ހުޅުމާލެގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ
1 ސެޕްޓެމްބަރު 2026 | އަންގާރަ 03:46މި ހާދިސާގައި ނިޔާވެފައިވަނީ މާލެ އަށް ނިސްބަތަތްވާ އުމުރުން ނުވަ އަހަރުގެ ޒީވާ ސިނާން އަހުމަދު


ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގެ ތެރެއިން | ސޯޝަލް މީޑިއާ
ހުޅުމާލެ ފޭސް ދޭއްގައި ބުރާސްފަތި ދުވަހުގެރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ ކުޑަކުއްޖާ ނިޔާވެއްޖެ އެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ މާލެ އަށް ނިސްބަތަތްވާ އުމުރުން ނުވަ އަހަރުގެ ޒީވާ ސިނާން އަހުމަދު އެވެ.
ޒީވާ އަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންގޮސްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް ޒީވާގެ ހާލު ސީރައަސްވުމުގެ ސަބަބުން އިތުރު ފަރުވާ އަށް ވަނީ އައިޖީއެމްއެޗް އަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފަ އެވެ.
މި އެކްސިޑެންޓު ހިނގައިފައި ވަނީ ހުޅުމާލެ ފޭސް ދޭއް، ހިތިގަސްމަގު، ވިނަރެސް ހަތެއް ކައިރީގަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފަ ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.











