Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އަނެއްކާވެސް 645 މިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

5 ސެޕްޓެމްބަރު 2026 | ހޮނިހިރު 12:17

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 645 މިލިއަން ރުފިޔާ ހޯދުމަށް ހަތަރު މުއްދަތަކަށް ބަހާލައިގެން ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލާފަ. މި ބިލްތަކުގެ އިންޓްރެސްޓް ރޭޓް 3.5 އިންސައްތައާއި 4.6 އިންސައްތައާ ދެމެދުގައި ހުރިއިރު، މިއީ ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ހުޅުވާލި ފުރުސަތެއް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 5 ސެޕްޓެމްބަރު 2026 | ހޮނިހިރު 12:17
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު | ފިނޭންސް މިނިސްޓްރީ

ސަރުކާރުގެ ހަރަދުތައް ބޮޑުވެ، އެ ހަރަދުތައް ހަމަޖައްސަން ތަފާތު ހަތަރު މުއްދަތަކަށް ބަހާލައިގެން ވިއްކާ ޓްރެޜަރީ ބިލް (ޓީ-ބިލް) މެދުވެރިކޮށް 645 މިލިއަން ރުފިޔާ ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ހަތަރު ޓީބިލެއް ވިއްކަން ހުޅުވާލާފައިވާ ކަމަށާއި، ހުރިހާ ޓީބިލަކަށް ވެސް އަންނަ ސެޕްޓެމްބަރު 7 ގެ ކުރިން ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ޓީބިލްތައް ވިއްކުމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ފިނޭންސް މިނިސްޓްރީއަށް ގުޅުމުން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. 

Advertisement - newsAdvertisement

އެގޮތުން، ފިނޭންސް މިނިސްޓްރީން ވަނީ 28 ދުވަސް، 98 ދުވަސް، 182 ދުވަސް އަދި 364 ދުވަހުގެ މުއްދަތަށް ފައިސާ އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ފަހަރު ވިއްކާ ބިލްތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ 3.5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި ވިއްކާ 28 ދުވަހުގެ ބިލެވެ. މި މުއްދަތަށް 265 މިލިއަން ރުފިޔާ ހޯދުމަށް ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން، 4.23 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި 182 ދުވަހުގެ މުއްދަތަށް 247 މިލިއަން ރުފިޔާ، 4.6 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި 364 ދުވަހުގެ މުއްދަތަށް 83.4 މިލިއަން ރުފިޔާ އަދި 3.87 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި 98 ދުވަހުގެ މުއްދަތަށް 50 މިލިއަން ރުފިޔާ ހޯދުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އާމްދަނީ އަށް ވުރެ ޚަރަދު ބޮޑުވެ، ހަރަދުތައް ހަމަޖެއްސުމަށްޓަކައި، މީގެ ކުރިން ވެސް ޓީ-ބިލް ވިއްކާފައިވެ އެެވެ. އަދި މި ބިލްތައް އާންމު ގޮތެއްގައި ގަންނަނީ ޕެންޝަން ފަންޑާއި ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އެގޮތުން، މިއަހަރު ޖޫން މަހު 1.26 ބިލިއަން، މާރޗް މަހު 1.1 ބިލިއަން އަދި ފެބްރުއަރީ މަހު 1.16 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލާފައިވެ އެވެ.

ޓްރެޜަރީ ބިލަކީ ސަރުކާރުގެ ކުރު މުއްދަތުގެ މާލީ ބޭނުންތައް ފުއްދުމަށާއި ކޭޝްފްލޯ މެނޭޖްކުރުމަށް ބޭނުންކުރާ މާލީ ވަސީލަތެކެވެ. 

ފިނޭންސް މިނިސްޓްރީޓްރެޜަރީ ބިލް

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ޕީއެންސީއަށް ނިސްބަތްވުމަކީ ވަޒީފާ ހިމާޔަތް ކުރުމަށް ލިބޭ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރަނީ!

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

ކުރިން ބުނިއެތި ކެންސަލް - ވޯޓުލުމަށް ދަތުރުކުރާ މެމްބަރުންގެ ޚަރަދުތައް ކައުންސިލު ބަޖެޓުން ހަމަޖެއްސުމަށް އެންގުމަށްފަހު އެކަން ނުކުރުމަށް ވެސް އަންގައިފި

04 އޯގަސްޓު 2026
ކުރިން ބުނިއެތި ކެންސަލް - ވޯޓުލުމަށް ދަތުރުކުރާ މެމްބަރުންގެ ޚަރަދުތައް ކައުންސިލު ބަޖެޓުން ހަމަޖެއްސުމަށް އެންގުމަށްފަހު އެކަން ނުކުރުމަށް ވެސް އަންގައިފި
12 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް

12 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް
23 ޖޫން 2026

ދިވެހި ވިޔަފާރިވެރިންނަށް ފައިސާ ދެއްކުން ލަސްވެގެންދާއިރު، މިނިސްޓްރީން ދެއްކި ބަހަނާއަކީ އިދާރީ މައްސަލަ ހުރިކަމަށް ބުނުން!

23 ޖޫން 2026
ދިވެހި ވިޔަފާރިވެރިންނަށް ފައިސާ ދެއްކުން ލަސްވެގެންދާއިރު، މިނިސްޓްރީން ދެއްކި ބަހަނާއަކީ އިދާރީ މައްސަލަ ހުރިކަމަށް ބުނުން!
14 ޖޫން 2026

އަހަރުގެ މިހާތަނަށް 8.5 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 49 އިންސައްތައިގެ އިތުރުވުމެއް!

14 ޖޫން 2026
އަހަރުގެ މިހާތަނަށް 8.5 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 49 އިންސައްތައިގެ އިތުރުވުމެއް!
13 ޖޫން 2026

ސަރުކާރުން ޚަރަދުތައް ހަމަޖައްސަން ޓީ-ބިލް ވިއްކައިގެން 1.26 ބިލިއަން ރުފިޔާ ހޯދަނީ

13 ޖޫން 2026
ސަރުކާރުން ޚަރަދުތައް ހަމަޖައްސަން ޓީ-ބިލް ވިއްކައިގެން 1.26 ބިލިއަން ރުފިޔާ ހޯދަނީ
08 ޖޫން 2026

ފުލުފުލުގެ ނާކާމިޔާބީތަކާއި، ކުއްލި އިސްތިއުފާތައް: މުއިއްޒުގެ ސަރުކާރަށް ލޮޅުމަކަށް ފަހު ލޮޅުމެއް؟

08 ޖޫން 2026
ފުލުފުލުގެ ނާކާމިޔާބީތަކާއި، ކުއްލި އިސްތިއުފާތައް: މުއިއްޒުގެ ސަރުކާރަށް ލޮޅުމަކަށް ފަހު ލޮޅުމެއް؟
08 ޖޫން 2026

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި

08 ޖޫން 2026
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި
05 ޖޫން 2026

މިދިޔަ މަހުގެ 31 ގައި ދޭން ބުނި މުސާރަ އަދިވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް ނުދޭ!

05 ޖޫން 2026
މިދިޔަ މަހުގެ 31 ގައި ދޭން ބުނި މުސާރަ އަދިވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް ނުދޭ!
26 މެއި 2026

ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ

26 މެއި 2026
 ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ
22 މެއި 2026

އަންހެނުންގެ ކޮމިޓީ މުސާރަ 48 ގަޑިއިރު ތެރޭ ތިން ފަހަރު ބަދަލުކޮށްފި: މިނިސްޓްރީ އިން ބުނީ މިއީ "ފައިނަލް" ކަމަށް

22 މެއި 2026
އަންހެނުންގެ ކޮމިޓީ މުސާރަ 48 ގަޑިއިރު ތެރޭ ތިން ފަހަރު ބަދަލުކޮށްފި: މިނިސްޓްރީ އިން ބުނީ މިއީ "ފައިނަލް" ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް