Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޓީޑީސީ

އެމްޓީޑީސީގެ ހިއްސާއަކަށް ބައިރުފިޔާއެއް ބަހަން ފާސްކޮށްފި

1 ސެޕްޓެމްބަރު 2026 | އަންގާރަ 09:15

އެމްޓީޑީސީގެ އާމްދަނީއާއި ޖުމްލަ ފައިދާ ދަށްވެ، ކުންފުނީގެ ދަރަނި 41.45 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، މި ފައިދާ ބަހަން ނިންމާފައިވަނީ އޯގަސްޓް 11 ގެ ނިޔަލަށް ހިއްސާދާރުންގެ ރަޖިސްޓްރީގައި ތިބި ފަރާތްތަކަށް

ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2026 | އަންގާރަ 09:15
މުސްތަޤުބަލުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭގޮތުންނާއި، ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި، އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު އެމްޓީޑީސީ އިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

މުސްތަޤުބަލުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭގޮތުންނާއި، ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި، އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު އެމްޓީޑީސީ އިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން | އެމްޓީޑީސީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެމްޓީޑީސީ)ގެ 2025 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް ބައިރުފިޔާ އެއް ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ. 

އެމްޓީޑީސީން ހޮޓެލްސް ޖެންގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކުރިއިރު ހުސްވި އަހަރުގެ ހިއްސާ އަކަށް ބަހާފައިވަނީ މިވަރުކަން ފާހަގަ ކުރެވެ އެވެ. 

ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 1223 ފަރާތެއް ބައިވެރިވި މި ޖަލްސާގައި މި އަދަދު ފާސްވީ، 99 އިންސައްތަ މީހުންގެ ވޯޓުންނެވެ.

މި ފައިދާ ލިބޭނީ 11 އޯގަސްޓް 2026 ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ތިބި ހިއްސާދާރުންނަށް ކަމަށްވެސް ވަނީ ނިންމާފަ އެވެ. 

2024 ވަނަ އަހަރާ އަޅާބަލާއިރު، ކުންފުންޏަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ 1.86 އިންސައްތަ ދަށްވެފަ އެވެ.

2025 ވަނަ އަހަރުގެ ތެރޭގައި ކުންފުނީގެ އާމްދަނީ ދަށްވުމާއި، އުފެއްދުންތަކަށް ހިނގި ސީދާ ޚަރަދުތައް އިތުރުވުމާ ގުޅިގެން، ކުންފުނީގެ ޖުމްލަ ފައިދާ (ގްރޮސް ޕްރޮފިޓް) ވަނީ 5.55 އިންސައްތަ ދަށްވެފަ އެވެ. އެގޮތުން 2024 ވަނަ އަހަރު ލިބުނު 3.10 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާ ވަނީ 2.93 މިލިއަން އެމެރިކާ ޑޮލަރަށް މަދުވެފަ އެވެ.

ކުންފުނިން ކުރި ކެޕިޓަލް ޚަރަދުތަކާ ގުޅިގެން ވިޔަފާރީގެ މުއާމަލާތްތަކަށް ދައްކަންޖެހޭ ފައިސާ އިތުރުވުމުގެ ސަބަބުން، ކުންފުނީގެ ޖުމްލަ ދަރަނި (ލައިބިލިޓީސް) ވަނީ 37.33 މިލިއަން އެމެރިކާ ޑޮލަރުން 41.45 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފަ އެވެ.

އެމްޓީޑީސީ އިން ޖުމްލަ ދޫކޮށްފައިވަނީ 34,087,354 ހިއްސާ އެވެ.

ކުންފުނީގެ ހިއްސާގެ އޮނިގަނޑަށް ބަލާއިރު، ޖުމްލަ ހިއްސާގެ 53 އިންސައްތަ ނުވަތަ 18,428,278 ހިއްސާ ހިއްސާކުރަނީ އާންމު ރައްޔިތުންނެވެ. އަދި ބާކީ 47 އިންސައްތަ ހިއްސާ ނުވަތަ 15,659,076 ހިއްސާ ހިއްސާކުރަނީ ދިވެހި ސަރުކާރެވެ.

ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދި އެމްޓީޑީސީ އަށް 2025 ވަނަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ލިބިފަ އެވެ. 2024 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 1.9 މިލިޔަން އެމެރިކާ ޑޮލަރެވެ.

އެމްޓީޑީސީފަތުރުވެރިކަން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

31 އޯގަސްޓު 2026
ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
31 އޯގަސްޓު 2026

ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

26 އޯގަސްޓު 2026

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި

26 އޯގަސްޓު 2026
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި
23 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި
18 އޯގަސްޓު 2026

ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި

18 އޯގަސްޓު 2026
ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި
16 އޯގަސްޓު 2026

ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވަނީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ބޭކާރު ޚަރަދުތަކުގެ ސަބަބުން: މެންބަރު ޒިޔާދު

16 އޯގަސްޓު 2026
ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވަނީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ބޭކާރު ޚަރަދުތަކުގެ ސަބަބުން: މެންބަރު ޒިޔާދު
16 އޯގަސްޓު 2026

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރު ހުރީ "ގިއްގެޅިފައި": މެންބަރު އައްބާސް

16 އޯގަސްޓު 2026
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރު ހުރީ "ގިއްގެޅިފައި": މެންބަރު އައްބާސް
14 އޯގަސްޓު 2026

އީރާން ހަނގުރާމައާ ގުޅިގެން ޓްރަމްޕްގެ ކުންފުނިން ރާއްޖޭގައި ތަރައްގީކުރަން އުޅުނު ރިސޯޓް މަޝްރޫއު ފަސްކޮށްފި

14 އޯގަސްޓު 2026
އީރާން ހަނގުރާމައާ ގުޅިގެން ޓްރަމްޕްގެ ކުންފުނިން ރާއްޖޭގައި ތަރައްގީކުރަން އުޅުނު ރިސޯޓް މަޝްރޫއު ފަސްކޮށްފި
08 އޯގަސްޓު 2026

ރާއްޖޭގެ ފަޅެއްގައި އާދަޔާޚިލާފު ކޮންސެޕްޓަކަށް ތަރައްގީކުރާ ރިސޯޓެއް 450 މިލިއަން ޑޮލަރަށް ވިއްކަން ބޭރުގެ ފަރާތަކުން ހުޅުވާލައިފި

08 އޯގަސްޓު 2026
ރާއްޖޭގެ ފަޅެއްގައި އާދަޔާޚިލާފު ކޮންސެޕްޓަކަށް ތަރައްގީކުރާ ރިސޯޓެއް 450 މިލިއަން ޑޮލަރަށް ވިއްކަން ބޭރުގެ ފަރާތަކުން ހުޅުވާލައިފި
05 އޯގަސްޓު 2026

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

05 އޯގަސްޓު 2026
ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް