ހުޅުމާލޭގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެ
2 ސެޕްޓެމްބަރު 2026 | ބުދަ 10:36ފުލުހުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލު ފަހަތުގައި އިން މީހާ އަށް އެކިވަރުގެ އަނިޔާ ލިބިފައިވޭ. ނަމަވެސް ފުލުހުން އެ ސަރަހައްދަށް ދިޔައިރު ސައިކަލުން ޖެހުނު މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައި


ހުޅުމާލެ ފޭސް ދޭއް | ސޯޝަލް މީޑިއާ
ހުޅުމާލެ ފޭސް ދޭއްގައި އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް 6 ފްލެޓުގެ ކައިރީގައި ކަމަށެވެ. މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ބުދަ ދުވަހު ހެނދުނު 8:03 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފުލެޓު ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލު ފަހަތުގައި އިން މީހާ އަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. ނަމަވެސް ފުލުހުން އެ ސަރަހައްދަށް ދިޔައިރު ސައިކަލުން ޖެހުނު މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.










