Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ ކުންފުންޏަކާ ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2026 | ހޯމަ 07:55

ރަސްމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި. މި ބިޔަ މަޝްރޫއު ދަށުން މަތީ ފަންތީގެ ހޮޓާތަކާއި ރެޒިޑެންސްތަކުގެ އިތުރުން ވިޔަފާރި ބަނދަރެއް ޤާއިމުކުރާއިރު، މިއީ ރާއްޖޭގެ އިގުތިސާދަށް ބޮޑު ބަދަލެއް އަންނާނެ އިންވެސްޓްމަންޓެއްކަމަށް ސަރުކާރުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ސެޕްޓެމްބަރު 2026 | ހޯމަ 07:55
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން | ޓްވިޓަރ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެކެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއުކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.

Advertisement - newsAdvertisement

އަބޫދާބީގެ "ދަ ނޭޝަނަލް" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދިވެހި ސަރުކާރުގެ އިސްވެރިންގެ ހާޒިރުގަ އެވެ. މި އެއްބަސްވުމުގައި އީގަލް ހިލްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބާނީ އަދި ޗެއާމަން މުހައްމަދު އަލައައްބާރު އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު އެވެ.

"ދަ ނެޝަނަލް" ނޫހުގައި ވާ ގޮތުން މި ބިޔަ މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ވަސީލަތްތަކެއް ޤާއިމުކުރުމަށް ވަނީ ރޭވިފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން، މަތީ ފަންތީގެ ބްރޭންޑެޑް ރެޒިޑެންސްތައް ހިމެނެ އެވެ. މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ހިތްގައިމު ވޯޓަރފްރަންޓް ޕްރޮމެނާޑްތަކާއި މަތީ ފަންތީގެ ރެސްޓޯރެންޓްތަކާއި ފިހާރަތައް މި މަޝްރޫއުގެ ދަށުން ތަރައްޤީކުރާނެކަމަށް ދަ ނޭޝަނަލް ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.

އީގަލް ހިލްސް ކުންފުންޏާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ތަފާތު އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ އެވެ. މިއީ ރާއްޖޭގެ އިގުތިސާދީ މުސްތަޤުބަލަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ.

ރަސްމާލެ އީގަލް ހިލްސްއަބޫދާބީ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2026

8 މަސް ދުވަހުން ނިންމަވާނެކަމަށް ވިދާޅުވެ 2023 ވަނަ އަހަރު ފެށި ރަސްމާލެ މަޝްރޫއު މި އަހަރު ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

07 ސެޕްޓެމްބަރު 2026
8 މަސް ދުވަހުން ނިންމަވާނެކަމަށް ވިދާޅުވެ 2023 ވަނަ އަހަރު ފެށި ރަސްމާލެ މަޝްރޫއު މި އަހަރު ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
03 ސެޕްޓެމްބަރު 2026

މުއިއްޒާއި މުއިއްޒުގެ ހިސާބު ކިތާބު

03 ސެޕްޓެމްބަރު 2026
މުއިއްޒާއި މުއިއްޒުގެ ހިސާބު ކިތާބު
03 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫޢުގެ ޚަރަދުތައް ހާމަކުރުމަށާއި، އިޤްތިޞާދީ މައްސަލަތަކަށް ޙައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫޢުގެ ޚަރަދުތައް ހާމަކުރުމަށާއި، އިޤްތިޞާދީ މައްސަލަތަކަށް ޙައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ގޮވާލައްވައިފި
01 ސެޕްޓެމްބަރު 2026

ރާއްޖެ އަށް ވަންނަ ހުރިހާ ޑޮލަރެއް އަޅައި ވަޅުލަނީ ރަސްމާލެ އަށް: އަބްދުﷲ ރަޝީދު

01 ސެޕްޓެމްބަރު 2026
ރާއްޖެ އަށް ވަންނަ ހުރިހާ ޑޮލަރެއް އަޅައި ވަޅުލަނީ ރަސްމާލެ އަށް: އަބްދުﷲ ރަޝީދު
22 އޯގަސްޓު 2026

ޑޮލަރުގެ އަގު އަތް ނުފޯރާ ހިސާބަށް އެރުމުގެ އަސްލަކީ ސަރުކާރުން ކޮށްގެން ނުވާނެ ބޭކާރު އެތައް ޚަރަދެއް ކުރުން: ފައިސަލް

22 އޯގަސްޓު 2026
ޑޮލަރުގެ އަގު އަތް ނުފޯރާ ހިސާބަށް އެރުމުގެ އަސްލަކީ ސަރުކާރުން ކޮށްގެން ނުވާނެ ބޭކާރު އެތައް ޚަރަދެއް ކުރުން: ފައިސަލް
14 އޯގަސްޓު 2026

ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުން ބުނަމުން ދަނިކޮށް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

13 އޯގަސްޓު 2026

މާލެ-ރަސްމާލެ ބިއްލޫރި ޓަނަލްގެ ފީސިބިލިޓީ މަސައްކަތް ފަށާއިވާ ކަމަށް މުއިއްޒު ވިދާޅުވެފައިވަނިކޮށް މިނިސްޓްރީން ބުނީ އަދި އެކަމަށް ބަޔަކު ހޮވާފައިވެސް ނުވާ ކަމަށް

13 އޯގަސްޓު 2026
މާލެ-ރަސްމާލެ ބިއްލޫރި ޓަނަލްގެ ފީސިބިލިޓީ މަސައްކަތް ފަށާއިވާ ކަމަށް މުއިއްޒު ވިދާޅުވެފައިވަނިކޮށް މިނިސްޓްރީން ބުނީ އަދި އެކަމަށް ބަޔަކު ހޮވާފައިވެސް ނުވާ ކަމަށް
30 ޖޫން 2026

އަނެއްކާވެސް ރަސްމާލެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓަންޓުން ހޯދަން އިއުލާނު ކޮށްފި

30 ޖޫން 2026
އަނެއްކާވެސް ރަސްމާލެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓަންޓުން ހޯދަން އިއުލާނު ކޮށްފި
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް