Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ޕްރައިމަރީ

ރިޔާސީ ޕްރައިމަރީގައި ޝާހިދުގެ ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ"، ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގެ ބިތް މާލެއަށް ވާ ބަރޯސާއިން ނިމުމަކަށް ގެންނަވާނެ ކަމަށް!

5 ސެޕްޓެމްބަރު 2026 | ހޮނިހިރު 17:26

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޝާހިދު "ފުދުންތެރި ދިވެހިރާއްޖެ" ޝިއާރުގެ ދަށުން ކެމްޕެއިން ފައްޓަވައި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފި. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ އިގުތިސާދީ ގޮތުން މާލެއަށް ބަރޯސާވުން ކުޑަކޮށް، ބަންކަރިންގެ ހިދުމަތާއި ސިއްހީ ނިޒާމު ހަރުދަނާކޮށް، އަސާސީ ބޭނުންތަކަށް ސަލާންޖަހަން ނުޖެހޭ ފުދުންތެރި ގައުމަކަށް ރާއްޖެ ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 5 ސެޕްޓެމްބަރު 2026 | ހޮނިހިރު 17:26
ހޮނިހިރު ދުވަހުގެރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ޝާހިދު 2028" ޖަލްސާގައި، އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

ހޮނިހިރު ދުވަހުގެރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ޝާހިދު 2028" ޖަލްސާގައި، އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު | ރާއްޖެއެމްވީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދުގެ ކެމްޕެއިން ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ" ކަމަށް އެމަނިކުފާނު ހާމަކުރައްވައިފި އެވެ. 

ހޮނިހިރު ދުވަހުގެރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ޝާހިދު 2028" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މި ކެމްޕެއިންގައި ބޭނުންކުރައްވާ  ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ" ކަން ހާމަކުރައްވާ ޝާހިދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ ހުރިހާ ގޮތަކުން ވެސް ފުދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ބޯ ހާސްކަމާއި ދަރަންޏާއި ހުއްޓި ހުންނަން ޖެހުމާއި ވާނުވާގައި ގަނަތެޅުމާއި ޖީބު ފޫގޮސް، ނާއުއްމީދުގައި ބޮލުގެ އެންމެ ފަހު އިސްތައްޓާ ހަމައަށް ދަރަނިވެފައިވާ ދަންތުރައިން  ރާއްޖޭގެ މިއަދުގެ ހާލަތު ބަދަލުކުރައްވާ، އަދުގެ ހާލަތުން ރައްޔިތުމީހާ އަމިއްލަ ފައިމައްޗަށް ތެދުވާ ފުދުންތެރި ރާއްޖެއެއް އެމަނިކުފާނު ގާއިމުކޮށްދެއްވާނެ ކަމަށެވެ. 

ދިވެހިރާއްޖޭގެ އުތުރު ބިތާއި ދެކުނު ބިތް، ޒަމާންތަކަކަށް ފަހު  ވެރިކަން ކުރާ މާލެ ސިޓީ އަށް ހުރިހާ ކަމަކަށް ބަރޯސާނުވެ ތަރައްގީ ވެވޭނެ ގައުމެއް ރާއްޖެއިން އަޅުގަނޑު ގާއިމުކޮށްދޭނަން. ބިލިއަނުން ގާއިމުކޮށްދޭނަން. އެގޮތުން ކުޅުދުއްފުށި ބަނދަރު ދެ ކަޅު ހަމަށް ފެން ބަރުކޮށްގެން ގައްލަންދޫ ކަނޑުން އިހަވަންދިއްޕޮޅަށް މި ސަރުކާރުން ފެށި ބަންކަރިންގެ ޚިދުމަތް، އޭގެ އަސްލު މާނައިގައި، އެކަން ކުރަންވީ ގޮތަށް އަޅުގަނޑުގެ ސަރުކާރެއްގައި ތަރައްގީ ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން. މި ސަރުކާރުން އެ ކުރަނީ ބަންކަރިންއެއް ނޫން. މި ސަރުކާރުން އެ ކުރަނީ ބޮކަރިންގ. މި ސަރުކާރުން އެ ކުރަނީ މަލާމާތް 
އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ ބަންކަރިންއަކީ ދެ ކަޅުހަން ހިފައިގެން 'ރަމަން ރަމަން ފޯލިކުޅުން' ނޫންކަން އެމަނިކުފާނުގެ ވެރިކަމެއްގައި ސާބިތުކޮށްދެއްވާނެ ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ ދުނިޔެ އާއި ގުޅިލާމެހިފައިވާ ސިނާއަތެއް ކަމަށާއި އެކަން ކުރެވޭނީ އެކަން ކުރަން ދަންނަ ބަޔަކަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ސިޓީގެ ޕޯޓަކީ ވެސް އަސްލު މާނައިގައި ނަފާވާ، އެ ސިޓީގެ ރައްޔިތުންގެ ޕޯޓެއްގެ ގޮތުގައި، އާރުލައި ޕޯޓަކަށް ހަދައިދެއްވާނެ ކަމުގެ ޔަގީންކަން ޝާހިދު ވަނީ ދެއްވާފަ އެވެ. އަދި އެ ޕޯޓަކީ ރައްޔިތު މީހާގެ ޖީބަށް ފައިސާ ވަންނާނެ އިގުތިސާދީ ދޮރާއްޓަކަށް ހަދައިދެއްވާނެ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. 

ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި، ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގައި ރައްޔިތުން ގަނަތެޅެން ނުޖެހޭވަރުގެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން ޓަރޝިއަރީ ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތައް އަދި ހެލްތު ސެންޓަރުތައް މިނިމަމް ސްޓޭންޑަޑަށް ފެތޭކަން ކަށަވަރުވާ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޝާހިދު ދެއްވި އެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއި ޚާރިޖީގޮތުން ގާއިމުކުރައްވާފައިވާ ގުޅުންތަކުގެ ބޭނުން ފުރިހަމައަށް ހިފައި، މި ގައުމަކީ ބޭހަށް ނުޖެހި، އަސާސީ ކާޑަށް އަދި ތެލަށް ވެސް ނުޖެހި އުޅެވޭ ގައުމެއްގެ ގޮތުގައި މި ގައުމު ކުރިއަރުއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

އެމްޑީޕީއަބްދުﷲ ޝާހިދުހއ. ކުޅުދުއްފުށި

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދު އާއި ކެމްޕެއިން ޓީމަށް ކުޅުދުއްފުށި ސިޓީ އިން ހޫނު މަރުހަބާ އެއް!

04 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދު އާއި ކެމްޕެއިން ޓީމަށް ކުޅުދުއްފުށި ސިޓީ އިން ހޫނު މަރުހަބާ އެއް!
04 ސެޕްޓެމްބަރު 2026

ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!

04 ސެޕްޓެމްބަރު 2026
ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!
03 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫޢުގެ ޚަރަދުތައް ހާމަކުރުމަށާއި، އިޤްތިޞާދީ މައްސަލަތަކަށް ޙައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫޢުގެ ޚަރަދުތައް ހާމަކުރުމަށާއި، އިޤްތިޞާދީ މައްސަލަތަކަށް ޙައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ގޮވާލައްވައިފި
31 އޯގަސްޓު 2026

އިޤްތިސާދީ ސިޔާސަތުތައް އިސްލާހު ނުކުރާނަމަ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ޙަރަކާތަށް ނުކުތުމަށް އެމްޑީޕީން ފާސްކޮށްފި

31 އޯގަސްޓު 2026
އިޤްތިސާދީ ސިޔާސަތުތައް އިސްލާހު ނުކުރާނަމަ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ޙަރަކާތަށް ނުކުތުމަށް އެމްޑީޕީން ފާސްކޮށްފި
29 އޯގަސްޓު 2026

މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ނަޝީދު

29 އޯގަސްޓު 2026
މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ނަޝީދު
29 އޯގަސްޓު 2026

ޚަރަދު ކުޑަކުރަން ބޭނުންނަމަ، ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ސަތޭކައިން، ހާހުން ތިބި މީހުން މަދުކުރޭ: ޝާހިދު

29 އޯގަސްޓު 2026
ޚަރަދު ކުޑަކުރަން ބޭނުންނަމަ، ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ސަތޭކައިން، ހާހުން ތިބި މީހުން މަދުކުރޭ: ޝާހިދު
29 އޯގަސްޓު 2026

އެމްޑީޕީގެ ކުއްލި ހަރަކާތެއް، ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި!

29 އޯގަސްޓު 2026
އެމްޑީޕީގެ ކުއްލި ހަރަކާތެއް، ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި!
28 އޯގަސްޓު 2026

މި ވެރިކަމުގައި ފެނުނީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހާފައި ތަޅުލި މަންޒަރު: ސަމީރު

28 އޯގަސްޓު 2026
މި ވެރިކަމުގައި ފެނުނީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހާފައި ތަޅުލި މަންޒަރު: ސަމީރު
27 އޯގަސްޓު 2026

މި ސަރުކާރަށް ތިން އަހަރުވާއިރު، ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ދީފި، މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއް: މެންބަރު ޣަފޫރު

27 އޯގަސްޓު 2026
މި ސަރުކާރަށް ތިން އަހަރުވާއިރު، ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ދީފި، މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއް: މެންބަރު ޣަފޫރު
25 އޯގަސްޓު 2026

އަޅުގަނޑުގެ އިދިކޮޅު ފަރާތްތަކަކީ މިހާރު މި އޮތް ސަރުކާރު: ޝާހިދު

25 އޯގަސްޓު 2026
އަޅުގަނޑުގެ އިދިކޮޅު ފަރާތްތަކަކީ މިހާރު މި އޮތް ސަރުކާރު: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް