Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ ސްކޫލަކުން ކެއި 2,000 އެއްހާ ދަރިވަރުންނާއި މުދައްރިސުން ބޭރަށްހިންގަނީ

4 ސެޕްޓެމްބަރު 2026 | ހުކުރު 06:33

އިންޑޮނޭޝިއާގެ ސްކޫލްތަކުގައި ހިލޭ ކާނާ ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ދަށުން ދިން ކާބޯތަކެތި ކައިގެން 2,000 އަށްވުރެ ގިނަ ދަރިވަރުންނާއި މުދައްރިސުން ކާނާ ވިހަވި. މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިފައިވާއިރު، ކަމާބެހޭ އިދާރާތަކުން ދަނީ މި ކަން މެދުވެރިވި ސަބަބު ތަހުގީގުކޮށް ކާނާގެ ސާމްޕަލްތައް ޓެސްޓުކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 4 ސެޕްޓެމްބަރު 2026 | ހުކުރު 06:33
އިންޑޮނޭޝިއާ ސަރުކާރުން ކުރިއަށްގެންދާ ހިލޭ ކާނާ ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ދަށުން ދިން ކެއުމަކުން ވިހަވެގެން، ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި އެ ގައުމުގެ އެކި ސަރަހައްދުތަކުން 2،000 އެއްހާ ދަރިވަރުންނާއި މުދައްރިސުން ބަލިވި

އިންޑޮނޭޝިއާ ސަރުކާރުން ކުރިއަށްގެންދާ ހިލޭ ކާނާ ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ދަށުން ދިން ކެއުމަކުން ވިހަވެގެން، ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި އެ ގައުމުގެ އެކި ސަރަހައްދުތަކުން 2،000 އެއްހާ ދަރިވަރުންނާއި މުދައްރިސުން ބަލިވި | އީޕީއޭ

އިންޑޮނޭޝިއާ ސަރުކާރުން ކުރިއަށްގެންދާ ހިލޭ ކާނާ ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ކާބޯތަކެތި ކެއުމުގެ ސަބަބުން ފާއިތުވި ތިން ދުވަހުގެ ތެރޭގައި 2,000 އަށްވުރެ ދަރިވަރުންނާއި މުދައްރިސުން ބަލިވެ، ބޭރަށްހިންގުން ޖެހިފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ހާމަކޮށްފި އެވެ. މި ހާދިސާތަކުގެ ތެރެއިން އެންމެ ފަހުން ފާހަގަކުރެވުނު ވޭދަނައިގައި، ސެންޓްރަލް ޖާވާގެ ރެމްބަންގްގައި ހުންނަ ހައިސްކޫލަކުން ކެއި 777 މީހަކު ބަލިވެފައިވާ ކަމަށް އެ ސްކޫލުގެ ހެޑްޓީޗަރު ވިދާޅުވި އެވެ. މި ކެއުންތަކަކީ އިންޑޮނޭޝިއާގެ ދަރިވަރުންނަށް ފައިދާހުރި ކާނާ ފޯރުކޮށްދިނުމަށް ޓަކައި ރައީސް ޕްރަބޮވޯ ސުބިއަންޓޯ ފެށްޓެވި، ބިލިއަން ޑޮލަރުގެ އަގުހުރި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެމުންދާ ކެއުންތަކެއް ކަމަށް ވާއިރު، އެއްފަހަރާ ގިނަ ބަޔަކު ކާނާ ވިހަވުމުގެ ސަބަބަކަށް މި މަޝްރޫއު ވެ، މި ޕްރޮގްރާމަށް ހިނގާ ބޮޑު ހޭދައާއި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ލަސެމްގައި ހުންނަ ހައިސްކޫލުގައި ބުދަ ދުވަހުގެ މެންދުރުގެ ކެއުމަށް "މަކަން ބަރުގިޒީ ގްރާޓިސް" (އެމްބީޖީ) ޕްރޮގްރާމްގެ ދަށުން ދިން ކާބޯތަކެތި ކެއުމަށްފަހު، ޖުމްލަ 752 ދަރިވަރުންނާއި 25 މުދައްރިސުންގެ ކިބައިން ކާނާ ވިހަވުމުގެ އަލާމާތްތައް ވަނީ ފެނިފަ އެވެ. ބީބީސީ ނޫހަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ހެޑްޓީޗަރު ޖުހަރުޓުޓިކް ވިދާޅުވީ، އެ އެންމެންނަށް ބޭރަށްހިންގުމުގެ މައްސަލަ ދިމާވެ ފާޚާނާ ބޭނުންކުރުމަށް ކިއޫ ހަދަން ޖެހުނު ކަމަށާއި، ސްކޫލުގައި ހުރި 40 ފާޚާނާއަކީ އެހާ ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ ބޭނުންކުރެވޭނެ މިންވަރެއް ނޫން ކަމަށެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ 1،200 އެއްހާ ދަރިވަރުންނާއި 95 މުވައްޒަފުން ގެއަށް ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފަ އެވެ. ޖުހަރުޓުޓިކް ވިދާޅުވި ގޮތުގައި، ބަލިވި މީހުންގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސައިދޭނެ އެވެ. އަދި ކާނާ ފޯރުކޮށްދިން ފަރާތުން ސްކޫލަށް ޒިޔާރަތްކޮށް، މިކަމުގެ ޒިންމާ ނަގާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިރުމަތީ ޖާވާގެ ސިދްއަރުޖޯގައި ހުންނަ ބޯޑިންގ ސްކޫލެއްގައި އަންގާރަ ދުވަހު އެމްބީޖީ ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދިން ކާނާ ކުއެމަށްފަހު 730 މީހަކު ބަލިވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހީ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. ރޭނީ ނަމަކަށް ކިޔާ ބެލެނިވެރިއަކު ބުނި ގޮތުގައި، އެ ކެއުން ކެއުމަށްފަހު އޭނާގެ ދަރިފުޅަށް ބޮލަށް އެނބުރުން އެރުމާއި މޭނުބައިކުރުމުގެ އިތުރުން ބަނޑުގެ މައްސަލަތައް ދިމާވި އެވެ. އަދި މި ހާދިސާގައި ބަލިވި ބައެއް ކުދިން ކޮޅަށް ހުންނަން ދަތިވާ މިންވަރަށް ވަރުދެރަވުމުގެ ސަބަބުން، ހޮސްޕިޓަލަށް ގެންދަން ޖެހުނީ ފުރޮޅުލީ ގޮނޑީގަ އެވެ. މީގެ އިތުރުން، މި ހަފުތާގައި ދެކުނު ސުލަވެސީގެ ތާނާ ޓޮރާޖާގެ ބައެއް ސްކޫލްތަކުގެ އެތައް ސަތޭކަ ދަރިވަރުންނަކަށް ވެސް، ހިލޭ ދިން ކެއުންތަކާ ގުޅިގެން ކާނާ ވިހަވުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ.

އާންމު ގޮތެއްގައި ކާނާ ވިހަވަނީ އެ ތަކެތި ރައްކާކުރުމުގައި ހުންނަ ނުރަނގަޅު އާދަތަކުގެ ސަބަބުން ނުވަތަ ކާނާ ތައްޔާރުކުރުމުގައި ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ކަމަށް ވާއިރު، މި ކަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުން އެވެ. އަދި، ކާނާގައި އެއްވެސް ވިހަ މާއްދާއެއް ހުރިތޯ ބެލުމަށް ސާމްޕަލްތައް ޓެސްޓުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން އެވެ. ބައެއް ބެލެނިވެރިންނާއި މުދައްރިސުން ބުނެފައި ވަނީ، ކެއުމަށް ދިން ކުކުޅު މަސް ރޯފިލަންދެން ކައްކާފައި ނުވާ ކަމަށާއި، ބައެއް ތަކެތި ރަނގަޅަށް ނުކެކި ހުރުމުގެ އިތުރުން ކަނޑު މަސް އެކުލެވޭ ކާނާތަކުން ކުނިވަސް ދުވާ ކަމަށެވެ.

ލަސެމްގެ ކާނާ ފޯރުކޮށްދޭ ޔުނިޓުގެ ވެރިޔާ އަހުމަދު ސޮލާހް ޝަރަފުއްދީން ވަނީ މި ކަމަށް މައާފަށް އެދިވަޑައިގަންނަވައި، "ދަރިވަރުންނާއި މުދައްރިސުންގެ ފަރުވާއަށް ބޭނުންވާ ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ" ނަގާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، މި ހާދިސާއާ ގުޅިގެން އެ ޔުނިޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ފުރިހަމަ އިވެލުއޭޝަނެއް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިންޑޮނޭޝިއާގެ ނޭޝަނަލް ނިއުޓްރިޝަން އެޖެންސީގެ އިސްވެރިޔާ ވިދާޅުވީ، މިނކަމުގައި އިހުމާލެއް އޮތްކަން ފާހަގަކުރެވިއްޖެނަމަ އަދި ޖިނާއީ ކުށެއްގެ އުންސުރު އެކުލެވޭނަމަ، އެ ކަމުގައި އެއްވެސް އެހީތެރިކަމެއް ދެވެން ނެތް ކަމަށެވެ. ނަމަވެސް، މި ހާދިސާއަށް މައާފަށް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްދަރު: ބީބީސީ

އިންޑޮނޭޝިއާކާނާ ވިހަވުން

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 47 އަށް، ބޮޑެތި ގެއްލުންތަކެއް!

16 އޯގަސްޓު 2026
އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 47 އަށް، ބޮޑެތި ގެއްލުންތަކެއް!
15 އޯގަސްޓު 2026

އިންޑޮނީޝިއާގެ ފްލޯރެސްއަށް އައި 7.7 ގެ ބާރުގަދަ ބިންހެލުމުގައި 5 މީހުން މަރު

15 އޯގަސްޓު 2026
އިންޑޮނީޝިއާގެ ފްލޯރެސްއަށް އައި 7.7 ގެ ބާރުގަދަ ބިންހެލުމުގައި 5 މީހުން މަރު
02 އޯގަސްޓު 2026

އިންޑޮނޭޝިއާ ފެރީއެއްގައި އަލިފާން ރޯވުމުން 5 މީހަކު މަރު، 41 މީހުން ގެއްލިއްޖެ

02 އޯގަސްޓު 2026
އިންޑޮނޭޝިއާ ފެރީއެއްގައި އަލިފާން ރޯވުމުން 5 މީހަކު މަރު، 41 މީހުން ގެއްލިއްޖެ
03 ޖުލައި 2026

އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް 6.2 ގެ ބިންހެލުމެއް

03 ޖުލައި 2026
އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް 6.2 ގެ ބިންހެލުމެއް
30 ޖޫން 2026

ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމުގެ މަޝްރޫއެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޫގުލް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި އިންޑޮނީޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

30 ޖޫން 2026
ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމުގެ މަޝްރޫއެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޫގުލް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި އިންޑޮނީޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
28 ޖޫން 2026

ފެނުގެ އަޑީގައި 13 މިނެޓު ނޭވާ ހިފަހައްޓާ "ސީ ނޯމެޑްސް"

28 ޖޫން 2026
ފެނުގެ އަޑީގައި 13 މިނެޓު ނޭވާ ހިފަހައްޓާ "ސީ ނޯމެޑްސް"
08 ޖޫން 2026

ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި

08 ޖޫން 2026
ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި
02 އެޕްރީލު 2026

އިންޑޮނޭޝިއާ އަށް އައި 7.4 ގެ ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެއްޖެ

02 އެޕްރީލު 2026
އިންޑޮނޭޝިއާ އަށް އައި 7.4 ގެ ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެއްޖެ
03 މާރިޗު 2026

އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!

03 މާރިޗު 2026
އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!
18 ޖެނުއަރީ 2026

އިންޑޮނީޝިއާގެ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާ އެކު ގެއްލުނު މަތިންދާ ބޯޓުގެ ބައިތައް ފެނިއްޖެ

18 ޖެނުއަރީ 2026
އިންޑޮނީޝިއާގެ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާ އެކު ގެއްލުނު މަތިންދާ ބޯޓުގެ ބައިތައް ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް