Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފޯކްލޭންޑް އައިލެންޑްސް

ފޯކްލޭންޑް އައިލެންޑްސްއަކީ އާޖެންޓީނާގެ މިލްކެއްކަން ތަކުރާރުކުރައްވައި، އެ ސަރަހައްދުން ތެޔޮ ނަގާ ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ރައީސް މިލޭ އިންޒާރު ދެއްވައިފި

4 ސެޕްޓެމްބަރު 2026 | ހުކުރު 10:04

ފޯކްލޭންޑް އައިލެންޑްސްއަކީ އާޖެންޓީނާގެ މިލްކެއްކަން ތަކުރާރުކުރައްވައި، އެ ސަރަހައްދުން ތެޔޮ ނަގާ ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ރައީސް ހާވިއާ މިލޭ އިންޒާރު ދެއްވައިފި. މި މައްސަލައިގައި އެމެރިކާގެ ސިޔާސަތު ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާއިރު، އާޖެންޓީނާއިން ދަނީ އެ ސަރަހައްދުގައި އަސްކަރީ ނުފޫޒު ގަދަކުރުމަށް އާ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން

ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2026 | ހުކުރު 10:04

ތާރީޚީ ގޮތުންނާއި ޤާނޫނީ ހަމަތަކުން ބަލާއިރުވެސް، މަލްވީނަސް (ފޯކްލޭންޑް އައިލެންޑްސް) އަކީ އާޖެންޓީނާގެ މިލްކެއް ކަމަށް ރައީސް މިލޭ ވިދާޅުވި | އެކްސް

ފޯކްލޭންޑް އައިލެންޑްސް ކައިރީގައި ތެޔޮ ނެގުމުގެ މަސައްކަތް ކުރާ ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް އާޖެންޓީނާގެ ރައީސް ހާވިއާ މިލޭ ވިދާޅުވެއްޖެ އެވެ. އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ މި ސަރަހައްދާ ގުޅޭގޮތުން އާޖެންޓީނާގެ ރައީސް މިފަދަ ނިންމުމެއް ނިންމެވީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ މި މައްސަލަ އިތުރަށް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދެއްވި ތަގުރީރެއްގައި ރައީސް މިލޭ ވަނީ، ދެކުނު އެޓްލާންޓިކް ކަނޑުގައި އޮންނަ މި ޖަޒީރާ ރަށްތަކަކީ އާޖެންޓީނާގެ މިލްކެއްކަން އަލުން ތަކުރާރުކުރައްވާފަ އެވެ. 1833 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް މި ސަރަހައްދާ ގުޅޭގޮތުން 1980 ގެ އަހަރުތަކުގެ ކުރީކޮޅު ދެ ގައުމުގެ ދެމެދުގައި ވަނީ ހަނގުރާމައެއް ވެސް ކޮށްފަ އެވެ.

"ތާރީޚީ ގޮތުންނާއި ގާނޫނީ ގޮތުން ބަލާއިރު، ފޯކްލޭންޑް އައިލެންޑްސްއަކީ އާޖެންޓީނާގެ ބައެއް. މިކަމުގައި ބަހުސް ކުރާނެ ޖާގައެއް ނެތް،" މިލޭ ވިދާޅުވި އެވެ.

ކަނާތު ފިޔައިގެ ލިބަރްޓޭރިއަން ލީޑަރު މިފަދައިން ވިދާޅުވެފައި މިވަނީ، ފޯކްލޭންޑްގެ މިލްކުވެރިކަމާ ގުޅޭގޮތުން އެމެރިކާއިން ޒަމާނުއްސުރެ ގެންގުޅެމުން އައި ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު މުރާޖައާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

ފޯކްލޭންޑްގެ އައްސޭރިފަށުގައި އިސްރާއީލާއި އިނގިރޭސި ކުންފުންޏެއް ގުޅިގެން ކުރިއަށްގެންދާ ތެޔޮ ނެގުމުގެ މަޝްރޫއަކީ އާޖެންޓީނާގެ ހުއްދައެއް ނެތި ކުރިއަށްގެންދާ، "ބޮޑު އަދި ނުރައްކާތެރި" ކަމެއްގެ ގޮތުގައި މިލޭ ސިފަކުރެއްވި އެވެ.

"އަޅުގަނޑުމެން މިކަމާ ދެކޮޅަށް ފިޔަވަޅު ނާޅައިފިނަމަ، ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި، އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުގެ އަޑީގައިވާ ތެޔޮ ނެގުމުގެ ފުރިހަމަ ގާބިލުކަން އެމީހުން ހޯދާނެ." މި މަޝްރޫއުގެ ސަބަބުން އިނގިރޭސިވިލާތުން އެ ސަރަހައްދުގައި އޮތް އޮތުން ވަރުގަދަކޮށް، އާޖެންޓީނާގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ހިތްވަރު ލިބޭނެ ކަމަށް މިލޭ އިންޒާރު ދެއްވި އެވެ.

މިލޭ އިތުރަށް ވިދާޅުވި ގޮތުގައި، ތެޔޮ ނެގުމުގެ މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ޚިދުމަތްދޭ ކުންފުނިތަކަށް ހަރުކަށި އަދަބު ދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް އޭނާގެ ސިޔާސަތުގައި ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން، އާޖެންޓީނާގެ އެންމެ ދެކުނުގައި އޮންނަ ޓިއެރާ ޑެލް ފުއޭގޯގައި ކަނޑުގެ ސިފައިންގެ މަރުކަޒެއް ބިނާކުރުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރާނެ ކަން ވެސް އޭނާ އިއުލާން ކުރެއްވި އެވެ. މިލޭ ވިދާޅުވި ގޮތުގައި މި މަރުކަޒުގެ ސަބަބުން އެ ސަރަހައްދުގައި އާޖެންޓީނާގެ ނުފޫޒު ގަދަވެ، އެ ގައުމަކީ ލޮޖިސްޓިކްސްގެ މުހިންމު މަރުކަޒަކަށް ވެގެންދާނެ އެވެ.

އާޖެންޓީނާއިން 'މަލްވީނަސް' ގެ ނަމުން ނަންދީފައިވާ މި ސަރަހައްދުގެ މިލްކުވެރިކަމާ ގުޅޭގޮތުން 1982 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ހިނގީ، އޭރު އާޖެންޓީނާގައި އޮތް އަސްކަރީ ސަރުކާރުން އެ ރަށްތަކަށް ސިފައިން ފޮނުވުމާ ގުޅިގެންނެވެ. އެ ހަނގުރާމައިގައި އާޖެންޓީނާގެ 645 މީހުންނާއި އިނގިރޭސިވިލާތުގެ 255 މީހުން މަރުވި އެވެ.

މި ކުރު ހަނގުރާމައާއި ރަށްތަކުގެ މިލްކުވެރިކަމުގެ މައްސަލައަކީ އަދިވެސް ގިނަ އާޖެންޓީނާ ރައްޔިތުންގެ ހިތްތަކުގައި އޮތް ނުތަނަވަސްކަމެކެވެ. އަދި އެ ގައުމުގެ ސިޔާސީ ލީޑަރުންނަށް މި މައްސަލައިގައި ވަކާލާތު ކުރުމަށް އާންމުންގެ ފަރާތުން އަބަދުވެސް ބޮޑު ފިއްތުންތަކެއް ކުރިމަތިވެ އެވެ.

މިދިޔަ ޖުލައި މަހު ބޭއްވި ފުޓްބޯޅަ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިނގިރޭސިވިލާތް ބަލިކުރުމަށްފަހު، އާޖެންޓީނާގެ ކުޅުންތެރިން "މަލްވީނަސްއަކީ އާޖެންޓީނާގެ ތަނެއް" ކަމަށް ލިޔެފައިވާ ބެނާއެއް ހިފަހައްޓައިގެން ތިބުމުން މި މައްސަލަ އަނެއްކާވެސް ވަނީ ފެންމަތިވެފަ އެވެ.

އެ ސަރަހައްދުގެ މިލްކުވެރިކަން އިނގިރޭސިވިލާތަށް އޮތް ކަމަށް އެމެރިކާއިން ދުވަހަކުވެސް ރަސްމީކޮށް ބަލައިގެންފައެއް ނުވެ އެވެ. 1982 ވަނަ އަހަރު އާޖެންޓީނާގެ ސިފައިން ފޯކްލޭންޑަށް އެރި ވަގުތު، އިނގިރޭސިވިލާތުން ހަނގުރާމަ ކުރީ އަމިއްލައަށެވެ. އެމެރިކާ ނުވަތަ ނޭޓޯ ފަދަ އިނގިރޭސިވިލާތުގެ ބައިވެރިން އެ ހަނގުރާމައިގައި ބައިވެރިއެއް ނުވެ އެވެ.

ރައީސް ޓްރަމްޕް ދާދިފަހުން ދެއްކެވި ވާހަކަތަކާ ގުޅިގެން، މި މައްސަލައިގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ބުރާސްފަތި ދުވަހު އިނގިރޭސި މީޑިއާއެއް ކަމަށްވާ ޖީބީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، ފޯކްލޭންޑާ ގުޅޭ އިތުރު ހަނގުރާމައެއް ހިނގައިފިނަމަ އެމެރިކާއިން އިނގިރޭސިވިލާތަށް އެހީތެރިވާނެތޯ ކުރި ސުވާލަށް ޓްރަމްޕް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

މީގެ އިތުރުން، އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ އޮވެ ދިން ބޮން އެޅުމުގެ ހަމަލާތަކުގައި އިނގިރޭސިވިލާތުން އެކަށީގެންވާ އެހީތެރިކަމެއް ދީފައި ނުވާ ކަމަށް ވިދާޅުވެ، ކުރީގެ ޝަކުވާތައް ޓްރަމްޕް ތަކުރާރު ކުރެއްވި އެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ، އެ ގައުމުގައި އެ މަސައްކަތަށް ފޮނުވާނެ މަނަވަރެއް ނެތް ކަމަށް ވިދާޅުވި ހަނދާން އާކުރައްވަމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑަށް އެހީތެރިވާން ތިޔަ ގައުމެއް ނެތް" ކަމަށާއި، އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރި ހަނގުރާމައިގައި އިނގިރޭސިވިލާތުން އަމަލީ ގޮތުން ބައިވެރި ނުވި ނަމަވެސް، ބޮން އެޅުމުގެ މިޝަންތަކުގައި ބައިވެރިވި އެމެރިކާގެ މަތިންދާބޯޓުތަކަށް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދިނެވެ. މި ނިންމުމަކީ އިނގިރޭސިވިލާތުގައި ބޮޑު ބަހުސަކަށް ވި ކަމެކެވެ. ސަބަބަކީ ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްފަދައިން، މެދުއިރުމަތީގެ އިތުރު ހަނގުރާމައެއްގައި ބައިވެރިވުމަށް އިނގިރޭސި އާންމު ރައްޔިތުންގެ މެދުގައި އެއްވެސް ޝައުގުވެރިކަމެއް ނެތުމެވެ.

އަމިއްލައަށް ޓެކްސް ނެގުމުގެ ބާރު އޮތް ނަމަވެސް، ދިފާއީ އަދި ޚާރިޖީ ސިޔާސަތުގައި އިނގިރޭސިވިލާތަށް ބަރޯސާވާ ފޯކްލޭންޑަކީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ 14 ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ.

2013 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓެއްގައި، އެ ރަށްތަކުގެ ރައްޔިތުން ވަނީ އިނގިރޭސިވިލާތުގެ ދަށުގައި ތިބުމަށް ނިންމާފަ އެވެ. ވޯޓުލީ މީހުންގެ 99 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓު ދިނީ އިނގިރޭސިވިލާތުގެ ދަށުގައި ތިބުމަށެވެ.

ނަމަވެސް، ހުކުރު ދުވަހު މިލޭ ވިދާޅުވީ އެ ރަށްތަކުގެ އާބާދީއަށް "އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ގާނޫނީ ހައްގެއް ނެތް" ކަމަށާއި، އެތަނުގައި ނެގި ފެންނަ ނުފެންނަ ވޯޓަކަށް ބިނާކޮށް ދައްކާ އެއްވެސް ވާހަކައެއް ބަލައިނުގަނެވޭނެ ކަމަށެވެ.

މީގެ އިތުރުން، ރަށްތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން އެމެރިކާއިން ގެންގުޅޭ މެދުމިނުގެ ސިޔާސަތު ބަދަލުކޮށްފާނެ ކަމަށް ޓްރަމްޕް އިޝާރާތް ކުރެއްވުމުން މިލޭ އެކަމަށް ތައުރީފު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިފަދަ ބަދަލެއް އަތުވެދާނެ ކަމަށް ފެންނަނީ، އެމެރިކާގެ ރައީސާއެކު އޭނާ ބާއްވާ ގާތް ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

"އެމެރިކާއިން މި ސިޔާސަތު ބަދަލުކުރުމަށް ވިސްނަނީ، އާޖެންޓީނާއަކީ އިތުބާރު ހުރި ބައިވެރިއެއްކަން އެމީހުންނަށް އެނގޭތީ. ހުޅަނގުގެ އުސޫލުތަކަށް ތާއީދުކުރާ، އަދި ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި ސްޓްރެޓީޖިކް ގޮތުން މުހިންމު ބައިވެރިއަކަށް އާޖެންޓީނާ ވާނެކަން އެމެރިކާއަށް ގަބޫލުކުރެވޭ،" މިލޭ ވިދާޅުވި އެވެ.

ފޯކްލޭންޑް އައިލެންޑްސްއާޖެންޓީނާހަވިއާ މިލޭއާޖެންޓީނާ-އިނގިރޭސިވިލާތް

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ބޯޅަ 2.5 މިލިއަން ޕައުންޑަށް ވިއްކާލައިފި

25 އޯގަސްޓު 2026
މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ބޯޅަ 2.5 މިލިއަން ޕައުންޑަށް ވިއްކާލައިފި
19 އޯގަސްޓު 2026

މަރަޑޯނާގެ މަރުގެ ޝަރީއަތް: ކިޑްނީ ފެއިލްވަމުންދިޔަކަމުގެ ނިޝާންތަކަށް ޑޮކްޓަރުން ވަނީ އިހުމާލުވެފައި

19 އޯގަސްޓު 2026
މަރަޑޯނާގެ މަރުގެ ޝަރީއަތް: ކިޑްނީ ފެއިލްވަމުންދިޔަކަމުގެ ނިޝާންތަކަށް ޑޮކްޓަރުން ވަނީ އިހުމާލުވެފައި
08 އޯގަސްޓު 2026

މެސީގެ ބައްޕަ މަރުވެއްޖެ

08 އޯގަސްޓު 2026
މެސީގެ ބައްޕަ މަރުވެއްޖެ
07 އޯގަސްޓު 2026

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

07 އޯގަސްޓު 2026
މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި
23 ޖުލައި 2026

އާޖެންޓީނާ އެފްއޭގެ ރައީސް އެމެރިކާގެ ކޯޓަކަށް ހާޒިރުވާން އެންގި ވާހަކަ ދޮގުކޮށްފި

23 ޖުލައި 2026
އާޖެންޓީނާ އެފްއޭގެ ރައީސް އެމެރިކާގެ ކޯޓަކަށް ހާޒިރުވާން އެންގި ވާހަކަ ދޮގުކޮށްފި
23 ޖުލައި 2026

ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ

23 ޖުލައި 2026
ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ
21 ޖުލައި 2026

އާޖެންޓީނާގެ ކޯޗުކަން ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ސްކަލޯނީ ދީފި

21 ޖުލައި 2026
އާޖެންޓީނާގެ ކޯޗުކަން ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ސްކަލޯނީ ދީފި
21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ
21 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި

21 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް