Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިނޭންސް މިނިސްޓްރީ

އަހަރުގެ މިހާތަނަށް 8.5 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 49 އިންސައްތައިގެ އިތުރުވުމެއް!

ސަރުކާރުގެ ކުންފުނިތަކުގެ ޖުމްލަ ޚަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމުގެ އާމްދަނީ 6 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ސަރުކާރުގެ ޖުމްލަ ޚަރަދު ވަނީ 49 އިންސައްތަ އިތުރުވެފަ. ޚަރަދުތައް ބޮޑުވި މައިގަނޑު ސަބަބަކީ ދަރަނި ދެއްކުން ކަމަށް ސަރުކާރުން ބުނި ނަމަވެސް، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދަރަންޏަށް ހޭދަކޮށްފައި ވަނީ ޖުމްލަ ޚަރަދުގެ 33 އިންސައްތަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ޖޫން 2026 | އާދީއްތަ 13:02
ފިނޭންސް މިނިސްޓްރީ: އެ މިނިސްޓްރީގެ ތަފާސްހިސާބުގައިވާ ގޮތުން ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ދޫކޮށްފައިވާ ފައިސާގެ އަދަދު ވެސް ވަނީ އިތުރުވެފަ

ފިނޭންސް މިނިސްޓްރީ: އެ މިނިސްޓްރީގެ ތަފާސްހިސާބުގައިވާ ގޮތުން ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ދޫކޮށްފައިވާ ފައިސާގެ އަދަދު ވެސް ވަނީ އިތުރުވެފަ | ރާއްޖެއެމްވީ

ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ހޭދަ ކޮށްފައިވާ އަދަދު، މިދިޔަ އަހަރާ އަޅާބަލާއިރު 10 އިންސައްތަ އިތުރު ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެ މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ސަރުކާރު މުވައްޒަަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 5.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 477.4 މިލިއަން ރުފިޔާ ނުވަތަ 10 އިންސައްތަ އިތުރު އަދަދެކެވެ. 

ތަފާސްހިސާބުގައިވާ ގޮތުން ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ދޫކޮށްފައިވާ ފައިސާގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކަށް މިއަހަރުގެ މިހާތަނަށް 16.2 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 

މިއަހަރުގެ މިހާތަނަށް ސަރުކާރުގެ ޖުމްލަ ޚަރަދު ވެސް ބޮޑުވެފައިވާ ކަމަށް ތަފާސްހިސާބުން ފެނެއެވެ. މި އަހަރުގެ މިހާތަނަށް ޖުމްލަ ޚަރަދު މިދިޔަ އަހަރަށް ވުރެ 8.5 ބިލިއަން ރުފިޔާ އިތުރު ވެފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 49 އިންސައްތަ އިތުރު އަދަދެކެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ފަތުރުވެރިކަމަށް އަސަރު ކޮށްފައިވާއިރު ރާއްޖޭގެ އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން އާމްދަނީ 6 އިންސައްތަ ދަށަށް ގޮސްފައިވާއިރު ފަތުރުވެރިކަމުން ލިބޭ ޓެކުހާއި ފީތަކުން ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

މި އަހަރުގެ މިހާތަނަށް ޚަރަދުތައް ބޮޑުވެފައިވާއިރު ސަރުކާރުން ބުނަމުންދަނީ އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ދަރަނި ދެއްކުމަށް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ޖުމްލަ ޚަރަދުން ދަރަންޏަށް ހޭދަ ކޮށްފައިވަނީ ޚަރަދުގެ 33 އިންސައްތަ އެވެ. 

ފިނޭންސް މިނިސްޓްރީޚަރަދު

އިތުރަށް ކިޔާލަން

08 ޖޫން 2026

ފުލުފުލުގެ ނާކާމިޔާބީތަކާއި، ކުއްލި އިސްތިއުފާތައް: މުއިއްޒުގެ ސަރުކާރަށް ލޮޅުމަކަށް ފަހު ލޮޅުމެއް؟

08 ޖޫން 2026
ފުލުފުލުގެ ނާކާމިޔާބީތަކާއި، ކުއްލި އިސްތިއުފާތައް: މުއިއްޒުގެ ސަރުކާރަށް ލޮޅުމަކަށް ފަހު ލޮޅުމެއް؟
08 ޖޫން 2026

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި

08 ޖޫން 2026
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި
05 ޖޫން 2026

މިދިޔަ މަހުގެ 31 ގައި ދޭން ބުނި މުސާރަ އަދިވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް ނުދޭ!

05 ޖޫން 2026
މިދިޔަ މަހުގެ 31 ގައި ދޭން ބުނި މުސާރަ އަދިވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް ނުދޭ!
26 މެއި 2026

ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ

26 މެއި 2026
 ސަރުކާރު މުވައްޒަފުންގެ މުސާރަ ދެވޭ ވަރުވާނީ، މި މަހު 28 އަދި 31 ގައި: މިނިސްޓްރީ
22 މެއި 2026

އަންހެނުންގެ ކޮމިޓީ މުސާރަ 48 ގަޑިއިރު ތެރޭ ތިން ފަހަރު ބަދަލުކޮށްފި: މިނިސްޓްރީ އިން ބުނީ މިއީ "ފައިނަލް" ކަމަށް

22 މެއި 2026
އަންހެނުންގެ ކޮމިޓީ މުސާރަ 48 ގަޑިއިރު ތެރޭ ތިން ފަހަރު ބަދަލުކޮށްފި: މިނިސްޓްރީ އިން ބުނީ މިއީ "ފައިނަލް" ކަމަށް
18 މެއި 2026

އިދާރާތަކަށް ހުށަހަޅާ އާރްޓީއައިއަކަށް ޖަވާބު ނުދީ ބެހެއްޓުމަށްފަހު، ވަގުތު އިތުރުކޮށްދިނުމަށް ދަނީ އެދެމުން: އައިކޮމް

18 މެއި 2026
އިދާރާތަކަށް ހުށަހަޅާ އާރްޓީއައިއަކަށް ޖަވާބު ނުދީ ބެހެއްޓުމަށްފަހު، ވަގުތު އިތުރުކޮށްދިނުމަށް ދަނީ އެދެމުން: އައިކޮމް
18 މެއި 2026

ފިނޭންސަށް ކުރި ސުވާލަކަށް ޖަވާބުނުދީ 10 މަސް ފަހުން އަނެއްކާވެސް އެދުނީ އިތުރު ވަގުތު ދޭން

18 މެއި 2026
ފިނޭންސަށް ކުރި ސުވާލަކަށް ޖަވާބުނުދީ 10 މަސް ފަހުން އަނެއްކާވެސް އެދުނީ އިތުރު ވަގުތު ދޭން
29 އެޕްރީލު 2026

ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

29 އެޕްރީލު 2026
ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
25 އެޕްރީލު 2026

އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

25 އެޕްރީލު 2026
އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި
19 އެޕްރީލު 2026

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު

19 އެޕްރީލު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު