Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިއާ

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 47 އަށް، ބޮޑެތި ގެއްލުންތަކެއް!

16 އޯގަސްޓު 2026 | އާދީއްތަ 09:25

އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީ (ބީއެންޕީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުމާއި އޭގެ ފަހުން އައި 341 އާފްޓަރ ޝޮކްތަކުގެ ސަބަބުން 900 އަށް ވުރެ ގިނަ ގެދޮރާއި، އެތައް ސަތޭކަ އިމާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފްސީލު އަދި ސާފުނުވާއިރު، އިންޑޮނޭޝިއާގެ އަނެއްކޮޅަށް 6.9 ގެ ބާރުމިނުގައި އައި ދެވަނަ ބިންހެލުމަކާ އެކު، އެ ސަރަހައްދަކީ ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުމުގެ ނުރައްކާ ބޮޑު "ރިންގް އޮފް ފަޔަރ" ގައި ހިމެނޭ ސަރަހައްދެއްކަން ވަނީ އަނެއްކާ ވެސް ހަނދާން ކޮށްދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އޯގަސްޓު 2026 | އާދީއްތަ 09:25
އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގައި އަނިޔާވި މީހުންް ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ

އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގައި އަނިޔާވި މީހުންް ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ | ރޮއިޓާސް

އިންޑޮނޭޝިއާގެ ފްލޯރެސް އައިލެންޑަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ކުއްލި ހާލަތުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ފަށައިފި އެވެ.

ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މިހާތަނަށް މަދުވެގެން 47 މީހުން މަރުވެފައިވާ ކަމަށް ވަނީ ކަށަވަރުވެފައި އެވެ. އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ އެންޑް ޖިއޯފިޒިކްސް އެޖެންސީ އިން ބުނި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 05:00 ހާއިރު ބިމުގެ 15 ކިލޯމީޓަރު އަޑިއަށެވެ.

އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީ (ބީއެންޕީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުމާއި އޭގެ ފަހުން އައި 341 އާފްޓަރ ޝޮކްތަކުގެ ސަބަބުން 900 އަށް ވުރެ ގިނަ ގެދޮރާއި، އެތައް ސަތޭކަ އިމާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި އެވެ. މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފްސީލު އަދި ސާފު ނުވާއިރު، އިންޑޮނޭޝިއާގެ އަނެއްކޮޅަށް 6.9 ގެ ބާރުމިނުގައި އައި ދެވަނަ ބިންހެލުމަކާ އެކު، އެ ސަރަހައްދަކީ ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުމުގެ ނުރައްކާ ބޮޑު "ރިންގް އޮފް ފަޔަރ" ގައި ހިމެނޭ ސަރަހައްދެއްކަން ވަނީ އަނެއްކާ ވެސް ހަނދާން ކޮށްދީފައި އެވެ.

ބިންހެލުމުގެ ލޮޅުންތައް ހުޅަނގުން ބީމާ ސަރަހައްދާ ހަމައަށް އިހުސާސް ކުރެވުނު ނަމަވެސް، އެންމެ ބޮޑު ގެއްލުމެއް ލިބުނީ މަންގަރާއީ ޕްރޮވިންސް އަށެވެ. ވަގުތީ ތަފްސީލުތަކަށް ބަލާއިރު އެ ސަރަހައްދުން 24 މީހަކު މަރުވެފައިވާއިރު، އީސްޓް މަންގަރާއީ އިން 17 މީހުން، ސިއްކަ ޕްރޮވިންސުން ތިން މީހުން އަދި އެންގާޑާ، އެންޑޭ އަދި ވެސްޓް މަންގަރާއީން އިން ކުރެ ކޮންމެ ސަރަހައްދަކުން އެކަކު ވަނީ މަރުވެފައި އެވެ. މީގެ އިތުރުން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، 11 މީހަކަށް ކުދި އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބީއެންޕީބީ އިން ބުނީ 5،000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ވަގުތީ ހިޔާވަހިކަމުގައި ތިބި ކަމަށާއި، އެ ސަރަހައްދުތަކަށް 10،500 އެހީގެ ޕެކޭޖު ފޮނުވާފައިވާ ކަމަށެވެ. ކާރިސާގެ ވަގުތުގައި އެންމެ އިސްކަމެއް ދެނީ ހާލުގައި ޖެހިފައިވާ މީހުންގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމަށް ކަމަށް އެ އެޖެންސީ އިން ބުނެ އެވެ. ފްލޯރެސްގެ އެންމެ ބޮޑު ރަށް ކަމަށްވާ މައުމެރޭގެ ބަނދަރުގައި ހުރި ޓާމިނަލް އިމާރާތުން ބޮޑެތި ކޮންކްރީޓް ގަނޑުތައް ފެރީ އަށް އަރަން ތިބި މީހުންގެ ގަޔަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައި އެވެ. އަދި ބައެއް މީހުން ކަނޑަށް ވެއްޓުނީ ފެރީ އަށް އަރަން އޮތް ސިޑި ކަހާލުމުގެ ސަބަބުންނެވެ.

އީސްޓް ނޫސާ ތެންގާރާ ޕްރޮވިންސްގެ ގަވަރުނަރު އެމަނުއަލް މެލްކިއަޑޭސް ލަކަ ލޭނާ ވިދާޅުވީ، މަރުވި މީހުންގެ ތެރެއިން ގިނަ މީހުން މަރުވީ ނިދާފައި ތިއްބާ އިމާރާތްތައް ބޯމައްޗަށް ވެއްޓުމުގެ ސަބަބުން ކަމަށެވެ. ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ކުރިން ނެރުނު ނަމަވެސް، ކަނޑުގެ ލޮނުގަނޑަށް ބޮޑު ބަދަލެއް ނައުމުން، ތިން ގަޑިއިރު ފަހުން އެ އިންޒާރު ވަނީ އުވާލާފައި އެވެ. ނަމަވެސް ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ބައެއް އަވަށްތަކަށް ދާން އޮތް މަގުތައް ބަންދުވެފައިވާއިރު، ރެސްކިއު ޓީމުތަކުން ދަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

އިންޑޮނޭޝިއާ އަކީ ދުނިޔޭގެ ތިން ޓެކްޓޯނިކް ޕްލޭޓެއް ބައްދަލުވާ ސަރަހައްދެއްގައި އޮންނަ ޤައުމަކަށް ވުމުން، އެ ޤައުމަކީ އަބަދުވެސް ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުމުގެ ނުރައްކާ އިންތިހާ އަށް އޮންނަ ޤައުމެކެވެ. ބީއެންޕީބީ އިން ވަނީ އާންމުން ހާސް ނުވުމަށާއި، އައްސޭރިފަށުގެ ސަރަހައްދުތަކާއި ގެއްލުން ލިބިފައިވާ އިމާރާތްތަކާ ދުރުގައި ތިބުމަށް އިލްތިމާސްކޮށްފައި އެވެ.

މަސްދަރު: ބީބީސީ

އިންޑޮނޭޝިއާބިން ހެލުން

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 އޯގަސްޓު 2026

އިންޑޮނީޝިއާގެ ފްލޯރެސްއަށް އައި 7.7 ގެ ބާރުގަދަ ބިންހެލުމުގައި 5 މީހުން މަރު

15 އޯގަސްޓު 2026
އިންޑޮނީޝިއާގެ ފްލޯރެސްއަށް އައި 7.7 ގެ ބާރުގަދަ ބިންހެލުމުގައި 5 މީހުން މަރު
11 އޯގަސްޓު 2026

ކޮލަމްބިއާގެ ބާރުގަދަ ބިންހެލުމުގައި މަދުވެގެން 111 މީހުން މަރުވެއްޖެ

11 އޯގަސްޓު 2026
ކޮލަމްބިއާގެ ބާރުގަދަ ބިންހެލުމުގައި މަދުވެގެން 111 މީހުން މަރުވެއްޖެ
10 އޯގަސްޓު 2026

ކޮލަމްބިއާއަށް އައި 7.4 ގެ ބާރުގަދަ ބިންހެލުމާއެކު ގިނަ އިމާރާތްތައް ވެއްޓި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

10 އޯގަސްޓު 2026
ކޮލަމްބިއާއަށް އައި 7.4 ގެ ބާރުގަދަ ބިންހެލުމާއެކު ގިނަ އިމާރާތްތައް ވެއްޓި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
08 އޯގަސްޓު 2026

އެމެރިކާގެ އެލަސްކާގެ ސަރަހައްދަކަށް 5.5 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

08 އޯގަސްޓު 2026
އެމެރިކާގެ އެލަސްކާގެ ސަރަހައްދަކަށް 5.5 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
05 އޯގަސްޓު 2026

ފިލިޕީންސްގެ ދެކުނަށް 6.3 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

05 އޯގަސްޓު 2026
ފިލިޕީންސްގެ ދެކުނަށް 6.3 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
04 އޯގަސްޓު 2026

ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 6،125 އަށް އަރައިފި

04 އޯގަސްޓު 2026
ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 6،125 އަށް އަރައިފި
03 އޯގަސްޓު 2026

މިޞްރުގެ އައްސޭރިފަށަށް 5.4 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

03 އޯގަސްޓު 2026
މިޞްރުގެ އައްސޭރިފަށަށް 5.4 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
02 އޯގަސްޓު 2026

އިންޑޮނޭޝިއާ ފެރީއެއްގައި އަލިފާން ރޯވުމުން 5 މީހަކު މަރު، 41 މީހުން ގެއްލިއްޖެ

02 އޯގަސްޓު 2026
އިންޑޮނޭޝިއާ ފެރީއެއްގައި އަލިފާން ރޯވުމުން 5 މީހަކު މަރު، 41 މީހުން ގެއްލިއްޖެ
02 އޯގަސްޓު 2026

ނިއުޒިލެންޑުގެ ނޯތު އައިލެންޑަށް 5.9ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

02 އޯގަސްޓު 2026
ނިއުޒިލެންޑުގެ ނޯތު އައިލެންޑަށް 5.9ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
28 ޖުލައި 2026

ޖަޕާނުގެ ކުމަމޯޓޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، މޯލް އެއް ގޮވައިފި

28 ޖުލައި 2026
ޖަޕާނުގެ ކުމަމޯޓޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، މޯލް އެއް ގޮވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް