Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ހިތާދޫ

ހިތާދޫ ފެނަކައިން ވަޒީފާއިން ވަކިކުރި ޒުވާނެއްގެ ކަންބޮޑުވުންތަކާއެކު ޓްރައިބިއުނަލް އަށް: ވަކިކުރިކަން އެންގީ އޮގަސްޓު މަހު، ޗިޓުގައި އޮތީ ޖުލައި 20 ގައި ކަނޑާލިކަމަށް!

20 ސެޕްޓެމްބަރު 2026 | އާދީއްތަ 08:55

ބ. ހިތާދޫ ފެނަކަ ބްރާންޗުގެ މުވައްޒަފަކު ޗުއްޓީގައި ހުއްޓާ، އުސޫލުތަކާ ޚިލާފަށް ވަޒީފާއިން ވަކިކުރި މައްސަލައެއް ވަނީ ފެންމަތިވެފައި. ސްޓެލްކޯއަށް ބަދަލުކުރުމުގެ މަރުހަލާގެ ތެރެއިން ވަޒީފާ ހަމަޖެހުނުކަން އެންގުމަށްފަހު، ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރި މި މައްސަލަ މިހާރު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް ހުށަހަޅާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 20 ސެޕްޓެމްބަރު 2026 | އާދީއްތަ 08:55
ރާއްޖެޓީވީން ގެނެސްދޭ ހާލު ކިހިނެއް ޕްރޮގްރާމަށް، ހިތާދޫ ފެނަކައިން ވަޒީފާއިން ވަކިކުރި ޒުވާނާ އިންޓަވިއު ދެނީ. އޭނާ ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި

ރާއްޖެޓީވީން ގެނެސްދޭ ހާލު ކިހިނެއް ޕްރޮގްރާމަށް، ހިތާދޫ ފެނަކައިން ވަޒީފާއިން ވަކިކުރި ޒުވާނާ އިންޓަވިއު ދެނީ. އޭނާ ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި | ރާއްޖެއެމްވީ

ބ. ހިތާދޫ ފެނަކަ ބްރާންޗުން ވަޒީފާއިން ވަކިކުރި ޒުވާނަކު، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.

މިޒުވާނާ ވަނީ ރާއްޖެޓީވީން ގެނެސްދޭ ހާލު ކިހިނެއް ޕްރޮގްރާމަށް އޭނާ ވަޒީފާއިން ކަނޑާލި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.  

Advertisement - newsAdvertisement

އޭނާ ހާމަކުރި ގޮތުގައި، ފެނަކައިން ސްޓެލްކޯއަށް މުވައްޒަފުން ބަދަލުވުމުގެ އޮންބޯޑިންގ މަރުހަލާގެ ތެރެއިން މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އޭނާއަށް ވަޒީފާ ހަމަޖެހުނު ކަމަށް އަންގައި ގުޅިއެވެ. އަދި ސްޓެލްކޯއަށް ވަނުމަށް ބޭނުންވާ ސެކިއުރިޓީ ކޯޑާއި ޔޫޒަރ ނޭމްގެ އިތުރުން، އެކައުންޓް ނަންބަރާއި ލޭގެ ގުރޫޕް ފަދަ ޒާތީ މައުލޫމާތުތައް ވެސް ހޯދި ކަމަށް އޭނާ ބުންޏެވެ. 

އާމިރު ވެސް ގުޅީމެއްނު ނަންބަރަކަށް. އެނަންބަރުން ހަމަ އަޅުގަނޑަށް ވެސް ގުޅީ. ދެން ވަަޒީފާ ލިބުނު ވާހަކައާއި ހުރިހާ ވާހަކައެއް ދައްކާފައި. ދެން އަޅުގަނޑަށް ވައިބާއިން މެސެޖް ކުރަނީ އެމީހުންގެ ރަސްމީ ނަންބަރުން އަޅުގަނޑު ޕާސަލަން އިންފޯމޭޝަނަށް
ހިތާދޫ ފެނަކަ ބްރާންޗުން ކަނޑާލި ޒުވާނާ 

އޭނާ އިތުރަށް ބުނި ގޮތުގައި، ޖުލައި 22 ގައި އޭނާ ޗުއްޓީގައި ހުއްޓާ ސްޓެލްކޯގެ ޔުނިފޯމާއި ކާޑު ހަވާލުކުރުމަށް ސްކޫލް ކައިރިއަށް ދިޔުމަށް އެންގި އެވެ. ނަމަވެސް އެސިސްޓެންޓް މެނޭޖަރު ގުޅައި ބޯޓު އަނބުރާލާފައި ދިޔަ ވާހަކަ ބުނުމަށްފަހު، ޖެހިގެން އައި ޖުލައި 23 ވަނަ ދުވަހުގެ ފަތިހު ޖެޓީ ދޮށަށް ދިޔުމަށް އެންގި ކަމަށެވެ.

ނަމަވެސް ޖެޓީގައި ހުއްޓާ އޭނާ އަށް ގުޅައި، އޭނާގެ ނަން ލިސްޓުގައި ނުހިމެނޭ ކަމަށް ވަނީ އަންގާފަ އެވެ. އަދި ފެނަކަ ވަޒީފާގައި މަޑުކޮށްލުމަށް އެންގި ކަމަށް ވެސް އޭނާ ބުންޏެވެ. 

ދެން މިހާރު ދެގޮތަކަށް އޭތި އެބަވިސްނޭ ދޯ. އަޅުގަނޑު ހިތަށް އެރީ އަޅުގަނޑު ޗުއްޓީގައި ހުރީމަ އަނެހެން ރަސްމީ ކަންތައްތަކުގައި ނުގެނެވޭނެއޭ. އެހެންވީމަ މި ބުނީއޭ އަޅުގަނޑު ގާތުގައި މަޑުކޮށްލާށޭދޯ. ދެން އަޅުގަނޑު މަޑުކޮށްލާނީ ދޯ. ދެން ޗުއްޓީ ހަމަވާނީ އޮގަސްޓް 2 ގައި 
ހިތާދޫ ފެނަކަ ބްރާންޗުން ކަނޑާލި ޒުވާނާ 

ޗުއްޓީ ނިމުމަށްފަހު އޯގަސްޓް 4 ވަނަ ދުވަހު އޭނާ ފެނަކައަށް ސިޓީއެއް ފޮނުވުމުން، އެ ދުވަހު ވަނީ ވަޒީފާއިން ވަކިކުރި ލިޔުން ހަވާލުކުރި ކަމަށް އޭނާ ބުންޏެވެ. 

އެ ލިޔުމުގައި ވަޒީފާއިން ވަކިކުރި ތާރީޚަކަށް ޖަހާފައިވަނީ ޖުލައި 20 ވަނަ ދުވަހެވެ. އޭނާ ފާހަގަކުރި ގޮތުގައި ޗުއްޓީގައި ހުއްޓާ މިގޮތަށް ކަންތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި ބްރާންޗުން ވަކިކުރި އިތުރު މުވައްޒަފުންނާ އެކު މި މައްސަލަ މިހާރު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފަ އެވެ.

ބ. ހިތާދޫފެނަކަސްޓެލްކޯވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް

އެންމެ ހިނގާ

1

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

ބ. ހިތާދޫ ބަނދަރު މަޝްރޫއު: ނުނިމި ހުރި 30 އިންސައްތަ މަސައްކަތް ރައްޔިތުން އެދޭ ގޮތަށް ބަދަލު ގެނެސް ނިންމަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ބަދަލެއް ނުގެނޭ!

15 ސެޕްޓެމްބަރު 2026

އަހަރެއް ވެގެން ދިޔައިރު ހިތާދޫ މަލްޓިޕަރޕަސް ހޯލުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރޭ، ޖެހި ދާގަނޑު ވެސް މިހާރު ނެތް!

15 ސެޕްޓެމްބަރު 2026
އަހަރެއް ވެގެން ދިޔައިރު ހިތާދޫ މަލްޓިޕަރޕަސް ހޯލުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރޭ، ޖެހި ދާގަނޑު ވެސް މިހާރު ނެތް!
11 ސެޕްޓެމްބަރު 2026

ފެނަކަ އަދި އާރުޑީސީ އުވާލައިގެން ސަރުކާރުގެ ހަރަދު ކުޑައެއް ނުވާނެ: މެންބަރު ޒިޔާދު

11 ސެޕްޓެމްބަރު 2026
ފެނަކަ އަދި އާރުޑީސީ އުވާލައިގެން ސަރުކާރުގެ ހަރަދު ކުޑައެއް ނުވާނެ: މެންބަރު ޒިޔާދު
08 ސެޕްޓެމްބަރު 2026

ޕީއެންސީ އަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރުން: ސްޓެލްކޯގެ އެމްޑީއާ ސުވާލުކުރުމުން ކޮމެންޓުކުރަން ދެކޮޅު ހެދުމަށްފަހު ފޯނު ކަނޑާލައިފި!

08 ސެޕްޓެމްބަރު 2026
ޕީއެންސީ އަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރުން: ސްޓެލްކޯގެ އެމްޑީއާ ސުވާލުކުރުމުން ކޮމެންޓުކުރަން ދެކޮޅު ހެދުމަށްފަހު ފޯނު ކަނޑާލައިފި!
07 ސެޕްޓެމްބަރު 2026

ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި

07 ސެޕްޓެމްބަރު 2026
ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި
04 ސެޕްޓެމްބަރު 2026

މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟

04 ސެޕްޓެމްބަރު 2026
މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟
03 ސެޕްޓެމްބަރު 2026

ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!

03 ސެޕްޓެމްބަރު 2026
ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!
03 ސެޕްޓެމްބަރު 2026

ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!

03 ސެޕްޓެމްބަރު 2026
ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!
02 ސެޕްޓެމްބަރު 2026

ޕީއެންސީއަށް ނިސްބަތްވުމަކީ ވަޒީފާ ހިމާޔަތް ކުރުމަށް ލިބޭ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރަނީ!

02 ސެޕްޓެމްބަރު 2026
ޕީއެންސީއަށް ނިސްބަތްވުމަކީ ވަޒީފާ ހިމާޔަތް ކުރުމަށް ލިބޭ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރަނީ!
30 އޯގަސްޓު 2026

ފ. ފީއަލި ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ 2 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

30 އޯގަސްޓު 2026
ފ. ފީއަލި ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ 2 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް