Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ފެނަކަ އަދި އާރުޑީސީ އުވާލައިގެން ސަރުކާރުގެ ހަރަދު ކުޑައެއް ނުވާނެ: މެންބަރު ޒިޔާދު

11 ސެޕްޓެމްބަރު 2026 | ހުކުރު 11:39

ފެނަކަ އާއި އާރުޑީސީ އުވާލުމަކީ ހަމައެކަނި ނަންބޯޑު ބަދަލުކުރުން ކަމަށާއި، މުވައްޒަފުންނާއި އޮފީސްތައް އެގޮތުގައި ދެމިތިބޭއިރު މީގެން ދައުލަތުގެ ހަރަދަށް އެއްވެސް ލުޔެއް ނުލިބޭނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވެއްޖެ. ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކާ ޚިލާފުވަމުންދާކަން ފާހަގަކުރައްވައި، ސަރުކާރުގެ މި ނިންމުންތަކަކީ ރައްޔިތުންނަށް ހަގީގަތް އޮޅުވައިލުން ކަމަށް އޭނާ ތުހުމަތުކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 11 ސެޕްޓެމްބަރު 2026 | ހުކުރު 11:39
މެންބަރު ހުސެއިން ޒިޔާދު "ޓީވީޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މެންބަރު ހުސެއިން ޒިޔާދު "ޓީވީޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައިގެން ސަރުކާރުގެ ހަރަދު ކުޑައެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ޓީވީޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުވާލައްވަން ނިންމެވީ ހަމައެކަނި "ފެނަކަ" އަދި "އާރުޑީސީ" ނަން ކަމަށާއި މީގެން ހަރަދެއް އުނިވާނަމަ ނުވަތަ އިތުރުވާނަމަ ވެސް ވާނީ ނަން ބޯޑު ބަދަލުކުރަންދާ ހަރަދު ކަމަށެވެ. އަދި އިތުރު އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރަށްރަށުގައި ހިންގަން ނިންމާފައިވާ ގިނަ މަޝްރޫއުތައް ހުރީ ފެނަކަ އަދި އާރުޑީސީއާ ހަވާލުކޮށްފައި ކަމަށް ޒިޔާދު ވިދާޅުވި އެވެ. މި ދެ ކުންފުނި އުވާލަން ނިންމެވިއިރު މި ހުރިހާ މަޝްރޫއެއް އާރުޑީސީ އަދި ފެނަަކައާ ހަވާލުކުރެއްވީ ވެސް ރައީސް މުއިއްޒު ކަމަށް ޒިޔާދު ވިދާޅުވި އެވެ. 

ދެ ދުވަސް ފަހުން އަޑުއެހިން ނޫސްވެރިންނާ ބައްދަލުކޮށް މީގެން އެއްވެސް މީހަކަށް ގެއްލުން ނުވާނެޔޭ އެއްވެސް ފަރާތަކަށް ދެ ކުންފުނި އުވާލަނީ އެއްވެސް މުވައްޒަފަކު މަދެއް ނުވާނެ، އެއްވެސް އޮފީހެއް ދުލެއް ނުކުރާނެ، ހުރިހާ ތަނެއްގައި ކަރަންޓް ވެސް ލާފައި ހުރިހާ އެންމެން ވެސް ތިބޭނީ. ދެ ކުންފުނި އުވާލަނީ. މީގަ ނެތީ ހަމަ އެކަނި "ފެނަކަ" "އާރުޑީސީ" ދެން އިތުރު އެއްވެސް ކަމެއް ނެތް. ހަމައެކަނި ނަން ބޯޑު ނެތީ 
ހުސައިން ޒިޔާދު

ރައީސް މުއިއްޒު މިހާތަނަށް ނުކުރައްވާނެ ކަމަށް ވިދާޅުވާ ކޮންމެ ކަމެއް ކުރައްވާކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، މިހާރު އެދަނީ ރައީސް މުއިއްޒު ދޮގު ހައްދަވާކަން ދިވެހި ރައްޔިތުންގެ ކުރިމަތީ ބޭޒާރު ވަމުން ކަމަށެވެ. އަދި ސިއްރު ކުރެވޭނީ ވަކި ވަރަކަށް ކަމަށާއި މިހާރު އެދަނީ އެ ސިއްރުތައް ބޭޒާރުވަމުން ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

މީގެ، އިތުރުން ޒިޔާދު ވަނީ ރައީސް މުއިއްޒު ފެއްޓެއްވި އިހުތިރާމް އަދާކުރުމުގެ މަޝްރޫއާ ބެހޭ ގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން އިހުތިރާމް އަށަގަތުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ އެ ވާހަކައެއް ދެކެވޭ މީހުންގެ ފަރާތުން އެ ވާހަކައެއް އަމަލުން ދެއްކުންކަން މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

ޒިޔާދު ވަނީ ރައީސް މުއިއްޒު އޭރު އިދިކޮޅުގައި ހުންނަވައިގެން ހިންގެވި ހަރަކާތްތައް ލޯ މައްޗަށް ފެންނަން ހުރިއިރު އިހުތިރާމް އަދާކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފަ އެވެ.

ފެނަކައާރުޑީސީޙުސެއިން ޒިޔާދު (ފިއްޓޭ)

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2026

ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި

07 ސެޕްޓެމްބަރު 2026
ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި
03 ސެޕްޓެމްބަރު 2026

ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!

03 ސެޕްޓެމްބަރު 2026
ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!
02 ސެޕްޓެމްބަރު 2026

ޕީއެންސީއަށް ނިސްބަތްވުމަކީ ވަޒީފާ ހިމާޔަތް ކުރުމަށް ލިބޭ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރަނީ!

02 ސެޕްޓެމްބަރު 2026
ޕީއެންސީއަށް ނިސްބަތްވުމަކީ ވަޒީފާ ހިމާޔަތް ކުރުމަށް ލިބޭ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރަނީ!
30 އޯގަސްޓު 2026

ފ. ފީއަލި ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ 2 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

30 އޯގަސްޓު 2026
ފ. ފީއަލި ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ 2 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
29 އޯގަސްޓު 2026

މި ސަރުކާރުން ފެނަކައިން ބޮޑެތި ވައްކަންތަކެއް ކޮށްފި، އަދި ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ވެސް ނިގުޅައިގަނެފި: ޔާމީން

29 އޯގަސްޓު 2026
މި ސަރުކާރުން ފެނަކައިން ބޮޑެތި ވައްކަންތަކެއް ކޮށްފި، އަދި ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ވެސް ނިގުޅައިގަނެފި: ޔާމީން
29 އޯގަސްޓު 2026

މާރަންދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 13 މުވައްޒަފުން ވަކިކޮށް، އާއިލާތައް ބިކަކުރުން އެ ރަށު ކައުންސިލުން ކުށްވެރިކޮށްފި

29 އޯގަސްޓު 2026
މާރަންދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 13 މުވައްޒަފުން ވަކިކޮށް، އާއިލާތައް ބިކަކުރުން އެ ރަށު ކައުންސިލުން ކުށްވެރިކޮށްފި
27 އޯގަސްޓު 2026

އެންމެ ކުޑަމިނުން ބިލަކަށް ބަހުސްކޮށްލާނެ މެންބަރަކު ވެސް ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ނުވޭ، ބިލުތައް ފާސްކޮށްލަނީ ސަރުކާރުން ފޮނުވާ ގޮތަށް: ޒިޔާދު

27 އޯގަސްޓު 2026
އެންމެ ކުޑަމިނުން ބިލަކަށް ބަހުސްކޮށްލާނެ މެންބަރަކު ވެސް ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ނުވޭ، ބިލުތައް ފާސްކޮށްލަނީ ސަރުކާރުން ފޮނުވާ ގޮތަށް: ޒިޔާދު
23 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު

23 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު
22 އޯގަސްޓު 2026

ރާއްޖެ އިން ވެލިފުކެއް ވެސް ބޭރު ބަޔަކަށް ނުދޭނެ ކަމަށް ބުނުމަށް ފަހު، މިހާރު އެ ދެނީ ނ. އަތޮޅުން އެއްބައި: ޒިޔާދު

22 އޯގަސްޓު 2026
ރާއްޖެ އިން ވެލިފުކެއް ވެސް ބޭރު ބަޔަކަށް ނުދޭނެ ކަމަށް ބުނުމަށް ފަހު، މިހާރު އެ ދެނީ ނ. އަތޮޅުން އެއްބައި: ޒިޔާދު
21 އޯގަސްޓު 2026

ރައީސް މުއިއްޒު އަކީ ސިނގުރުޅީގައި ވިސްނާލެއްވުމެއްނެތި ކަންކަން ކުރައްވާ ބޭފުޅެއް: ޒިޔާދު

21 އޯގަސްޓު 2026
ރައީސް މުއިއްޒު އަކީ ސިނގުރުޅީގައި ވިސްނާލެއްވުމެއްނެތި ކަންކަން ކުރައްވާ ބޭފުޅެއް: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް