Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މާލީ ހާލަތު

ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް

12 ޖުލައި 2026 | އާދީއްތަ 11:16

މިދިޔަ އަހަރާ އަޅާބަލާއިރު ދައުލަތުގެ ޚަރަދުތައް 21.7 އިންސައްތަ އިތުރުވެފައިވާއިރު، މީގެ މައިގަނޑު ސަބަބަކީ ސިޔާސީ މަގާމުތަކާއެކު މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ބޮޑުވުން. މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާ ގުޅިގެން ސަބްސިޑީއަށް ކުރާ ޚަރަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފަ. ޚަރަދު ކުޑަކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ތަފާސްހިސާބުތަކުން ފެންނަނީ އިދާރީ ހިންގުމުގެ ޚަރަދުތައް ކޮންޓްރޯލުން ނެއްޓިފައިވާ މަންޒަރު.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ޖުލައި 2026 | އާދީއްތަ 11:16
ސަރުކާރުގެ މިނިސްޓްރީ އެއްގެ ތެރޭގައި މުވައްޒަފުން މަސައްކަތުގައި

ސަރުކާރުގެ މިނިސްޓްރީ އެއްގެ ތެރޭގައި މުވައްޒަފުން މަސައްކަތުގައި | އެލަމީ

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އިންތިހާއަށް އުފުލިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ދައުލަތުން ވަނީ ޖުމްލަ 23.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުކުރި 19.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ 21.7 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

Advertisement - newsAdvertisement

ޚަރަދުތައް މިހާ ބޮޑަށް އިތުރުވެފައިވާ އެންމެ ބޮޑު ސަބަބަކީ ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އިތުރުވުމެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މުސާރައާއި އުޖޫރައަށް އެކަނިވެސް 3.7 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 13.9 އިންސައްތަ އިތުރު އަދަދެކެވެ. 

މުސާރައާއި ޕެންޝަނަށް ކުރި ޖުމްލަ ޚަރަދު މިހާރު ވަނީ 8.0 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ސަރުކާރުން މުވައްޒަފުންގެ އަދަދު މަދުކޮށް "ރައިޓް ސައިޒް" ކުރާނެ ކަމަށް ބުނަމުންދިޔަ ނަމަވެސް، އަމަލީ ގޮތުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ޚާއްސަކޮށް ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު ކުރީގެ އެއްވެސް ސަރުކާރަކަށް ވުރެ އިތުރުވެފައިވުމަކީ މުސާރައިގެ ޚަރަދު ބޮޑުވާން ދިމާވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

ސަރުކާރުން ފޯރުކޮށްދެމުންދާ އަސާސީ ތަކެއްޗާއި ޚިދުމަތްތަކުގެ އަގު ހިފެހެއްޓުމަށް ދޭ ސަބްސިޑީގެ ޚަރަދުތައްވެސް މިއަހަރުގެ މިހާތަނަށް ވަނީ 1.4 ބިލިއަން ރުފިޔާއިން އުފުލިފަ އެވެ.

ސަރުކާރުން ބުނަމުންދަނީ މިއީ އާންމު ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި ސިވިލް ސާވިސްގެ މުސާރައިގެ އިލްތިޒާމުތައް ހަމަހަމަކުރުމަށް ކުރާ ޚަރަދުތަކެއް ކަމަށެވެ.

ނަމަވެސް، އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، ސިޔާސީ މަގާމުތައް އިތުރުކޮށް އިދާރީ ހިންގުމަށް ކުރާ ހޭދަ ބޮޑުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށް ބުނާއިރު، ތަފާސްހިސާބުތަކުން ފެންނަނީ ޚަރަދުތައް ކޮންޓްރޯލުން ނެއްޓިގެންދާ މަންޒަރެވެ. ޚާއްސަކޮށް މުސާރައިގެ ޚަރަދުތައް މިދިޔަ އަހަރަށްވުރެ ބޮޑުތަނުން އިތުރުވެފައިވުމަކީ ސަރުކާރުގެ "ރައިޓް ސައިޒިންގ" ސިޔާސަތާ މެދު ސުވާލު އުފެދޭ ކަމެކެވެ.

ފިނޭންސް މިނިސްޓްރީރައިޓް ސައިޒިންގމާލީ ހާލަތުމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2026

ނައިވާދޫ ބަނދަރު ހަނދަން ގެންދިޔަ މެޝިނަރީތައް ވީ ހިސާބެއްވެސް ނޭނގޭ!

12 ޖުލައި 2026
ނައިވާދޫ ބަނދަރު ހަނދަން ގެންދިޔަ މެޝިނަރީތައް ވީ ހިސާބެއްވެސް ނޭނގޭ!
12 ޖުލައި 2026

އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު

12 ޖުލައި 2026
އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު
12 ޖުލައި 2026

ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު

12 ޖުލައި 2026
ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު
12 ޖުލައި 2026

ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު

12 ޖުލައި 2026
ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު
12 ޖުލައި 2026

މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!

12 ޖުލައި 2026
މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!
11 ޖުލައި 2026

އާންމުންގެ ޝަކުވާގެ ރާޅެއް: ތަކެތީގެ އަގު އުޑަށް، ބޭސްލިބުން ދަތިވެއްޖެ، ކަރަންޓު ބިލްތައް ދެގުނަ!

11 ޖުލައި 2026
އާންމުންގެ ޝަކުވާގެ ރާޅެއް: ތަކެތީގެ އަގު އުޑަށް، ބޭސްލިބުން ދަތިވެއްޖެ، ކަރަންޓު ބިލްތައް ދެގުނަ!
11 ޖުލައި 2026

ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!

11 ޖުލައި 2026
ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!
11 ޖުލައި 2026

މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން

11 ޖުލައި 2026
މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން
11 ޖުލައި 2026

75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް

11 ޖުލައި 2026
 75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް
11 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް

11 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް