Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެކްސިޑެންޓު

ހުޅުމާލެ ފޭސް 2 ގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާދެމުން ދިޔަ 62 އަހަރުގެ މީހާ ނިޔާވެއްޖެ

16 ސެޕްޓެމްބަރު 2026 | ބުދަ 06:51

ހުޅުމާލެ ފޭސް 2 ގައި މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 62 އަހަރުގެ ދިވެހި ފިރިހެން މީހާ، ފަރުވާދެމުން ދަނިކޮށް މި މަހުގެ 15 ވަނަ ދުވަހު ވަނީ ނިޔާވެފައި. މި ހާދިސާގައި ސައިކަލުގައި އިން 24 އަހަރުގެ ޒުވާނަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ސެޕްޓެމްބަރު 2026 | ބުދަ 06:51
ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލް

ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލް | ރާއްޖެއެމްވީ

ހުޅުމާލެ ފޭސް 2 ގައި މި އަހަރުގެ އޮގަސްޓް މަހު ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާ ދެމުން ދިޔަ 62 އަހަރުގެ މީހާ ނިޔާވެއްޖެ އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ މި އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:36 އެހައިކަންހާއިރު އެވެ. އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސްމަގާއި ހީނާމާހިނގުން ގުޅޭ ކަންމަތީގަ އެވެ.

Advertisement - newsAdvertisement

މި އެކްސިޑެންޓުގައި ކާރަކާއި ސައިކަލެއް ޖެހިފައިވާއިރު، އެ ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފަ އެވެ.

އެކްސިޑެންޓު ހިނގި ދުވަހުން ފެށިގެން ފަރުވާ ދެމުން ދިޔަ އެ މީހާ މި މަހުގެ 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އޭރު އޭނާއަށް ފަރުވާދެމުން ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުގަ އެވެ.

މި އެކްސިޑެންޓު ހިނގިއިރު ސައިކަލުގައި އިނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ހާމަކުރެ އެވެ. އޭނާއަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައިވާކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށާފަ އެވެ.

ރާއްޖޭގައި ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ޓްރެފިކް އެކްސިޑެންޓްތަކުގައި ގިނަ ބަޔަކު މަރުވެ ޒަހަމްވަމުން އަންނައިރު، އެކްސިޑެންޓްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.  

ހުޅުމާލެ އެކްސިޑެންޓްތައް

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

4

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

5

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއްވެ ތިން މީހަކަށް އަނިޔާވެއްޖެ، އެކަކަށް ސީރިއަސް އަނިޔާތަކެއް

14 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއްވެ ތިން މީހަކަށް އަނިޔާވެއްޖެ، އެކަކަށް ސީރިއަސް އަނިޔާތަކެއް
08 ސެޕްޓެމްބަރު 2026

ހުޅުމާލޭގެ ސެލޫންތަކާއި ސްޕާތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 7 ބިދޭސީއަކު ހިފަހައްޓައިފި

08 ސެޕްޓެމްބަރު 2026
ހުޅުމާލޭގެ ސެލޫންތަކާއި ސްޕާތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 7 ބިދޭސީއަކު ހިފަހައްޓައިފި
07 ސެޕްޓެމްބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފި

07 ސެޕްޓެމްބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފި
06 ސެޕްޓެމްބަރު 2026

ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

06 ސެޕްޓެމްބަރު 2026
ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
02 ސެޕްޓެމްބަރު 2026

ހުޅުމާލޭގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެ

02 ސެޕްޓެމްބަރު 2026
ހުޅުމާލޭގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެ
02 ސެޕްޓެމްބަރު 2026

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކުއްޖާގެ ގައިމައްޗަށް ކާރު އެރިކަމަށް ބެލެވޭތީ ފޮރެންސިކް ތަހުލީލުތައް ފަށައިފި

02 ސެޕްޓެމްބަރު 2026
ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކުއްޖާގެ ގައިމައްޗަށް ކާރު އެރިކަމަށް ބެލެވޭތީ ފޮރެންސިކް ތަހުލީލުތައް ފަށައިފި
01 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

01 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ
01 ސެޕްޓެމްބަރު 2026

ހުޅުމާލެގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ

01 ސެޕްޓެމްބަރު 2026
ހުޅުމާލެގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ
31 އޯގަސްޓު 2026

ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

31 އޯގަސްޓު 2026
ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
30 އޯގަސްޓު 2026

ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަ ކުއްޖާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެނީ

30 އޯގަސްޓު 2026
ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަ ކުއްޖާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް