Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސް

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

4 ސެޕްޓެމްބަރު 2026 | ހުކުރު 16:56

ފިލިޕީންސްގެ ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ނައިބު ރައީސް ސާރާ ޑުޓާޓޭ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރުނު ނަމަވެސް، ކަފާލާތުގެ ދަށުން އޭނާ މިނިވަންވާނެ ކަމަށް ބެލެވޭ. މި މައްސަލައާ ގުޅިގެން ސާރާ މަގާމުން ވަކިކުރުމުގެ އިމްޕީޗްމަންޓް މަރުހަލާ ކުރިއަށްދާއިރު، މިއީ އޭނާގެ ސިޔާސީ މުސްތަގުބަލަށް އޮތް ބޮޑު ގޮންޖެހުމެއް

ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2026 | ހުކުރު 16:56
ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓާޓޭ

ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓާޓޭ | ގެޓީ އިމޭޖަސް

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި، އެ ގައުމުގެ ނައިބު ރައީސް ސާރާ ޑުޓާޓޭ ހައްޔަރުކުރުމަށް ފިލިޕީންސްގެ ކޯޓަކުން އަމުރުކޮށްފި އެވެ.

މެނީލާ ކައިރީގައި އޮންނަ ކުއެޒޯން ސިޓީގެ ކޯޓަކުން މި އަމުރު ނެރުނީ ހުކުރު ދުވަހު އެވެ. މި އަމުރު ނެރުނީ، އަމުރު ނެރުން ފަސްކޮށްދިނުމަށް އެދި ސާރާ ޑުޓާޓޭގެ ވަކީލުން ހުށަހެޅި ހުށަހެޅުން ފަނޑިޔާރުން ބޭރުކޮށްލުމަށް ފަހުގަ އެވެ.

ކުރިން ސިޔާސީ ގޮތުން ގާތް ގުޅުމެއް ބޭއްވި ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ އާއި، އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް) ގެ ކުރީގެ ރައީސް މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމުގެ ތުހުމަތު ސާރާގެ މައްޗަށް ވަނީ ކުރެވިފަ އެވެ.

ވޭތުވެދިޔަ މަހު ސާރާގެ މައްޗަށް އުފުލާފައިވާ "ބޮޑެތި އިންޒާރުތައް ދިނުމުގެ" ތިން ދައުވާއާ ގުޅިގެން ކޮންމެ ދައުވާއަކަށް 1،900 އެމެރިކާ ޑޮލަރުގެ ކަފާލާތުގެ ފީއެއް ވަނީ ކަނޑައަޅާފަ އެވެ. މިއީ ސިޔާސީ ގޮތުން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކުގެ އިތުރުން، ނައިބު ރައީސް ސާރާއަށް ކުރިމަތިވި ގާނޫނީ އިތުރު މައްސަލައެކެވެ.

މި އިންޒާރުތަކުގެ މައްސަލައަކީ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ (ސެނެޓް) ގައި ކުރިއަށްދާ ސާރާ މަގާމުން ވަކިކުރުމުގެ (އިމްޕީޗްމަންޓް) ޝަރީއަތުގެ މައިގަނޑު އަސާސެވެ. މި މައްސަލައިގައި އޭނާ ކުށްވެރިވެއްޖެ ނަމަ، މަގާމުން ވަކިވުމުގެ އިތުރުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ކުރާ އުންމީދުތަކަށް ނިމުން އަންނާނެ އެވެ.

މި މައްސަލަ ފެށުނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ސާރާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެ ފަހަރު އޭނާ ވިދާޅުވީ، އޭނާ މަރާލައިފި ނަމަ ރައީސް މާކޯސް އާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަދި ރައީސްގެ ދެބެންގެދެދަރި ބޭފުޅެއް ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އޭރުގެ ރައީސް މާޓިން ރޮމުއަލްޑޭޒް މަރާލުމަށް "ހިޓްމަނެއް" ނުވަތަ ގާތިލަކާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް، ސާރާ ފަހުން ވިދާޅުވީ އެއީ ރައީސާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން، އަމިއްލަ ސަލާމަތާމެދު ބިރު ހީވުމުން ދެއްކެވި ވާހަކައެއް ކަމަށެވެ.

ސާރާގެ ވަކީލު ޕޯލް ލޯރެންސް ލިމް ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުން ރެކުމުގެ އެއްވެސް ގަސްދެއް ސާރާގެ ނެތް ކަމަށާއި، ގާނޫނީ ގޮތުން ލިބިދޭ ހުރިހާ ފުރުސަތެއްގެ ބޭނުން ހިފަމުން ގެންދާނެ ކަމަށެވެ.

ޖަސްޓިސް މިނިސްޓްރީގެ ތަރުޖަމާނު ވަނީ ހައްޔަރުކުރުމުގެ އަމުރު ނެރުނުކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި ސާރާގެ އިމްޕީޗްމަންޓް ޝަރީއަތް ހިނގަމުންދާތީ ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ބުނެ އޭނާގެ ގާނޫނީ ޓީމުން ދެއްކި އުޒުރުތައް މިނިސްޓްރީން ވަނީ ބޭރުކޮށްލާފަ އެވެ.

މި އަމުރު ނެރުނު ނަމަވެސް، ސާރާ ވަގުތުން ބަންދުކުރާނެ ކަމަކަށް ނުބެލެވެ އެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި އޭނާ ވަރަށް އަވަހަށް ކަފާލާތުގެ ދަށުން މިނިވަންވާނެ އެވެ.

މި ޖިނާއީ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ އެންމެ ބޮޑު އަދަބަކީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. މިއީ އޭނާގެ ސިޔާސީ މުސްތަގުބަލަށް ކުރިމަތިވެފައިވާ ނުރައްކާތަކާ އަޅާބަލާއިރު ކުޑަ އަދަބެކެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން ކުރިއަށްގެންދާ އިމްޕީޗްމަންޓް މައްސަލައިގައި، ސާރާ ނައިބު ރައީސްކަމާއި އޭގެ ކުރިން އެޑިއުކޭޝަން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި، ހޯދި ގޮތް ނޭނގޭ މުއްސަނދިކަމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.

ސެނެޓުގައި ކުރިއަށްދާ އަޑުއެހުންތަކަށް މިހާރު ނުވަ ހަފުތާ ވެފައިވާއިރު، ސާރާ ގެންދަވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވަމުންނެވެ.

ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ދަރިކަނބަލުން ސާރާ އާއި މިހާރުގެ ރައީސް މާކޯސް 2022 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރެއްވީ އެކުގަ އެވެ. ނަމަވެސް، ފަހުން އެ ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، މިހާރު ވަނީ ބޮޑު ދެކޮޅުވެރިކަމަކަށް ބަދަލުވެފަ އެވެ.

ސާރާގެ ބައްޕަ ރޮޑްރިގޯ ޑުޓާޓޭ މިހާރު ހުންނެވީ ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ބެލުމުގެ ދަށުގަ އެވެ. އެއީ އޭނާގެ ރައީސްކަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ލޭއޮހޮރުވުން ބޮޑު ކެމްޕޭނުގައި އެތައް ހާސް ބަޔަކު މަރުވި މައްސަލައިގެ ޝަރީއަތް ފެށެންދެނެވެ.

މަސްދަރު: އޭއެފްޕީ

ފިލިޕީންސްރައީސް ފާޑިނަންޑް މާކޯސްސާރާ ޑުޓާޓޭރޮޑްރިގޯ ޑުޓާޓޭމާކޯސް-ޑުޓާޓޭ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

23 ޖުލައި 2026

ފުރަތަމަ ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސްގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިއްޖެ

23 ޖުލައި 2026
ފުރަތަމަ ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސްގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިއްޖެ
14 ޖުލައި 2026

2027 ވަނަ އަހަރުގެ ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސްގެ އިންތިޒާމު ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިވެއްޖެ

14 ޖުލައި 2026
2027 ވަނަ އަހަރުގެ ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސްގެ އިންތިޒާމު ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިވެއްޖެ
11 ޖުލައި 2026

ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި

11 ޖުލައި 2026
 ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި
06 ޖުލައި 2026

ފިލިޕީންސްގެ ނައިބު ރައީސް ޑުޓާޓޭގެ އިތުބާރު ނެތްކަމުގެ ޝަރީއަތް - ލިޕީންސްގެ އެންމެ ނުފޫޒުގަދަ ދެ އާއިލާގެ މެދުގައި އުފެދިފައިވާ ސިޔާސީ ކޯޅުމުގެ ނަތީޖާއެއް!

06 ޖުލައި 2026
ފިލިޕީންސްގެ ނައިބު ރައީސް ޑުޓާޓޭގެ އިތުބާރު ނެތްކަމުގެ ޝަރީއަތް - ލިޕީންސްގެ އެންމެ ނުފޫޒުގަދަ ދެ އާއިލާގެ މެދުގައި އުފެދިފައިވާ ސިޔާސީ ކޯޅުމުގެ ނަތީޖާއެއް!
28 ޖޫން 2026

ފިލިޕީންސްގެ ސްކޫލެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އާ ގުޅިގެން "ގޯބޮކްސް" ގޭމް މަނާކޮށްފި

28 ޖޫން 2026
ފިލިޕީންސްގެ ސްކޫލެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އާ ގުޅިގެން "ގޯބޮކްސް" ގޭމް މަނާކޮށްފި
26 ޖޫން 2026

ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

26 ޖޫން 2026
ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
24 ޖޫން 2026

ނައިޖަރ އިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަކިވުމުގެ ރަސްމީ މަރުހަލާ ފަށައިފި

24 ޖޫން 2026
ނައިޖަރ އިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަކިވުމުގެ ރަސްމީ މަރުހަލާ ފަށައިފި
22 ޖޫން 2026

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026
މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ
08 ޖޫން 2026

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

08 ޖޫން 2026
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
08 ޖޫން 2026

ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި

08 ޖޫން 2026
ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް