Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޓޯ

ލައިޕްޒިގަށް ދިން ހަމަލާއާ ގުޅިގެން ރަޝިޔާ އަށް ފިއްތުން އިތުރު ކުރަން ނޭޓޯ އިން ނިންމައިފި

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:59

ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑެރ ލެޔެން އާއި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުޓޭ ބެލްޖިއަމްގެ ބްރަސަލްސްގައި ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ، ރަޝިޔާގެ އަމަލުތައް ދަނީ ނުރައްކާތެރި މިންވަރަކަށް އިތުރުވަމުން ކަމަށާއި، މިފަދަ އަމަލުތަކަށް ދޭ ރައްދު އަވަސްކޮށް ވަރުގަދަ ކުރަންޖެހޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:59
އުރުސުލާ ވޮން ޑެ ލެޔެން އަދި މާކް ރޫޓާ

އުރުސުލާ ވޮން ޑެ ލެޔެން އަދި މާކް ރޫޓާ | ގެޓީ އިމޭޖަސް

ޖަރުމަނުގެ ލައިޕްޒިގް އެއާޕޯޓަށް ދިން ހަމަލާ އަކީ ރަޝިޔާއިން ހިންގި އައު ޖަރީމާއެއް ކަމަށް ކަމަށް ސިފަކޮށް، އެ ޤައުމާ ދެކޮޅަށް ކުރާ ފިއްތުންތައް އިތުރު ކުރުމަށް ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަރުގަދަ އަޒުމެއް ކަނޑައަޅައިފި އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑެރ ލެޔެން އާއި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުޓޭ ބެލްޖިއަމްގެ ބްރަސަލްސްގައި ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ، ރަޝިޔާގެ އަމަލުތައް ދަނީ ނުރައްކާތެރި މިންވަރަކަށް އިތުރުވަމުން ކަމަށާއި، މިފަދަ އަމަލުތަކަށް ދޭ ރައްދު އަވަސްކޮށް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.

މިދިޔަ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ލައިޕްޒިގް އެއާޕޯޓުގައި އޮތް ޔޫކްރެއިންގެ މުދާ އުފުލާ ބޯޓަކަށް އަމާޒުކޮށް ގޮވާ ތަކެތި ހަރުކޮށްފައިވާ ޑްރޯން އަކުން ހަމަލާ ދޭން އުޅުނު މައްސަލައިގައި ޖަރުމަނު ސަރުކާރުން ބުނެފައި ވަނީ، މިއީ ރަޝިޔާގެ ޖާސޫސީ އިދާރާ ތަކުން ރާވައިގެން ހިންގި ކަމެއްކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

މި ހަމަލާގައި ބޭނުންކުރި ޑްރޯންގެ ކޮންފިގަރޭޝަނާއި ގޮވާ ތަކެއްޗަކީ ރަޝިޔާގެ "ހައިބްރިޑް" އޮޕަރޭޝަންތަކުގައި ބޭނުންކުރާ ތަކެތި ކަމަށް ޖަރުމަނުގެ އިންޓީރިއާ މިނިސްޓްރީ އިން ވަނީ ހާމަކޮށްފައި އެވެ. މި މައްސަލައިގައި ރަޝިޔާގެ ޕާސްޕޯޓު އޮތް ދެ މީހަކު ތުހުމަތު ކުރެވޭ މީހުންގެ ގޮތުގައި ވަނީ ފާހަގަކުރެވިފައި އެވެ.

މި ހާދިސާއާ ގުޅިގެން ޖަރުމަނުން ވަނީ ބޯންގައި ހުންނަ ރަޝިޔާގެ ކޮންސިއުލޭޓާއި، ބާލިންގައި ހުންނަ ރަޝިޔާގެ ސަގާފީ މަރުކަޒު ބަންދުކުރަން ނިންމާފައި އެވެ. މީގެ ރައްދުގައި ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް ވަނީ މޮސްކޯ، ސެއިންޓް ޕީޓަސްބާގް އަދި ޔެކަޓެރިންބާގްގައި ހުންނަ ޖަރުމަނުގެ ގޯތޭ އިންސްޓިޓިއުޓްތައް ބަންދުކުރާނެ ކަމަށް އިއުލާން ކުރައްވާފައި އެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މި ފިޔަވަޅުތައް ކުށްވެރި ކުރައްވައި ވިދާޅުވީ، މިއީ ޖަރުމަނުގެ ރައްޔިތުންގެ މަސްލަހަތާ ޚިލާފަށް ނިންމި ސީރިއަސް އަދި ވަރަށް ގޯސް ނިންމުމެއް ކަމަށެވެ.

އީޔޫގެ ޚާރިޖީ ވަޒީރުން އަޔަލެންޑުގައި ބޭއްވި ބައްދަލުވުމެއްގައި، ރަޝިޔާގެ ތެޔޮ އުފުލާ "ޝެޑޯ ފްލީޓް"އާ ދެކޮޅަށް ފިޔަވަޅު އެޅުމަށާއި، ރަޝިޔާގެ ފަތުރުވެރިންނަށް ވިސާ ދޫކުރުން އިތުރަށް ހަރުކަށި ކުރުމަށް ވަނީ މަޝްވަރާކޮށްފައި އެވެ. މީގެ އިތުރުން، ފްރާންސް، ބެލްޖިއަމް އަދި ނެދަލެންޑްސް އިން ވަނީ ރަޝިޔާގެ ސަފީރުން ހާޒިރުކޮށް މި ހަމަލާއާ ގުޅިގެން އިހުތިޖާޖު ކޮށްފައި އެވެ. އަދި ރަޝިޔާގެ ހިފަހައްޓާފައިވާ 193 ބިލިއަން ޔޫރޯގެ އެސެޓުތައް ޔޫކްރެއިން އަށް އެހީވުމަށް ބޭނުން ކުރުމަށް ބައެއް ޤައުމުތަކުން ދަނީ ބާރު އަޅަމުންނެވެ.

ޖަރުމަނުގެ އިތުރުން ޕޮލެންޑުގައި ވެސް ޑްރޯން އުފައްދާ ފެކްޓްރީއެއްގައި ރޯކޮށްލުމާއި، ޖަރުމަނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ދީފައިވާ ހަމަލާ ތަކަކީ ވެސް ބޭރު ޤައުމަކުން އަޑީގައި އޮވެގެން ހިންގާފައިވާ ސަބޮޓާޖް ނުވަތަ ގެއްލުން ދިނުމުގެ އަމަލުތަކެއް ކަމަށް ބެލެވޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

އުރުސުލާ ވޮން ޑެރ ލެޔެން ވިދާޅުވީ، ރަޝިޔާ އިން ޔޫކްރެއިންގައި ހިންގާ އުދުވާންތައް ހުއްޓާލަންދެން، ޔޫރަޕުން ރަޝިޔާ އަށް ކުރާ ފިއްތުންތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަނޭޓޯއީޔޫއުރްސުލާ ވޮން ޑަރ ލެޔަންމާކް ރޫޓާ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

އިނގިރޭސިވިލާތުގެ އިގުތިސާދު މިއަދުގެ ހާލަތަށް ވައްޓާލީ "ކުރީ ސަރުކާރުން": ބާރނަމް

03 ސެޕްޓެމްބަރު 2026
އިނގިރޭސިވިލާތުގެ އިގުތިސާދު މިއަދުގެ ހާލަތަށް ވައްޓާލީ "ކުރީ ސަރުކާރުން": ބާރނަމް
30 އޯގަސްޓު 2026

ޔޫކްރެއިން އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކުރުމަށް ޕުޓިން ތައްޔާރުވެއްޖެ

30 އޯގަސްޓު 2026
ޔޫކްރެއިން އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކުރުމަށް ޕުޓިން ތައްޔާރުވެއްޖެ
24 އޯގަސްޓު 2026

ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ

24 އޯގަސްޓު 2026
ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ
16 އޯގަސްޓު 2026

ރޮމޭނިއާގެ ވައިގެ ސަރަހައްދަށް ވަތް ޑްރޯންއެއް ވައްޓާލާފައިވާ ކަމަށް އެ ޤައުމުން ހާމަކޮށްފި

16 އޯގަސްޓު 2026
ރޮމޭނިއާގެ ވައިގެ ސަރަހައްދަށް ވަތް ޑްރޯންއެއް ވައްޓާލާފައިވާ ކަމަށް އެ ޤައުމުން ހާމަކޮށްފި
09 އޯގަސްޓު 2026

ވިލާތުގެ އިއްތިހާދަށް ދެކުނު ބޯޑަރުގެ ކޮންޓްރޯލް ގެއްލިގެންދިޔައީ ކިހިނެއް؟

09 އޯގަސްޓު 2026
ވިލާތުގެ އިއްތިހާދަށް ދެކުނު ބޯޑަރުގެ ކޮންޓްރޯލް ގެއްލިގެންދިޔައީ ކިހިނެއް؟
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
12 ޖުލައި 2026

ނޭޓޯ ސަމިޓަށް ތުރުކީ އަށް ވަޑައިގެންނެވި ކޮންމެ ވެރިއަކަށް އުރުދުޣާން ހަދިޔާ އަކަށް ދެއްވީ ފިސްތޯލަ އަކާއި ވަޒަން

12 ޖުލައި 2026
ނޭޓޯ ސަމިޓަށް ތުރުކީ އަށް ވަޑައިގެންނެވި ކޮންމެ ވެރިއަކަށް އުރުދުޣާން ހަދިޔާ އަކަށް ދެއްވީ ފިސްތޯލަ އަކާއި ވަޒަން
09 ޖުލައި 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި

09 ޖުލައި 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި
08 ޖުލައި 2026

ޑެންމާކުގެ ރައްދު އެމެރިކާ އަށް - ގައުމުގެ ސަރަހައްދުގެ ކޮންމެ އިންޗެއް ދިފާއުކުރަން ތައްޔާރު

08 ޖުލައި 2026
ޑެންމާކުގެ ރައްދު އެމެރިކާ އަށް - ގައުމުގެ ސަރަހައްދުގެ ކޮންމެ އިންޗެއް ދިފާއުކުރަން ތައްޔާރު
08 ޖުލައި 2026

ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ

08 ޖުލައި 2026
ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް