Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑޮނޭޝިއާ

އިންޑޮނޭޝިއާ އަށް އައި 7.4 ގެ ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެއްޖެ

މި ބިންހެލުމަށް ފަހު ރިކްޓާ މިންގަނޑުން 5.5 އާއި، 5.2 ގެ ބާރު މިނުގައި ދެ ލޮޅުން އައިސްފައިވާއިރު، އިތުރު ލޮޅުން ތަކެއް އައުން އެކަށިގެންވާ ކަމަށް ވެސް ކަމާ ގުޅުން ހުރި އިދާރާ ތަކުން ވަނީ އިންޒާރު ދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 06:14
އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގައި ގެއްލުންވެފައިވާ އިމާރާތެއް

އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގައި ގެއްލުންވެފައިވާ އިމާރާތެއް | ސޯޝަލް މީޑިއާ

އިންޑޮނޭޝިއާގެ މޮލުކާ ކަނޑުގެ ސަރަހައްދަށް ބުރާސްފަތި ދުވަހުގެ ހެނދުނު ރިކްޓާ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް އައިސް، މިހާތަނަށް އެކަކު މަރުވެފައިވާ ކަމަށް ހާމަ ކޮށްފި އެވެ. 

އިންޑޮނޭޝިއާގެ ޓާނޭޓް ރަށާ ކައިރިން، ބިމުގެ 35 ކިލޯ މީޓަރު އަޑި އަށް އައި މި ބިންހެލުމާ ގުޅިގެން، ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ފަހުން ވަނީ އެ އިންޒާރު އަނބުރާ ގެންގޮސްފަ އެވެ. 

މި ހާދިސާގައި މަރުވެފައި ވަނީ ނޯތު ސުލަވޭސީ އަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ ބިންހެލުމުގެ ސަބަބުން އިމާރާތެއްގެ ބައިތައް ވެއްޓި، އޭގެ ދަށުވެގެން ކަމަށް އިންޑޮނޭޝިއާގެ ޤައުމީ ނިއުސް އެޖެންސީ، އަންތާރާ އިން ވަނީ ރިޕޯޓު ކޮށްފަ އެވެ. މީގެ އިތުރުން ބިންހެލުން އައި ވަގުތު ސަލާމަތް ވުމަށް އިމާރާތަކުން ފުންމާލި މީހެއްގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް އެ އެޖެންސީ އިން ވަނީ ބުނެފަ އެވެ. 

ބިންހެލުމުގެ ބާރު ގަދަ ކަމުން ގުއާމް، ޖަޕާން، މެލޭޝިޔާ، ޕަޕުއާ ނިއު ގިނީ، ފިލިޕީންސް އަދި ތައިވާންގެ އައްސޭރިފަށަށް 0.3 މީޓަރަށް ވުރެ ތިރި ސުނާމީ ރާޅު އެރުން އެކަށީގެންވާ ކަމަށް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ކުރިން ވަނީ ލަފާ ކޮށްފަ އެވެ. ނަމަވެސް ދެ ގަޑިއިރު ފަހުން އެ އިންޒާރު އުވާލާފައިވެ އެވެ. 

މި ބިންހެލުމަށް ފަހު ރިކްޓާ މިންގަނޑުން 5.5 އާއި، 5.2 ގެ ބާރު މިނުގައި ދެ ލޮޅުން އައިސްފައިވާއިރު، އިތުރު ލޮޅުން ތަކެއް އައުން އެކަށިގެންވާ ކަމަށް ވެސް ކަމާ ގުޅުން ހުރި އިދާރާ ތަކުން ވަނީ އިންޒާރު ދީފަ އެވެ. 

ބިންހެލުމުގެ އިހުސާސް ކުރެވުނު ބައެއް މީހުން ބީބީސީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މިއީ ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދަށް އައި އެންމެ ބާރު ގަދަ ބިންހެލުން ކަމަށެވެ. މަނާޑޯގައި ދިރިއުޅޭ ނޫސްވެރިއެއް ކަމަށް އިސްވަރާ ސަފީތުރީ ބުނީ، ބިންހެލުމުގެ ސަބަބުން ގޭގެ ފަރުނީޗަރުތައް ގުޑި، އޭނާގެ ބޯ އެނބުރުން އަރާ ގޮތްވި ކަމަށެވެ. އަދި ބޭރުގެ މަގުތައް ވެސް ތެޅެމުން ދިޔަ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ. 

އިންޑޮނޭޝިއާގެ ޖިއޮލޮޖިކަލް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތް ތަކަކަށް ވަނީ ގެއްލުން ލިބިފަ އެވެ. މަނާޑޯގެ ސްޕޯޓްސް ކޮމްޕްލެކްސް އަކުން ފެނުނު މަންޒަރު ތަކުން ފެންނަ ގޮތުގައި، ބޮޑެތި ފަރުނީޗަރުތައް ބިންމައްޗަށް ވެއްޓި، ދަގަނޑު އޮނިގަނޑުތައް ވެސް ވަނީ ބިންދައިގެން ގޮސްފަ އެވެ. 

މަސްދަރު: ބީބީސީ

އިންޑޮނޭޝިއާބިން ހެލުންސުނާމީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!

އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!

03 މާރިޗު 2026
އިންޑޮނީޝިއާގެ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާ އެކު ގެއްލުނު މަތިންދާ ބޯޓުގެ ބައިތައް ފެނިއްޖެ

އިންޑޮނީޝިއާގެ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާ އެކު ގެއްލުނު މަތިންދާ ބޯޓުގެ ބައިތައް ފެނިއްޖެ

18 ޖެނުއަރީ 2026
އިންޑޮނޭޝިޔާގެ ފަރުބަދަމަތީ ސަރަޙައްދަކަށް 11 މީހުންނާއެކު ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަން ފަށައިފި

އިންޑޮނޭޝިޔާގެ ފަރުބަދަމަތީ ސަރަޙައްދަކަށް 11 މީހުންނާއެކު ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަން ފަށައިފި

17 ޖެނުއަރީ 2026
ފޭކް ބަދުއަޚުލާގީ މަންޒަރުތައް ފެތުރުމުގެ ނުރައްކާ އޮތުމުން "ގްރޮކް" ޗެޓްބޮޓް ބްލޮކްކުރި ދުނިޔޭގެ ފުރަތަމަ ގައުމަކަށް އިންޑޮނޭޝިއާ ވެއްޖެ

ފޭކް ބަދުއަޚުލާގީ މަންޒަރުތައް ފެތުރުމުގެ ނުރައްކާ އޮތުމުން "ގްރޮކް" ޗެޓްބޮޓް ބްލޮކްކުރި ދުނިޔޭގެ ފުރަތަމަ ގައުމަކަށް އިންޑޮނޭޝިއާ ވެއްޖެ

10 ޖެނުއަރީ 2026
ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

31 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު