އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ
1 ސެޕްޓެމްބަރު 2026 | އަންގާރަ 06:12މި އެކްސިޑެންޓުގައި އެއް ސައިކަލުގެ ފަހަތުގައި އިން 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. އެ ކުއްޖާ އަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައި


ބޮޑުތަކުރުފާނު މަަގު ވިލާ ކޮލެޖު ކައިރި | ސޯޝަލް މީޑިއާ
މާލެ ބޮޑުތަކުރުފާނު މަގުގައި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގު ވިލާ ކޮލެޖު ކައިރީގައި ދެ ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އަންގާރަ ދުވަހުގެ 8:15 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި އެކްސިޑެންޓުގައި އެއް ސައިކަލުގެ ފަހަތުގައި އިން 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެ ކުއްޖާ އަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ.
އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލު ވެސް ދުއްވާފައި ވަނީ ލައިސެންސް އޮންނަ ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.











