Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމު

ސަރުކާރުތަކުން ލާމަރުކަޒީ ނިޒާމު ބޭނުންކުރަނީ ރައްޔިތުންގެ ވޯޓު ހޯދައި، އިންތިޚާބުތައް ކާމިޔާބުކުރުމަށް: އައިމަން

16 އޯގަސްޓު 2026 | އާދީއްތަ 05:38

ލާމަރުކަޒީ ނިޒާމުގެ ބާރުތައް ދިނުމަށް ސަރުކާރުތަކުން ފަސްޖެހެނީ ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް އޮންނަ ކޮންޓްރޯލް ގެއްލިދާނެތީ ކަމަށް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ މެންބަރު އައިމަން ވިދާޅުވި. އަދި ގާނޫނަށް ގެންނަ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ކުޑަވެ، ރައްޔިތުން ސަރުކާރަށް ބަރޯސާވާންޖެހޭ މިންވަރު އިތުރުވަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 16 އޯގަސްޓު 2026 | އާދީއްތަ 05:38
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ މެންބަރު އައިމަން ރަޝީދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ މެންބަރު އައިމަން ރަޝީދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ލާމަރުކަޒީ ނިޒާމް މިހާރު މިވަނީ ރައްޔިތުންގެ ވޯޓް ހޯދައި އިންތިހާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ބޭނުންކުރާ އެއްޗަކަށް ވެފައިވާ ކަމަށް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ މެންބަރު އައިމަން ރަޝީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިމަން ވިދާޅުވީ އެއްވެސް ސަރުކާރަކުން މައުނަވީ ގޮތެއްގައި ރައްޔިތުންނަށް ލާމަރުކަޒީ ނިޒާމުގެ ބާރު ދިނުމަށް ބޭނުންނުވާ ކަމަށެވެ.

Advertisement - newsAdvertisement

އެއީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރަށް ފައިސާ ހޯދުމަށް އޮންނަ ފުރުސަތު ހަނިވެގެންދިޔުމުގެ ސަބަބުން ކަމަށް އައިމަން ވިދާޅުވި އެވެ.  

ލާމަރުކަޒީ އަކީ އަބަދުވެސް ތާއީދު ހޯދުމަށް، ރައްޔިތުންގެ ވޯޓު ހޯދުމަށް، އިންތިހާބުތައް ކާމިޔާބު ކުރުމަށް އެކި ސަރުކާރުތަކުން އެކި ގޮތްގޮތަށް ބޭނުންކުރާ އެއްޗަކަށް ވެފައި މިވަނީ. އެއްވެސް އިރެއްގަ އެއްވެސް ސަރުކާރަކުން މައުނަވީ ގޮތެއްގައި ރައްޔިތުންނަށް އެ ބާރު ދޭން ބޭނުމެއް ނުވޭ. އެބާރު ނުދޭން ބޭނުންވާ މައިގަނޑު ސަބަބަކީ އެ ރަށެއްގެ ނުވަތަ ސީޓީއެއްގަ މި އޮންނަ ވަސީލަތްތައް ރައްޔިތުންނަށް މައުނަވީ ގޮތެއްގައި ދީފި ކަމަށް ވާނަމަ އޭރެއްގެ އޮންނަ ސަރުކާރަކަށް ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަދިކަމާއި ވަސީލަތްތައް ބޭނުންކޮށްގެން ފައިސާ ހޯދުމަށް އޮންނަ ފުރުސަތު ހަނިވެގެން ދާތީވެ
އައިމަން ރަޝީދު 

އައިމަން ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ގެނެވުނު އިސްލާހާ އެކު 2021 ވަނަ އަހަރު އިންތިޚާބު ވެފެއިވާ ކައުންސިލުތަކުން ރައްޔިތުންނާއެކު މަސައްކަތް ކުރުމަށް މާލީބާރުވެރިކަމުގެ ހަނި ފުރުސަތެއް ލިބިގެންދިޔަ ކަމަށެވެ.

ނަމަވެސް ވޭތުވެދިޔަ ދިޔަ ދެ އަހަރު ތެރޭގައި ކުރިން ގެނެސްފައިވާ އިސްލާހުތައް އަނބުރާ ގެންގޮސް، ރައްޔިތުން ސަރުކާރަށް ބަރޯސާވާ މިންވަރު ކުރިޔަށްވުރެ ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި އައިމަން ވިދާޅުވީ، ކައުންސިލްތަކުގެ ބާރު ނިކަމެތިވާނަމަ، ރައްޔިތުންގެ ބާރު ދަށްވާނެ ކަމަށެވެ.  

މީގެ އިތުރުން މުޖްތަމައުގައި ދިމާވާ މައްސަލައެއް ނުވަތަ މަޝްރޫއެއް ހިންގުމަށްވެސް ރައްޔިތުންނާ އެންމެ ގާތުގައި އޮންނަ ސަރުކާރަކީ ލޯކަލް ކައުންސިލްތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކާއެކު، ރާއްޖޭގެ ރައްޔިތުންނަށް އެމީހުންގެ އިގްތިސާދު ކުރިއެރުމަށް އޮންނަ ފުރުސަތުތައް ވެސް ހަނިވަމުންދާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމުއައިމަން ރަޝީދު

އެންމެ ހިނގާ

1

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

2

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

5

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

މިއަދު ފެންނަމުންދަނީ ބާރުތައް ދޫކޮށްލައި، ލާމަރުކަޒުކޮށް ޤައުމު ހިންގަން ސަރުކާރު ބިރުން އުޅޭ މަންޒަރު: ޝަމްހީދު

18 އޯގަސްޓު 2026
މިއަދު ފެންނަމުންދަނީ ބާރުތައް ދޫކޮށްލައި، ލާމަރުކަޒުކޮށް ޤައުމު ހިންގަން ސަރުކާރު ބިރުން އުޅޭ މަންޒަރު: ޝަމްހީދު
13 އޯގަސްޓު 2026

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަަަށްތަކަށް ނޭރޭނެ ދުވަސް އަންނާނެ: ޝަފީގު

13 އޯގަސްޓު 2026
ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަަަށްތަކަށް ނޭރޭނެ ދުވަސް އަންނާނެ: ޝަފީގު
11 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!

11 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!
10 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި

10 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި
09 އޯގަސްޓު 2026

ވެރިކަން ފެށުނީއްސުރެ ފެންނަމުންދަނީ ލާމަރުކަޒީ ނިޒާމު ފުނޑާލައި ހުރިހާ ބާރުތަކެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ޖަމާކުރުމުގެ ސިލްސިލާ މަސައްކަތްތަކެއް: ޕާޕާ

09 އޯގަސްޓު 2026
ވެރިކަން ފެށުނީއްސުރެ ފެންނަމުންދަނީ ލާމަރުކަޒީ ނިޒާމު ފުނޑާލައި ހުރިހާ ބާރުތަކެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ޖަމާކުރުމުގެ ސިލްސިލާ މަސައްކަތްތަކެއް: ޕާޕާ
05 އޯގަސްޓު 2026

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

05 އޯގަސްޓު 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު
29 ޖުލައި 2026

އައްޑޫގެ 100 ހެކްޓަރުގެ ބިން ސަރުކާރުގެ ބާރުގެ ދަށުގައި އޮތުމުން މަހަކު 10 މިލިއަން ރުފިޔާގެ ގެއްލުން!

29 ޖުލައި 2026
އައްޑޫގެ 100 ހެކްޓަރުގެ ބިން ސަރުކާރުގެ ބާރުގެ ދަށުގައި އޮތުމުން މަހަކު 10 މިލިއަން ރުފިޔާގެ ގެއްލުން!
27 ޖުލައި 2026

ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު

27 ޖުލައި 2026
ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު
27 ޖުލައި 2026

ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ، އެއީ ސުވާލެއް ވެސް ނެތް ކަމެއް: ނިޔާޒު

27 ޖުލައި 2026
ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ، އެއީ ސުވާލެއް ވެސް ނެތް ކަމެއް: ނިޔާޒު
23 ޖުލައި 2026

19 ވަނަ މަޖިލީހުން ގެނައި ލާމަރުކަޒީ ގާނޫނުގެ ރޫހު 20 ވަނަ މަޖިލީހުން ދަނީ ފުނޑާލަމުން: މެންބަރު ސަމީރު

23 ޖުލައި 2026
19 ވަނަ މަޖިލީހުން ގެނައި ލާމަރުކަޒީ ގާނޫނުގެ ރޫހު 20 ވަނަ މަޖިލީހުން ދަނީ ފުނޑާލަމުން: މެންބަރު ސަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް