Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ

ރައީސް މުއިއްޒުގެ ނަންފުޅު އިވުމުން ސަޕޯޓަރުން އަތްޖަހަނީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާހެން: ފަލާހު

6 ސެޕްޓެމްބަރު 2026 | އާދީއްތަ 05:06

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވަނީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމަށް ފާޑުވިދާޅުވެ، ރައީސް މުއިއްޒު މެންބަރުންނަށް ނުފޫޒު ނުފޯރުއްވާ ކަމަށް ވިދާޅުވެފައި. ނަމަވެސް، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއެކު، ރައީސް މުއިއްޒު މެންބަރުން ކޮންޓްރޯލް ކުރައްވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ސެޕްޓެމްބަރު 2026 | އާދީއްތަ 05:06
ސަރުކާރު ހިންގާ ޕީއެންސީ އިން ބޭއްވި ޖަލްސާއެއް

ސަރުކާރު ހިންގާ ޕީއެންސީ އިން ބޭއްވި ޖަލްސާއެއް | ޕީއެންސީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ގެނެސްފި ނަމަ، އެމަނިކުފާނުގެ ސަޕޯޓަރުން އަތްޖަހަނީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާ ގޮތަށްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީގެ) ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ އިން ބޭއްވި ޖަލްސާއެއްގައި ފަލާހު ވިދާޅުވީ، ރައީސް މުއިއްޒުގެ ނަންފުޅު ގެނެސްފި ނަމަ، އެމަނިކުފާނުގެ ސަޕޯޓަރުން އަތްޖަހަނީ ވަރަށް ލޯބިން ކަމަށާއި އެއީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާ ގޮތް ކަމަށެވެ. އަދި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަޕޯޓަރުން އަތްޖަހާ ގޮތަކަށް ރައީސް މުއިއްޒުގެ ސަޕޯޓަރުން އަތް ނުޖަހާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނުގެ ވެރިކަން ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ، އެ ވެރިކަމުގައި މަޖިލިސް މެންބަރުން އުޅުނީ ޕެނަޑޯލް ބަންދުކުރުމާއި އީދު ބޮނޑިއާއި ހިކިމަސް ފަދަ ތަކެތި ބަންދު ކުރުމާއި ކުދިން ހިތާނުކުރުން ފަދަ ކަންކަމުގައި ކަމަށެވެ. ނަމަވެސް މިއަދު ރައީސް މުއިއްޒު މެންބަރުންނަށް ނުފޫޒު ފޯރުއްވަން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު އަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ބޮޑަށް އެ ވެރިކަން ދިފާއު ކުރެއްވި އެއް ބޭފުޅާ އެވެ. އޭރު މަޖިލިސް މެންބަރަކަށް ހުންނަވައި ރައީސް ޔާމީނު ޕްރޮމޯޓު ކުރެއްވުމުގައި ވެސް ފަލާހު އުޅުއްވި އެވެ. ނަމަވެސް މިއަދު ރައީސް މުއިއްޒު ޕްރޮމޯޓު ކުރެއްވުމަށް ފަލާހު ގެންދަވަނީ ރޭގަނޑާއި ދުވާލު މަސައްކަތް ކުރައްވަމުންނެވެ.

ރައީސް މުއިއްޒު މަޖިލިސް މެންބަރުން ކޮންޓްރޯލް ކުރައްވަނީ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހާއެކު ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ. މި އިސްލާހަކީ މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިގެން އަމަލު ކުރަމުން އަންނަ އިސްލާހެކެވެ.

ޑރ. މުހައްމަދު މުއިއްޒުޕީއެންސީއިބްރާހީމް ފަލާހް

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2026

މިއަހަރު ސިއްހީ ދާއިރާއަށް އިތުރު 2000 އެއްހާ މުވައްޒަފުން ނަގާނަން: ރައީސް މުއިއްޒު

05 ސެޕްޓެމްބަރު 2026
މިއަހަރު ސިއްހީ ދާއިރާއަށް އިތުރު 2000 އެއްހާ މުވައްޒަފުން ނަގާނަން: ރައީސް މުއިއްޒު
04 ސެޕްޓެމްބަރު 2026

ލިބޭ ކޮންމެ 100 ރުފިޔާއަކަށް މުއިއްޒު ގެންދަވަނީ 104 ރުފިޔާ ޚަރަދު ކުރައްވަމުން

04 ސެޕްޓެމްބަރު 2026
ލިބޭ ކޮންމެ 100 ރުފިޔާއަކަށް މުއިއްޒު ގެންދަވަނީ 104 ރުފިޔާ ޚަރަދު ކުރައްވަމުން
04 ސެޕްޓެމްބަރު 2026

މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟

04 ސެޕްޓެމްބަރު 2026
މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟
04 ސެޕްޓެމްބަރު 2026

ނޭޕާލަށް 65 ހާސް ޑޮލަރު ހަދިޔާކުރުމަށް މުއިއްޒު ނިންމެވި އިރު، ލަންކާ އިން 1 މިލިއަން ޑޮލަރު ހަދިޔާކުރި

04 ސެޕްޓެމްބަރު 2026
ނޭޕާލަށް 65 ހާސް ޑޮލަރު ހަދިޔާކުރުމަށް މުއިއްޒު ނިންމެވި އިރު، ލަންކާ އިން 1 މިލިއަން ޑޮލަރު ހަދިޔާކުރި
03 ސެޕްޓެމްބަރު 2026

ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!

03 ސެޕްޓެމްބަރު 2026
ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!
02 ސެޕްޓެމްބަރު 2026

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

02 ސެޕްޓެމްބަރު 2026
"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި
02 ސެޕްޓެމްބަރު 2026

ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!

02 ސެޕްޓެމްބަރު 2026
ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!
02 ސެޕްޓެމްބަރު 2026

ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް

02 ސެޕްޓެމްބަރު 2026
ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް
02 ސެޕްޓެމްބަރު 2026

ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަންޖެހޭ: އާސިފް

02 ސެޕްޓެމްބަރު 2026
ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަންޖެހޭ: އާސިފް
02 ސެޕްޓެމްބަރު 2026

ކައުންސިލުތަކުގެ ބިންތަކުގެ ބާރުތައް ހޯދުމަށްފަހު ކައުންސިލުތަކުގެ ވަޒީފާތަކުގެ ކޮންޓްރޯލު މުއިއްޒު އަތުލައިފި

02 ސެޕްޓެމްބަރު 2026
ކައުންސިލުތަކުގެ ބިންތަކުގެ ބާރުތައް ހޯދުމަށްފަހު ކައުންސިލުތަކުގެ ވަޒީފާތަކުގެ ކޮންޓްރޯލު މުއިއްޒު އަތުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް