Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ގަވަރންމަންޓް އޮތޯރިޓީ

ކުރިން ބުނިއެތި ކެންސަލް - ވޯޓުލުމަށް ދަތުރުކުރާ މެމްބަރުންގެ ޚަރަދުތައް ކައުންސިލު ބަޖެޓުން ހަމަޖެއްސުމަށް އެންގުމަށްފަހު އެކަން ނުކުރުމަށް ވެސް އަންގައިފި

4 އޯގަސްޓު 2026 | އަންގާރަ 10:38

އެލްޖީއޭގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުމަށް ދަތުރުކުރާ ކައުންސިލަރުންގެ ޚަރަދުތައް ކައުންސިލް ބަޖެޓުން ހަމަޖެއްސުމަށް ކުރިން އެންގި އެންގުން އެ އޮތޯރިޓީން ބާތިލުކޮށްފި. ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން އެލްޖީއޭއިން މިހާރު އަންގާފައިވަނީ، މި އިންތިޚާބާ ގުޅޭ އެއްވެސް ދަތުރު ޚަރަދެއް ކައުންސިލްތަކުގެ ބަޖެޓުން ނުކުރުމަށް

ރާއްޖެ އެމްވީ | 4 އޯގަސްޓު 2026 | އަންގާރަ 10:38
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިސްވެރިން - ޚަރަދުގެ ކަންތަކުގައި ދެފަހަރު ދެގޮތައް ކައުންސިލުތަކަށް އެންގުންތައް ވަނީ ފޮނުވާފައި

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިސްވެރިން - ޚަރަދުގެ ކަންތަކުގައި ދެފަހަރު ދެގޮތައް ކައުންސިލުތަކަށް އެންގުންތައް ވަނީ ފޮނުވާފައި | އެލްޖީއޭ

ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ކައުންސިލުތަކުން ދަތުރުކުރާ ފަރާތްތަކުގެ ޚަރަދުތައް ކައުންސިލުގެ ބަޖެޓުން ހަމަޖެއްސުމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގުމަށްފަހު އެ ޚަރަދު ނުކުރުމަށް އަންގައިފި އެވެ.

ވޯޓުލުމަށް ކުރާ ދަތުރުގެ ހުރިހާ ޚަރަދެއް ކައުންސިލު ބަޖެޓުން ކުރުމަށް ހުރިހާ ކައުންސިލުތަކަށް ޖުލައިމަހުގެ 13 ގެ ތާރީޚުގައި ފޮނުވި ސިޓީ އަކުން ކުރިން އޮތީ އަންގާފަ އެވެ.

Advertisement - newsAdvertisement

އެ ޚަރަދުކުރަން ކައުންސިލުތަކަށް އެންގުމަށްފަހު އޯގަސްޓު 4 ވަނަ ދުވަހުގެ ތާރީޚުގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ވޯޓުލުމަށް ދަތުރުކުރާ މެމްބަރުންގެ ޚަރަދުތައް ކައުންސިލުގެ ބަޖެޓުން ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ. އެގޮތުން އެ ޚަރަދު ނުކުރުމަށް ފިނޭންސް މިނިސްޓްރީން އެލްޖީއޭ އަށް އަންގާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ވީމާ މާލީ ވުޒާރާއިން އަންގާފައިވާ ގޮތުގެ މަތިން މި އިންތިޚާބާ ގުޅިގެން ވޯޓުލުމަށް ވަޑައިގަންނަވާ މެމްބަރުންގެ ދަތުރުފަތުރާއި އެހެނިހެން އިންތިޒާމުތައް ހަމަ ޖެއްސުމަށް ކައުންސިލުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރުމަށް ދަންނަވަމެވެ." އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވާ ކައުންސިލުތަކަށް ފޮނުވާފައިވާ ސިޓީގައިވެ އެވެ.

މިކަން މިހެން ހިނގާފައިވާއިރު، ކުރިން ނިންމި ނިންމުން މުޅިން ބަދަލުކޮށް އެއާ ތަފާތުކޮށް އަމަލު ކުރަން ފަހުން ބުނުމަކީ މި ސަރުކާރުގައި އާއްމުކޮށް ހިނގާ ކަމެއްކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީމުހައްމަދު ނިމާލުފިނޭންސް މިނިސްޓްރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 ޖުލައި 2026

އެލްޖީއޭއިން ނިންމާ ބޮޑެތި ނިންމުންތަކަކީ ހާމަކަން ބޮޑު ގޮތެއްގައި ފެންނަންޖެހޭ ކަންކަން ކަމަށްވާތީ، ބައްދަލުވުންތައް ލައިވް ކުރުމަށް އެދިއްޖެ

23 ޖުލައި 2026
އެލްޖީއޭއިން ނިންމާ ބޮޑެތި ނިންމުންތަކަކީ ހާމަކަން ބޮޑު ގޮތެއްގައި ފެންނަންޖެހޭ ކަންކަން ކަމަށްވާތީ، ބައްދަލުވުންތައް ލައިވް ކުރުމަށް އެދިއްޖެ
22 ޖުލައި 2026

ފ. އަތޮޅު ގޯތި ނިލަންދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމާ ގުޅިގެން އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ

22 ޖުލައި 2026
ފ. އަތޮޅު ގޯތި ނިލަންދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމާ ގުޅިގެން އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ
22 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް

22 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް
20 ޖުލައި 2026

ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް

20 ޖުލައި 2026
ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް
14 ޖުލައި 2026

ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

14 ޖުލައި 2026
ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި
14 ޖުލައި 2026

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

14 ޖުލައި 2026
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް

12 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް
12 ޖުލައި 2026

އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު

12 ޖުލައި 2026
އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު
12 ޖުލައި 2026

ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު

12 ޖުލައި 2026
ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު
07 ޖުލައި 2026

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!

07 ޖުލައި 2026
ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް