Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ސެޕްޓެމްބަރު 11 އަށް 25 އަހަރު: އެމެރިކާއަށް އޮތް ބައިނަލްއަޤުވާމީ އިތުބާރު ގެއްލެނީ

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:20

2001 ވަނަ އަހަރުގެ އެ ހިތާމަވެރި އަންގާރަ ދުވަހު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމުގައި ތިއްބެވި އޭރުގެ އިސް އޮފިޝަލުންނަށް ލިބުނު ސިހުމާއި، އޭގެ ފަހުން އެމެރިކާގެ ސަލާމަތީ ނިޒާމަށް ގެނައި ބޮޑެތި ބަދަލުތަކަކީ މިއަދުގެ ދުނިޔެ ބައްޓަންވުމުގެ މައިގަނޑު އަސާސް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:20
2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ތެރެއިން

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ތެރެއިން | ރޮއިޓާސް

ސެޕްޓެމްބަރު 11 ގެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ އަށް 25 އަހަރު ފުރިގެންދާއިރު، އެ ހާދިސާ އިން އެމެރިކާ އިން ދަސްކުރި ފިލާވަޅުތަކާއި މިހާރުގެ ސިޔާސީ މަސްރަހުގައި އެ ފިލާވަޅުތައް ހަނދާން ނެތެމުންދާ މިންވަރާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައި އެވެ.

2001 ވަނަ އަހަރުގެ އެ ހިތާމަވެރި އަންގާރަ ދުވަހު ވައިޓް ހައުސްގެ ސިޓުއޭޝަން ރޫމުގައި ތިއްބެވި އޭރުގެ އިސް އޮފިޝަލުންނަށް ލިބުނު ސިހުމާއި، އޭގެ ފަހުން އެމެރިކާގެ ސަލާމަތީ ނިޒާމަށް ގެނައި ބޮޑެތި ބަދަލުތަކަކީ މިއަދުގެ ދުނިޔެ ބައްޓަންވުމުގެ މައިގަނޑު އަސާސެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ދެ ވަނަ ދައުރުގައި ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން، އެމެރިކާ އަށް އެ ދުވަހު ލިބުނު ބައިނަލްއަޤުވާމީ އެއްބާރުލުމާއި އިތުބާރު ގެއްލެމުންދާ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ސެޕްޓެމްބަރު 11 ގެ ހަމަލާއަށް ފަހު، އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ސަރުކާރުން ވަނީ ޖާސޫސީ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކޮށް، އެއާޕޯޓުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި 25 އަހަރު ތެރޭގައި އެފަދަ ބޮޑު ހަމަލާއެއް އެމެރިކާގެ ފަސްގަނޑުގައި ތަކުރާރުވެފައި ނުވެ އެވެ.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ތެރެއިން

ނަމަވެސް، އަފްޣާނިސްތާން އާއި އިރާގުގައި ކުރި ދިގުލީ ހަނގުރާމަތަކަކީ އެމެރިކާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ބޮޑެތި ގޮންޖެހުންތަކެކެވެ. އަފްޣާނިސްތާން އިން 2021 ވަނަ އަހަރު އެމެރިކާ ސިފައިން ބޭރުވިއިރު، އަލުން ތާލިބާނުން ވެރިކަމަށް އައުމަކީ އެތައް ބިލިއަން ޑޮލަރަކާއި އެތައް ފުރާނައެއް ޤުރުބާން ކޮށްގެން ކުރި މަސައްކަތް ނާކާމިޔާބުވުން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ.

މިހާރުގެ ޓްރަމްޕް ސަރުކާރުން 2026 ވަނަ އަހަރު އެކުލަވާލި ކައުންޓަރ ޓެރަރިޒަމް ސްޓްރެޓެޖީގައި ޓެރަރިޒަމް މާނަކޮށްފައިވާ ގޮތާ މެދު ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. މި ސިޔާސަތުގައި މަސްތުވާތަކެތީގެ ނެޓްވޯކްތަކާއި ވައަތު ފިޔައިގެ ސިޔާސީ ހަރަކާތްތެރިންނަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށްފައިވާއިރު، ކަނާއަތު ފިޔައިގެ ހަރުކަށި ޖަމާއަތްތަކުން ކުރިމަތިވާ ނުރައްކާތަކަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާ ކަމަށް ފާހަގަކުރެވެ އެވެ.

މީގެ އިތުރުން، ފެންޓަނީލް ފަދަ މަސްތުވާތަކެއްޗަކީ "މާސް ކެޝުއަލްޓީ" ހަތިޔާރުގެ ގޮތުގައި ކަނޑައެޅުމުން، އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ ގާތް ޤައުމުތަކުން ވަނީ އެމެރިކާއާ ޖާސޫސީ މައުލޫމާތު ހިއްސާކުރުން ހުއްޓާލާފަ އެވެ.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ތެރެއިން

އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ނޭޓޯގެ ޤައުމުތަކާއި ދެކުނު ކޮރެއާ ފަދަ ގާތް އެކުވެރިންނާ އޮތް ގުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. ޑެންމާކް އާއި ކެނެޑާ ފަދަ ޤައުމުތަކަށް ޓްރަމްޕް ކުރައްވާ ފުރައްސާރަ އާއި ގްރީންލޭންޑް މިލްކު ކުރުމަށް ކުރިމަތިލި ފަދަ މައްސަލަތަކުގެ ސަބަބުން އެމެރިކާގެ ބައިނަލްއަޤުވާމީ ނުފޫޒު ވަނީ ކުޑަވެފަ އެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާއަށް ފަހު ނޭޓޯގެ ފަސް ވަނަ މާއްދާގެ ދަށުން އެމެރިކާ އަށް ލިބުނު ފަދަ އެއްބާރުލުމެއް، މިއަދު އެފަދަ ހާދިސާއެއް ހިނގައިފި ނަމަ ލިބޭނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

އީރާންއާ ދެކޮޅަށް 2026 ވަނަ އަހަރުގެ ފެބްރުވަރީ މަހު ފެށި ކަނޑާއި ވައިގެ ހަނގުރާމަ އަކީ އެމެރިކާގެ އެކުވެރި ޤައުމުތަކުގެ މަޝްވަރާއާ ނުލައި ފެށި ހަނގުރާމައެއް ކަމުން، އެ ޤައުމުތަކުން ވަނީ އެމެރިކާގެ އަސްކަރީ ބޭނުންތަކަށް އެ ޤައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން ވެސް ހަނިކޮށްފަ އެވެ.

މިއީ ސެޕްޓެމްބަރު 11 އަށް ފަހު އެމެރިކާ އިން ދަސްކުރި "އެކުވެރިންގެ ބޭނުންތެރިކަން" މި ފިލާވަޅާ މުޅިން ޚިލާފު އަމަލެކެވެ. ޓެރަރިޒަމްގެ ނުރައްކާ ދުނިޔެ އިން ފިލައިގެން ނުދާއިރު، އެމެރިކާގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ޤައުމީ ސަލާމަތީ ސިޔާސަތުތައް ބައްޓަން ކުރުމަކީ ކުރިމަތިވެދާނެ ބޮޑު ނުރައްކަލެއްގެ ގޮތުގައި މާހިރުން އިންޒާރުދެ އެވެ.

އެމެރިކާސެޕްޓެމްބަރު އެގާރައިގެ ހަމަލާ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ޓްރަމްޕް: ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދިއްޖެނަމަ ކޮންމެ ބޮޑުމީހަކަށް 5,000 ޑޮލަރު ދޭނަން

10 ސެޕްޓެމްބަރު 2026
ޓްރަމްޕް: ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދިއްޖެނަމަ ކޮންމެ ބޮޑުމީހަކަށް 5,000 ޑޮލަރު ދޭނަން
08 ސެޕްޓެމްބަރު 2026

މަޔާމީއަށް ވެއްޓުނު މަތިންދާބޯޓުގެ 'ކަޅު ފޮށި' ފެނިއްޖެ، މަރުވި މީހުންގެ ހަށިތައް ހޯދަނީ

08 ސެޕްޓެމްބަރު 2026
މަޔާމީއަށް ވެއްޓުނު މަތިންދާބޯޓުގެ 'ކަޅު ފޮށި' ފެނިއްޖެ، މަރުވި މީހުންގެ ހަށިތައް ހޯދަނީ
07 ސެޕްޓެމްބަރު 2026

އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓަށް ހަމަލާދޭން އުޅެފި

07 ސެޕްޓެމްބަރު 2026
އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓަށް ހަމަލާދޭން އުޅެފި
07 ސެޕްޓެމްބަރު 2026

އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި

07 ސެޕްޓެމްބަރު 2026
އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި
05 ސެޕްޓެމްބަރު 2026

އީރާނާ ގުޅުން އޮތް ކަމަށް ބުނެ އެމެރިކާއިން ތުރުކީވިލާތުގެ ބޭންކަކަށް ފިޔަވަޅު އަޅައިފި

05 ސެޕްޓެމްބަރު 2026
އީރާނާ ގުޅުން އޮތް ކަމަށް ބުނެ އެމެރިކާއިން ތުރުކީވިލާތުގެ ބޭންކަކަށް ފިޔަވަޅު އަޅައިފި
03 ސެޕްޓެމްބަރު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި

03 ސެޕްޓެމްބަރު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި
03 ސެޕްޓެމްބަރު 2026

ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ

03 ސެޕްޓެމްބަރު 2026
ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ
03 ސެޕްޓެމްބަރު 2026

ހެގްސެތު މަޤާމުން ވަކިކުރެއްވުމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ޓްރަމްޕް އަށް ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2026
ހެގްސެތު މަޤާމުން ވަކިކުރެއްވުމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރަކު ޓްރަމްޕް އަށް ގޮވާލައްވައިފި
30 އޯގަސްޓު 2026

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

30 އޯގަސްޓު 2026
އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި
25 އޯގަސްޓު 2026

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

25 އޯގަސްޓު 2026
ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް