Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެކްސިޑެންޓު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކުއްޖާގެ ގައިމައްޗަށް ކާރު އެރިކަމަށް ބެލެވޭތީ ފޮރެންސިކް ތަހުލީލުތައް ފަށައިފި

2 ސެޕްޓެމްބަރު 2026 | ބުދަ 06:23

ހުޅުމާލޭގެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ނިޔާވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި. މި ހާދިސާގައި ހިމެނޭ ތިން އުޅަނދު ޓޯކޮށް، އެ ތަކެތި ދުއްވި މީހުންގެ ލައިސަންސް ހިފަހައްޓާފައިވާއިރު، އޭގެ ތެރެއިން އެކަކީ ކުރިންވެސް ލައިސަންސް ހިފަހައްޓާފައި ހުރި މީހެއްކަމަށް ފުލުހުން ބުނޭ. އެކްސިޑެންޓު ހިނގި ގޮތް އިތުރަށް ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ސެޕްޓެމްބަރު 2026 | ބުދަ 06:23
ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގެ ތެރެއިން

ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގެ ތެރެއިން | ސޯޝަލް މީޑިއާ

ހުޅުމާލޭގެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ނުވަ އަހަރުގެ މ. ލެމަންޓްރީ، ޒީވާ ސިނާން އަހުމަދު ނިޔާވި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

މި ހާދިސާ ހިނގީ 2026 އޯގަސްޓް 29 ވަނަ ދުވަހުގެރޭ 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް ދޭއް، ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީގަ އެވެ.

Advertisement - newsAdvertisement

ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، މަގު ހުރަސްކޮށް ކާރަށް އަރަން އުޅުމުގެ ތެރޭގަ އެވެ. އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވަނީ ވެއްޓިފަ އެވެ.

ފުލުހުން ބުނާ ގޮތުގައި މި ހާދިސާ ހިނގި ސަރަހައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓު ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، ސައިކަލު ވެއްޓުނު ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު، އުމުރުން 9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވެ އެވެ. މިކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފަ އެވެ.

މި މައްސަލައާ ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވެސް ވަނީ ހިފަހައްޓާފަ އެވެ.

މީގެ އިތުރުން މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައިވަނީ އޭނާގެ ލައިސަންސް ކުރިން ވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށްވާތީ، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުއެކްސިޑެންޓްތައް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އީރާނުން އަމިއްލައަށް އުފައްދާފައިވާ އެއާ ޑިފެންސް ސިސްޓަމްތަކުން ފަހުގެ ހަނގުރާމައިގައި ދުޝްމަނުންގެ 200 އަށްވުރެ ގިނަ މަތިންދާބޯޓު ވައްޓާލި

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

02 ސެޕްޓެމްބަރު 2026
ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ
01 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

01 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ
01 ސެޕްޓެމްބަރު 2026

ހުޅުމާލެގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ

01 ސެޕްޓެމްބަރު 2026
ހުޅުމާލެގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ
31 އޯގަސްޓު 2026

ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

31 އޯގަސްޓު 2026
ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
30 އޯގަސްޓު 2026

ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަ ކުއްޖާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެނީ

30 އޯގަސްޓު 2026
ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަ ކުއްޖާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެނީ
30 އޯގަސްޓު 2026

ފޭސް ދޭއްްގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

30 އޯގަސްޓު 2026
ފޭސް ދޭއްްގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ
22 އޯގަސްޓު 2026

ހައިވޭގައި ލަމްބޮގިނީ ކާރު ފުރޮޅާލި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި

22 އޯގަސްޓު 2026
ހައިވޭގައި ލަމްބޮގިނީ ކާރު ފުރޮޅާލި ހާދިސާގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި
30 ޖުލައި 2026

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ގެއްލުނު މައްސަލައިގައި އިހުމާލުވި އޮފިސަރު ވަކިކުރަން ނިންމައިފި

30 ޖުލައި 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ގެއްލުނު މައްސަލައިގައި އިހުމާލުވި އޮފިސަރު ވަކިކުރަން ނިންމައިފި
23 ޖޫން 2026

ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

23 ޖޫން 2026
ޑްރަގް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
23 ޖޫން 2026

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

23 ޖޫން 2026
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް