Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސް

ޓެކްސް ގާނޫނަށް ގެނައި ބަދަލާ ގުޅިގެން އިނގިރޭސިވިލާތުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ އެންމެ ބޮޑު ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި!

6 ސެޕްޓެމްބަރު 2026 | އާދީއްތަ 18:10

ރާއްޖޭގެ ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކުގެ ސަބަބުން ބޭރުގެ ޓުއަރ އޮޕަރޭޓަރުން ރަޖިސްޓްރީވާން ޖެހުމަކީ ރާއްޖެ އިސްތިހާރުކުރުމަށް އޮތް ގޮންޖެހުމެއް ކަމަށް ބުނެ އިނގިރޭސިވިލާތުގެ އޭބީޓީއޭ އިން ކަންބޮޑުވުން ފާޅުކޮށްފި. މި ނިންމުމުގެ ސަބަބުން ރާއްޖެއަކީ އަގުބޮޑު މަންޒިލަކަށް ވެދާނެތީ، އެ ބަދަލުތަކަށް އަމަލުކުރުން ފަސްކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އެ ޖަމިއްޔާއިން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ސެޕްޓެމްބަރު 2026 | އާދީއްތަ 18:10
ޓެކްސް ގާނޫނާ ގުޅިގެން އިނގިރޭސިވިލާތުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ތަމްސީލުކުރާ ޖަމިއްޔާ، އޭބީޓީއޭ (އަބްޓާ) އިން ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރަށް ވަނީ ސިޓީ އެއް ފޮނުވާފައި

ޓެކްސް ގާނޫނާ ގުޅިގެން އިނގިރޭސިވިލާތުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ތަމްސީލުކުރާ ޖަމިއްޔާ، އޭބީޓީއޭ (އަބްޓާ) އިން ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރަށް ވަނީ ސިޓީ އެއް ފޮނުވާފައި | ހޮޓެލިއާ މޯލްޑިވްސް

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އޭބީޓީއޭ (އަބްޓާ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ 3،500 އަށްވުރެ ގިނަ ބްރޭންޑް ތަމްސީލުކުރާ މި ޖަމިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީން އަށް ފޮނުއްވި ސިޓީއެއްގައި ވަނީ، 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލުތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ ޓުއަރ އޮޕަރޭޓަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބުނެފަ އެވެ.

Advertisement - newsAdvertisement

އަބްޓާގެ ޑައިރެކްޓަރ އޮފް އިންޑަސްޓްރީ ރިލޭޝަންސް ސޫޒަން ޑިއަރ ސޮއިކުރައްވައި ފޮނުއްވި މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ވިޔަފާރި ނުކުރާ ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުން ޖީއެސްޓީގެ ދާއިރާގެ ތެރެއަށް ވެއްދުމަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ. މި ބަދަލާއެކު ރާއްޖޭގައި އެއްވެސް އޮފީހެއް ނުވަތަ ދާއިމީ މަސައްކަތެއް ނެތް ކުންފުނިތަކުން ވެސް ރާއްޖޭގެ ޖީއެސްޓީއަށް ރަޖިސްޓްރީވާން ޖެހި، އެ ކުންފުނިތަކަށް ލިބޭ ކޮމިޝަން ނުވަތަ މާޖިން އިން ޓެކްސް ދައްކަން ޖެހޭނެ ކަމަށް ބެލެވޭ ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

މި ނިންމުމަކީ ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއްކަން ފާހަގަކޮށް، އަބްޓާއިން ވަނީ މި ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ އިގުތިސާދީ އަސަރުތަކާއި އިދާރީ ދަތިތަކަށް ރިއާޔަތްކުރުމަށް އެދިފަ އެވެ. ވަކިން ހާއްސަކޮށް، ދުނިޔޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މާޖިންތައް މިހާރު ވެސް ހުރީ ވަރަށް ބޮޑަށް ހަނިވެފައި ކަމަށާއި މިފަދަ އިތުރު ބުރައެއް ކުރިމަތިވުމަކީ އިނގިރޭސި ޓުއަރ އޮޕަރޭޓަރުން ރާއްޖެ އިސްތިހާރުކުރުމަށް އޮތް ޝައުގުވެރިކަން ކުޑަވެ، ރާއްޖެއަކީ އަގުބޮޑު މަންޒިލަކަށް ވެގެންދާނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން އިންޒާރު ދީފައިވެ އެވެ.

އަހަރަކު 41 ބިލިއަން ޕައުންޑަށް ވުރެ ގިނަ ވިޔަފާރި މުއާމަލާތް ހިންގާ އަބްޓާގެ މެންބަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، މި ބަދަލުތަކަށް އަމަލުކުރުން ފަސްކޮށްލުމަށް އެ ޖަމިއްޔާއިން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ. އަދި މިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާއި އެހެނިހެން މުހިންމު މާކެޓްތަކުގެ ޓުއަރ އޮޕަރޭޓަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވެސް ވަނީ އެދިފަ އެވެ.

މީގެ އިތުރުން، މި ގާނޫނަށް ގެންނަ ބަދަލުތައް ތަންފީޒުކުރާނަމަ، އެކަމާ ގުޅޭ ސާފު މައުލޫމާތު ބޭނުންވާ ކަމަށް ވެސް އަބްޓާއިން ބުނެފައިވެ އެވެ. އެގޮތުން ޓެކްސް ރަޖިސްޓްރީ ކުރަންޖެހޭނީ ކޮން ބައެއްކަމާއި ޓެކްސް ހިސާބުކުރާނެ ގޮތާއި އަދި މި ބަދަލު ހިނގާނީ ބުކިންގ ހަދާ ތާރީހުން ފެށިގެންތޯ ނުވަތަ ފަތުރުވެރިޔާ ދަތުރުކުރާ ތާރީހުން ފެށިގެންތޯ ސާފުކޮށްދިނުމަށް ވަނީ އެދިފަ އެވެ.

އިނގިރޭސިވިލާތުގެ ފަތުރުވެރިކަމުގެ ދާއިރާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރަމުން، މި މައްސަލައިގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އޮފިޝަލުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތަކަށް ވެސް އަބްޓާ އިން ވަނީ އެދިފަ އެވެ. އަދި މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ބަލައި، ވީހާވެސް އަވަސް ޖަވާބެއް ދެއްވުމަށް އެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީން އަށް އަރިހުން އެދިވަޑައިގަންނަވާފަ އެވެ.

ޖީއެސްޓީ އިނގިރޭސިވިލާތް-ދިވެހިރާއްޖެފަތުރުވެރިކަން

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ފަތުރުވެރިކަމުގެ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި

06 ސެޕްޓެމްބަރު 2026
ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ފަތުރުވެރިކަމުގެ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި
04 ސެޕްޓެމްބަރު 2026

ފުޅަދޫގައި އެމްޑީޕީގެ ސަރުކާރުން ނޫން ބަޔަކު ތަރައްޤީގެ މަޝްރޫއެއް ހިންގާފައި ނެތް: ކައުންސިލު މެންބަރު

04 ސެޕްޓެމްބަރު 2026
ފުޅަދޫގައި އެމްޑީޕީގެ ސަރުކާރުން ނޫން ބަޔަކު ތަރައްޤީގެ މަޝްރޫއެއް ހިންގާފައި ނެތް: ކައުންސިލު މެންބަރު
02 ސެޕްޓެމްބަރު 2026

ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!

02 ސެޕްޓެމްބަރު 2026
ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!
02 ސެޕްޓެމްބަރު 2026

ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް

02 ސެޕްޓެމްބަރު 2026
ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް
01 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟

އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި

01 ސެޕްޓެމްބަރު 2026
އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި
31 އޯގަސްޓު 2026

ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

31 އޯގަސްޓު 2026
ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
31 އޯގަސްޓު 2026

ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

26 އޯގަސްޓު 2026

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި

26 އޯގަސްޓު 2026
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި
23 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް