ހަވާލުކޮށްފައި މި އޮތީ. މިކަންވެސް ހަމަ އެ ގޮތަށް ގޮސް ނުވެފައި މި އޮތީ
އަލީ ޝައުފާން 

މީގެ އިތުރުން ބިން ހަމަޖެއްސުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، އެ ދުވަސްވަރު ޕޮލިސް ހެޑް އޮފީހުން ގުޅައި ބިމުގެ ރަޖިސްޓްރީގެ ކަންކަން ނިންމައިދިނުމަށް ކައުންސިލުން އެދުނު ކަމަށެވެ. އެ ބިމަކީ ކުރިން ލޭންޑް ޔޫސް ޕްލޭންގައި ހިމެނިފައިވާ ބިމަކަށް ނުވި ނަމަވެސް، ރައްޔިތުންގެ ޚިޔާލާއި ބަސް ހޯދައިގެން ލޭންޑް ޔޫސް ޕްލޭން އިސްލާހުކުރުމަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ދެން އެ ދުވަސްކޮޅު ވަރަށް ޕޮލިސް ހެޑް އޮފީހުން ގުޅީ ކިޔާ ރަޖިސްޓްރީ ކަންތައް ނިންމަދޭށޭ ކިޔާފައި. ދެން ކައުންސިލުން އޭރު އަސްލު ލޭންޑް ޔޫސް ޕްލޭންގައި ހިމެނިފެން ބިމެއް ނޫން މި ބިމަކީ. ދެން ލޭންޑް ޔޫސް ޕްލޭންގައި ހިމެނެ ރައްޔިތުންގެ ރައްޔިތުންގެ ބަސް ހޯދައި ހިމަނާފައި ލޭންޑް ޔޫސް ޕްލޭން ބަދަލުކުރަން ފޮނުވާފައި. މިހާރު އޭތި އޭރު އޮތީ. ދެން އޭގެ ފަހަކުން އެއްވެސް އަޕްޑޭޓެއް ނުލިބޭ. ދެން ފެނަކައަށް ވެސް އެއްވެސް އަޕްޑޭޓެއް ނުލިބޭ
އަލީ ޝައުފާން 

ޝައުފާން ވިދާޅުވީ، މި މަޝްރޫއަށް ބޭނުންވާ 5,000 އަކަފޫޓުގެ ބިން ހަމަޖައްސައި، ކައުންސިލުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދީފައިވާ ކަމަށެވެ. އަދި ރަޖިސްޓްރީގެ ކަންކަން ފަހުން ނިމުނު ނަމަވެސް މަސައްކަތް ކުރިއަށް ގެންދިއުމަށް އެދި ކައުންސިލުން ސިޓީ ފޮނުވާފައިވީ ނަމަވެސް، މަޝްރޫއުގެ އެއްވެސް ކުރިއެރުމެއް މިހާތަނަށް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ފެހެންދޫ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބިންގާ އަޅާފައިވަނީ 12 އޮގަސްޓް 2025 ގަ އެވެ.

ބ.ފެހެންދޫ

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

3

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

4

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

5

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2026

"ސިޔާސީ މަގާމުތަކަށް ބޮޑު މުސާރަދޭއިރު، ކައުންސިލްތަކުގެ ވަޒީފާ ހިފެހެއްޓުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން"

05 ސެޕްޓެމްބަރު 2026
"ސިޔާސީ މަގާމުތަކަށް ބޮޑު މުސާރަދޭއިރު، ކައުންސިލްތަކުގެ ވަޒީފާ ހިފެހެއްޓުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން"
05 ސެޕްޓެމްބަރު 2026

ސަރުކާރުން ބުނި ތަނަކުން ބުނި އަދަދަކަށް ބިން ދީފައިވާނެ، ނަމަވެސް އެއްވެސް މަސައްކަތެއް ނުހިނގާ: ފެހެންދޫ ކައުންސިލް ނައިބު ރައީސް

05 ސެޕްޓެމްބަރު 2026
ސަރުކާރުން ބުނި ތަނަކުން ބުނި އަދަދަކަށް ބިން ދީފައިވާނެ، ނަމަވެސް އެއްވެސް މަސައްކަތެއް ނުހިނގާ: ފެހެންދޫ ކައުންސިލް ނައިބު ރައީސް
15 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރު ކޮށްލާ ޕެޓިޝަނަށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށްފި!

15 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރު ކޮށްލާ ޕެޓިޝަނަށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށްފި!
17 ޖެނުއަރީ 2026

ފެހެންދޫގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން މިހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނަން: ފަލާހު

17 ޖެނުއަރީ 2026
ފެހެންދޫގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން މިހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނަން: ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް