ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއްވެ ތިން މީހަކަށް އަނިޔާވެއްޖެ، އެކަކަށް ސީރިއަސް އަނިޔާތަކެއް
14 ސެޕްޓެމްބަރު 2026 | ހޯމަ 06:04މި އެކްސިޑެންޓުގައި ޖުމުލަ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވޭ. އޭގެ ތެރޭގައި ހިމެނެނީ އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާ އަށް


ސިނަމާލެ ބްރިޖުގެ މާލެ ފަޅި | ސޯޝަލް މީޑިއާ
ސިނަމާލެ ބުރިޖު، މާލެ އިން ހުޅުމާލެ އަށް ދަތުރުކުރާ ފަޅިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އާދީއްތަަ ދުވަހުގެރޭ 19:20 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ޖުމުލަ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާ އަށެވެ. މީގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އޭނާ އަށް މިހާރު ގެންދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެއީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.









