Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން

މިދިޔަ މަހުގެ 31 ގައި ދޭން ބުނި މުސާރަ އަދިވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް ނުދޭ!

ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި މައްސަލަތަކެއް ކުރިމަތިވެ، ބައެއް މުވައްޒަފުންނަށް މެއި މަހުގެ މުސާރަ އަދިވެސް ނުލިބޭކަން ވަނީ ހާމަވެފަ. މިދިޔަ ހަ މަސްދުވަހު ވެސް މުސާރަ ލަސްވުމުގެ ޝަކުވާތައް ބޮޑުވެފައިވާއިރު، ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް ގަވާއިދުން މުސާރަ ލިބޭތީ އާންމު މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މީގެ އިތުރުން މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ ޖަމާނުކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާކަން ވެސް ވަނީ ފާހަގަކުރެވިފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 5 ޖޫން 2026 | ހުކުރު 13:09
ރައީސް މުއިއްޒު އާއި ވެމްކޯ ގެ އެމްޑީ މުޖްތަބާ: މިދިޔަ 5 މަސް ދުވަހު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ދިމާވިކަމަށް ރިޕޯޓް ކޮށްފައިވޭ

ރައީސް މުއިއްޒު އާއި ވެމްކޯ ގެ އެމްޑީ މުޖްތަބާ: މިދިޔަ 5 މަސް ދުވަހު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ދިމާވިކަމަށް ރިޕޯޓް ކޮށްފައިވޭ | ވެމްކޯ

ނިމުނު މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ފަށާނީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނި ނަމަވެސް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ބައެއް މުވައްޒަފުންނަށް މެއި މަހުގެ މުސާރަ އަދިވެސް ނުދޭކަން ހާމަ ވެއްޖެ އެވެ.

އީދު ބަންދުގެ ކުރިން ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ޖަމާކޮށްދީފައި ނުވާތީ ގިނަ ބައެއްގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، އެ މަހުގެ މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ފަށާނީ މެއި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އެ މިނިސްޓްރީ އިން ހާމަކުރި ގޮތުގައި ދައުލަތުގެ މުވައްޒަފުންނަށް މެއި މަހުގެ މުސާރަ ލިބޭނީ މެއި މަހުގެ 28 އަދި 31 ވަނަ ދުވަހުގަ އެވެ. 

Advertisement - newsAdvertisement

ނަމަވެސް މިހާތަނަށް ވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް އެ ކުންފުނީގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

މިދިޔަ 5 މަސް ދުވަހު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ދިމާވިކަމަށް ރިޕޯޓް ކުރެވުނު އިރު، ޕެންޝަން ފަންޑަށް ފައިސާ ވެސް ޖަމާނުކުރާތާ އެތައް މަހެއް ވަނީ ވެފަ އެވެ.  ރާއްޖެޓީވީ އާ ވާހަކަދެއްކި ބައެއް މުވައްޒަފުން ބުނީ މިދިޔަ މެއި މަހުގެ މުސާރަ އަދިވެސް ނުދޭ ކަމަށާ ދޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ. މިއީ އެ ކުންފުނީގެ މުވައްޒަފުންނަށް މި މައްސަލަ ދިމާވާތާ 6 ވަނަ މަހެވެ. 

މިކަމާއި ގުޅޭ ގޮތުން ވެމްކޯގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވެސް މިކަމުގެ ތަފްސީލު ހޯދުމަށް އެ ކުންފުންޏަށް ވަނީ ގުޅާފަ އެވެ. އެ ކުންފުނީގެ ފަރާތުން ވާހަކަދެއްކި މުވައްޒަފު ބުނީ އެޑްމިން މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމަށެވެ. ނަމަވެސް ހުރިހާ މުވައްޒަފުންނަށް މުސާރަ ދިން ކަން ކަށަަވަރު ކުރެވޭނީ އެޗްއާރް އަށް ކަމަށެވެ. ނަމަވެސް އެ ޑިޕާޓްމަންޓުން ފޯނު ނަގާފައި ނުވާތީ އެކަމުގެ ތަފްސީލް ލިބިފައެއް ނުވެ އެވެ. 

އެކި ފަހަރު މަތިން މަސައްކަތް ކޮށްގެން ވެސް މިކަމާއި ގުޅިގެން ވެމްކޯ ގެ ކަމާއި ގުޅުން ހުރި ފަރާތަކުން ކޮމެންޓް ކޮށްފައި ނުވާތީ މުސާރަ ލަސްވާ ސަބަބާއި، މުސާރަ ނުލިބެނީ ކިހާ އަދަދެއްގެ ބަޔަކަށް ކަން ސާފެއް ނުވެ އެވެ. މީގެ ކުރިން ވެސް ދިމާވި މުސާރައިގެ މައްސަލައިގައި ވެމްކޯއިން ޖަވާބެއް ނުދެ އެވެ.

ޑިސެމްބަރު މަހުގެ މުސާރަ ދީފައިވަނީ ޖެނުއަރީ މަސް ފެށުނު ފަހުންނެވެ. ޖެނުއަރީ މަހުގެ މުސާރަ ދީފައިވަނީ ފެބްރުއަރީ މަސް ފެށުނު ފަހުންނެވެ. ފެބްރުއަރީ މަހުގެ މުސާރަ ވެސް މުވައްޒަފުންނަށް ޖަމާނުކޮށް ހުއްޓާ ހަބަރުތަކުގައި އެވާހަކަ ޖެހުމުން މުސާރަ ދީފައިވަނީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު ހިސާބު އެވެ. މާޗު މަހުގެ މުސާރަ ވެސް ދިނީ މުވައްޒަފުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ޚަބަރުތަކުގައި ވެސް އެ ވާހަކަ ޖެހި ފަހުންނެވެ. އޭޕްރީލް މަހު ވެސް މުސާރަ ދިނީ އެ މެއި މަސް ފެށުނު ފަހުންނެވެ. 

މުސާރައިގެ އިތުރުން ރަމަޟާން މަހުގެ އިނާޔަތް ވެސް ވެމްކޯ މުވައްޒަފުންނަށް ދީފައިވަނީ ވެސް ޚަބަރުތަކުގައި ޖަހައި، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ. 

އެގޮތުން ރޯދަ މަސް ފެށުނުއިރު ވެސް އިނާޔަތް ލިބޭނެ ސީދާ ތާރީޚެއް އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އަންގާފައި ނުވާތީ، މުވައްޒަފުން ދިޔައީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. މި މައްސަލަ ޚަބަރުތަކަށް އަރައި، ސޯޝަލް މީޑިއާ ގައި އާންމުންގެ ފާޑުކިޔުންތައް ކުންފުންޏަށް އަމާޒުވާން ފެށުމާއެކު، އެ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ޖަމާކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގަ އެވެ. 

ވެމްކޯގެ އިދާރީ ހިންގުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާއިރު، ނަން ނުޖެހުމަށް ޝަރުތުކޮށް ވެމްކޯގައި މަސައްކަތް ކުރާ ސީނިއަރ ބޭފުޅަކު ވިދާޅުވީ، ބިދޭސީ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ ކަމަށާއި، މިދިޔަ މަހު ވެސް އެމުވައްޒަފުންނަށް މުސާރަ ދީފައިވަނީ 20 ގެ ފަހުން ކަމަށެވެ. އަދި އެވާހަކަ ނުދެއްކުމަށް އަންގައި ބައެއް ބިދޭސީ މުވައްޒަފުންނަށް ބިރު ދައްކާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ކުންފުނިތަކުން ވެމްކޯއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމަށް މެނޭޖްމަންޓުން ކުރާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ނަގުދު ފައިސާ ވަރަށް ގިނައިން ވަންނަ ކަމަށާއި، ކުންފުނިތަކުން ވެސް ބިލްތަކަށް ފައިސާ ދައްކާ ކަަމަށެވެ. އަދި ބައެއް ކުންފުނިތަކުން ފައިސާ ދެއްކުމަށް ބައެއް ފަހަރު ލަސްތަކެއް ކުރިމަތިވި ނަމަވެސް ބިލަށް ފައިސާ ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިއީ ދައްކާ އުޒުރެއް ކަމަށާއި، އެއީ އަސްލު މައްސަލަ ނޫން ކަމަށެވެ. މިހާރު ވެސް ކުންފުންޏަށް ގެއްލުންވާ ގޮތަށް ސިޔާސީ ގޮތުން އެތައް ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށާއި، އެމީހުންނަކީ ފިންގަރ ޖެހުމަށްފަހު ގެއަށް ދާމީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް މީހުން އޮފީސްތެރޭގައި ތާސް ކުޅުމާއި،  އެކި ކަހަލަ ކުޅިވަރު ކުޅުމުގައި ވަގުތު ހޭދަ ކޮށްލާ ކަަމަށެވެ. 

ނަމަވެސް  އެމީހުންގެ މުސާރަ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވުރެ އެތައް ގުނައެއް ބޮޑު ކަމަށާއި، މުސަރާގެ މައްސަލައެއް ސިޔާސީ މުވައްޒަފުންނަށް ކުރިމަތިނުވާ ކަމަށެވެ. މަސް ފެށުމުގެ ކުރިން އެމީހުންނަށް މުސާރަ ވެސް ލިބޭ ކަމަށާއި، ރޯދަ އިނާއަތް ވެސް އަވަހަށް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

ވެމްކޯގެ ހާލަތު ވަރަށް ގޯސްކަން ފާހަގަކުރައްވައި އެބޭފުޅާ ވިދާޅުވީ މިގޮތަށް މިކަން ހިނގާނަމަ މާގިނަ ދުވަހެއް ނުވެ، ޚިދުމަތްތަކަށް ބުރޫއަރައި، ކުންފުނި އެއްކޮށް ބަގުރޫޓުވާނެ ކަމަށެވެ. އަދިި މިހާރު ވެސް ހިންގަމުންދަނީ ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ވެމްކޯގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، މުވައްޒަފުންގެ މުސާރައިން ޕެންޝަން ފަންޑަށް ފައިސާ ކެނޑުމަށްފަހު އެފައިސާ ޖަމާނުކުރާތާ އަހަރަކަށް ވުރެ ވަނީ ގިނަ ދުވަސްވެފަ އެވެ. 

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަންވެމްކޯފިނޭންސް މިނިސްޓްރީޕެންޝަން ފަންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި

ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި

30 މެއި 2026
 ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ

ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ

26 މެއި 2026
އަންހެނުންގެ ކޮމިޓީ މުސާރަ 48 ގަޑިއިރު ތެރޭ ތިން ފަހަރު ބަދަލުކޮށްފި: މިނިސްޓްރީ އިން ބުނީ މިއީ "ފައިނަލް" ކަމަށް

އަންހެނުންގެ ކޮމިޓީ މުސާރަ 48 ގަޑިއިރު ތެރޭ ތިން ފަހަރު ބަދަލުކޮށްފި: މިނިސްޓްރީ އިން ބުނީ މިއީ "ފައިނަލް" ކަމަށް

22 މެއި 2026
ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

21 މެއި 2026
 ވެމްކޯ އެމްޑީގެ ނުފޫޒުން، އެޕްރައިޒަލް އިން އެންމެ މަތީ މާކްސް ހޯދާ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ވެމްކޯ އެމްޑީގެ ނުފޫޒުން، އެޕްރައިޒަލް އިން އެންމެ މަތީ މާކްސް ހޯދާ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

21 މެއި 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު