Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒަމީރު އިސްތިއުފާ ދެއްވުން

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމުން ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެކަމުގެ ސަބަބެއް އަދި ހާމައެއް ނުކުރޭ. މި ބަދަލު އައިސްފައިވަނީ ދައުލަތުގެ މާލީ ސިޔާސަތުތަކާއި ހަރަދުތައް ބެލެހެއްޓުމުގައި ސަރުކާރުން ގެންގުޅޭ އުސޫލުތަކަށް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޖޫން 2026 | ހޯމަ 06:37
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު. | ރައީސް އޮފީސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޒަމީރު މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

Advertisement - newsAdvertisement

ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

މި އިސްތިއުފާގެ ސަބަބުތައް ސަރުކާރުން އަދި ހާމައެއް ނުކުރައްވައެވެ.

ފިނޭންސް މިނިސްޓްރީ އަކީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ މުހިންމު މިނިސްޓްރީއެއްކަމަށްވާތީ، ފިނޭންސް މިނިސްޓަރުގެ މަޤާމަކީ ސަރުކާރުގެ ވަރަށް މުހިންމު މަޤާމެކެވެ. މި ދަނޑިވަޅަކީ ސަރުކާރުގެ މާލީ ނިންމުންތަކާއި ސިޔާސަތުތަކަށް އާންމު ރައްޔިތުން ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްކަންވެސް ފާހަގަ ކުރެވެއެވެ.

 ރާއްޖޭގެ ބަޖެޓު ތައްޔާރުކުރުމާއި ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމާއި ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ސަރުކާރުން އެކަށީގެންވާ ހަރުދަނާ މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.

 ދާދި ފަހުންވެސް މި ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. 

މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޒަމީރު ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ. އެހެންކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި ވަޒީރުން ގޮތަށް ޒަމީރުވެސް ބޮޑު މަޤާމަކަށް ވަޑައިގެންނެވުމަކީ އެކަށީގެންވާ ކަމެއްކަމަށް ބެލެވެއެވެ.

މޫސާ ޒަމީރުފިނޭންސް މިނިސްޓްރީމުޙައްމަދު ޙުސެއިން (ވަލޭ)ރާއްޖެ އެމްވީ

އިތުރަށް ކިޔާލަން

06 ޖޫން 2026

ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!

06 ޖޫން 2026
ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!
05 ޖޫން 2026

މިދިޔަ މަހުގެ 31 ގައި ދޭން ބުނި މުސާރަ އަދިވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް ނުދޭ!

05 ޖޫން 2026
މިދިޔަ މަހުގެ 31 ގައި ދޭން ބުނި މުސާރަ އަދިވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް ނުދޭ!
26 މެއި 2026

ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ

26 މެއި 2026
 ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ
25 މެއި 2026

އެމްޑީޕީގެ ޒުވާނުން ބޭނުން ވަނީ އާ ލީޑަރޝިޕެއް: ދީދީ

25 މެއި 2026
އެމްޑީޕީގެ ޒުވާނުން ބޭނުން ވަނީ އާ ލީޑަރޝިޕެއް: ދީދީ
23 މެއި 2026

މަހުދީ ބަޑީ ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އެރި ފަހުންކަމަށް ތަރުޖަމާނު ކުރިން ވިދާޅުވި، ނަމަވެސް މިހާރު އެކަން ސާފެއް ނޫން!

23 މެއި 2026
މަހުދީ ބަޑީ ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އެރި ފަހުންކަމަށް ތަރުޖަމާނު ކުރިން ވިދާޅުވި، ނަމަވެސް މިހާރު އެކަން ސާފެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު