މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފި
7 ސެޕްޓެމްބަރު 2026 | ހޯމަ 16:36މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހައްޔަރުކުރި ދެ މީހެއްގެ އަތުން 140 ގްރާމަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފި. މި މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ފިރިހެން މީހާ 15 ދުވަހަށް އަދި އަންހެން މީހާ 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި


މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފި | ޕޮލިސް މީޑިޔާ
މަސްތުވާތަކެތީގެ މައްސަލެއްގައި ހުޅުމާލެ ފޭސް 1 އިން ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ފ. މަގޫދޫއަށް ނިސްބަތްވާ 25 އަހަރުގެ އިސްމާއީލް އިޒްހާން އަދި ލ. އިސްދޫއަށް ނިސްބަތްވާ 21 އަހަރުގެ އާމިނަތު ރުޝްދާ ކަމަށެވެ.
މި ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 140.03 ގުރާމުގެ ތަކެއްޗާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ބިޑި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާއީލް އިޒްހާން ވަނީ 15 ދުވަހަށް އަދި އާމިނަތު ރުޝްދާ ވަނީ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.











