Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

9 ސެޕްޓެމްބަރު 2026 | ބުދަ 09:33

އީރާނުގެ ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އައި.އާރު.ޖީ.ސީ އިން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅިން އެމެރިކާގެ އެންމެ ޒަމާނީ ކަނޑުއަޑީގެ އުޅަނދެއް އީރާނުން އަތުލައިގަނެފައިވާއިރު، މިއީ އެ ގައުމުގެ އަސްކަރީ ޓެކްނޮލޮޖީ ކުރިއެރުވުމަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އީރާނުން ބުނޭ

ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2026 | ބުދަ 09:33

މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އެމްފިބިއަސް އެސޯލްޓް ޝިޕް، ޔޫއެސްއެސް ބޮކްސާ (އެލް.އެޗް.ޑީ 4) ގައި 2،600 އަށްވުރެ ގިނަ ސެއިލަރުންނާއި މެރިން ސިފައިން މިހާރު ދަނީ ބައިވެރިވަމުން | ސެންޓްކޮމް

އީރާނާ ދެކޮޅަށް ކުރަމުންދާ އުދުވާނީ ހަނގުރާމައިގެ ބަދަލުހިފުމުގެ ގޮތުން ހިންގި އަސްކަރީ އޮޕަރޭޝަންތަކެއްގައި، ހުރްމުޒް ކަނޑުއޮޅީގެ މަނާ ސަރަހައްދުން ދަތުރުކުރަން އުޅުނު އެމެރިކާގެ ދެ މަނަވަރަކަށާއި، ތެޔޮ އުފުލާ އަށް ޓޭންކަރަކަށް އަދި އިތުރު 10 އުޅަނދަކަށް ހަމަލާދީފައިވާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފި އެވެ.

ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައި.އާރު.ޖީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކަކީ ފާރިސީ ކަނޑުއޮޅީގައި އީރާނުގެ ތެޔޮ އުފުލާ ފަސް ޓޭންކަރަކަށް އެމެރިކާގެ ޓެރަރިސްޓް އަސްކަރިއްޔާއިން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ފާރިސީ ކަނޑުއޮޅީގައި އީރާނުގެ ފަސް ޓޭންކަރަކަށް އެމެރިކާގެ ޓެރަރިސްޓް އަސްކަރިއްޔާއިން ދިން އުދުވާނީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އައި.އާރު.ޖީ.ސީގެ ކަނޑުގެ ސިފައިން އެ ސަރަހައްދުގައި އޮތް އެމެރިކާގެ ދެ މަނަވަރަކަށާއި އަށް ޓޭންކަރަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާގެ "ހިތްވަރު ދިނުމާއި މަގުދެއްކުމާއެކު" ހުރްމުޒް ކަނޑުއޮޅީގެ ނުރައްކާތެރި އަދި ދަތުރުކުރުން މަނާ ސަރަހައްދަކުން ވަންނަން އުޅުނު އިތުރު 10 އުޅަނދަކަށް ވެސް ހަމަލާދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އައި.އާރު.ޖީ.ސީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ހުރްމުޒްކަނޑުއޮޅި އޮތީ އައި.އާރު.ޖީ.ސީގެ ކަނޑުގެ ސިފައިންގެ ވަރުގަދަ ބެލުމުގެ ދަށުގައި ކަމަށެވެ.

އަދި ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އައި.އާރު.ޖީ.ސީގެ ކަނޑުގެ ސިފައިން ދަމަހައްޓަމުންދާ ކަމަށާއި، އީރާނުގެ ރައްޔިތުންގެ އަމާނާތްތެރިކަން ހިމާޔަތްކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބުދަ ވިލޭރޭގެ ކުރީކޮޅު އައި.އާރު.ޖީ.ސީ އިން ބުނެފައިވާ ގޮތުގައި، އެ ޖަމާއަތުގެ އެއަރޯސްޕޭސް ފޯސް އިން ވަނީ އުރުދުންގައި ހުންނަ އެމެރިކާގެ އަލް-އަޒްރަގް އެއާބޭސްއަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ދީ، ދުޝްމަނުންގެ ފައުޖުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

އެ ބަޔާނުގައިވާ ގޮތުން، ސޮލިޑް އަދި ލިކުއިޑް ފިއުލް ބޭނުންކުރާ ބެލިސްޓިކް މިސައިލްތައް ބޭނުންކޮށްގެން ދިން މި ހަމަލާތަކުގައި، މަތިންދާބޯޓު މަރާމާތުކުރާ ހޭންގަރުތަކަށާއި، ބޯޓުތައް ތައްޔާރުކުރާ ތަންތަނުގެ އިތުރުން އެފް-35، އެފް-16 އަދި އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓުތައް ބަހައްޓާފައި ހުރި ހިޔާވަހިތަކަށް އަމާޒުކޮށްފައިވެ އެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ މުހިންމު މައިދާނަކަށް މި ކަނޑުގެ ސަރަހައްދު ވެފައިވާއިރު، މީގެ ސަބަބުން ކަނޑުއޮޅި އާއި އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރުތަކުގެ މައްޗަށް އޮތް ކޮންޓްރޯލް އީރާނުން ވަނީ ވަރުގަދަކޮށްފަ އެވެ.

ފަހަކަށް އައިސް ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގެ ތެރޭގައި، އީރާނުގެ ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން ދޭ ހަމަލާތަކާއި، އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަމާޒުކޮށް އީރާނުން ދޭ މިސައިލް ހަމަލާތައް ހިމެނެ އެވެ.

އަންގާރަ ދުވަހު އައި.އާރު.ޖީ.ސީގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްޓްރެޓީޖިކް ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅީގެ ދޮރުމަތިން، އެމެރިކާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އިންސާނަކާ ނުލައި ދުއްވާ ކަނޑުއަޑީގެ އުޅަނދެއް (ޔޫ.ޔޫ.ވީ) އަތުލައިގަނެފައިވާ ކަމަށެވެ.

މި އުޅަނދަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކަނޑުއަޑީގެ ޓެކްނޮލޮޖީ ހިމެނޭ އުޅަނދެއް ކަމަށާއި، މިއީ 2025 ވަނަ އަހަރު އެމެރިކާގެ ޓެރަރިސްޓް އަސްކަރިއްޔާއާ ހަވާލުކުރި އުޅަނދެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި އުޅަނދު އަތުލައިގަތުމަކީ، ހުޅަނގުގެ ކުރިއަރާފައިވާ އަސްކަރީ ޓެކްނޮލޮޖީގެ މައްޗަށް އީރާނުން ކުރި ހޯދަމުންދާ ދިގު ތާރީޚަށް އިތުރުވި ބޮޅެކެވެ.

ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އީރާނުގެ ސިފައިން ވަނީ އެމެރިކާގެ އަގުބޮޑު އެތައް ވަސީލަތްތަކެއް ބިމަށް ވައްޓާލާފައި ނުވަތަ އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި އާރް.ކިއު-170 ސެންޓިނަލް ސްޓެލްތު ޑްރޯން، އެމް.ކިއު-9 ރީޕަރ ޑްރޯން އަދި ފާރިސް ކަނޑުއޮޅިން އަތުލައިގަތް ކަނޑުއަޑީގެ އުޅަނދުތަކާއި މަނަވަރުތައް ހިމެނެ އެވެ.

މިގޮތަށް އަތުލައިގަނެވޭ ޓެކްނޮލޮޖީތައް ދިރާސާކޮށް، އޭގެ އަސްލު ދެނެގަނެގެން އަމިއްލައަށް އެފަދަ ތަކެތި އުފެއްދުމަކީ، އީރާނުގެ އަމިއްލަ ޑްރޯން އަދި ކަނޑުގެ އުޅަނދުތަކުގެ ޕްރޮގްރާމްތައް ކުރިއެރުވުމުގައި ތާރީޚީ ގޮތުން ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމެކެވެ.

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިއަލް-އަޒްރަގް ބޭސްއީރާން ހަނގުރާމަ

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު

09 ސެޕްޓެމްބަރު 2026
އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު
09 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާގެ ޑްރޯން ސަބްމެރީންއެއް އަތުލައިފި

09 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާގެ ޑްރޯން ސަބްމެރީންއެއް އަތުލައިފި
09 ސެޕްޓެމްބަރު 2026

އެމެރިކާގެ ހަނގުރާމަ ފުޅާކުރަނީ، އީރާންގެ ފަސް ތެޔޮ ޓޭންކަރަށް ހަމަލާދީފި

09 ސެޕްޓެމްބަރު 2026
އެމެރިކާގެ ހަނގުރާމަ ފުޅާކުރަނީ، އީރާންގެ ފަސް ތެޔޮ ޓޭންކަރަށް ހަމަލާދީފި
08 ސެޕްޓެމްބަރު 2026

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

08 ސެޕްޓެމްބަރު 2026
އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި
08 ސެޕްޓެމްބަރު 2026

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

08 ސެޕްޓެމްބަރު 2026
އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި
07 ސެޕްޓެމްބަރު 2026

ހުރްމުޒްގައި ނުތަނަވަސްކަން ބޮޑުވެ ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 97 ޑޮލަރަށްވުރެ މައްޗަށް

07 ސެޕްޓެމްބަރު 2026
ހުރްމުޒްގައި ނުތަނަވަސްކަން ބޮޑުވެ ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 97 ޑޮލަރަށްވުރެ މައްޗަށް
07 ސެޕްޓެމްބަރު 2026

ޗައިނާގެ މާލީ ނިޒާމަށް 53.6 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

07 ސެޕްޓެމްބަރު 2026
ޗައިނާގެ މާލީ ނިޒާމަށް 53.6 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ
07 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ބޭރުގައި އައު "މަނާ ސަރަހައްދެއް" އީރާނުން ކަނޑައަޅަނީ

07 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ބޭރުގައި އައު "މަނާ ސަރަހައްދެއް" އީރާނުން ކަނޑައަޅަނީ
06 ސެޕްޓެމްބަރު 2026

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

06 ސެޕްޓެމްބަރު 2026
އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި
06 ސެޕްޓެމްބަރު 2026

އެމެރިކާގެ ޖާސޫސީ ބެލޫންއެއް އައި.އާރް.ޖީ.ސީން ވައްޓާލައިފި

06 ސެޕްޓެމްބަރު 2026
އެމެރިކާގެ ޖާސޫސީ ބެލޫންއެއް އައި.އާރް.ޖީ.ސީން ވައްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް