Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ މައްސަލަ

މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ: ރައީސް މުއިއްޒު

31 އޯގަސްޓު 2026 | ހޯމަ 16:34

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހޭގޮތަށް ހަމަޖެހުމުން، ދައުލަތަށް ލިބޭ ބޭރު ފައިސާ އިތުރުވެ އަސާސީ މުދާ އިމްޕޯޓްކުރުމަށް ފަސޭހަވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. މި ބަދަލަކީ ފަންނީ ދިރާސާތަކަށް ފަހު ގެނައި ބަދަލެއް ކަމަށާއި، މީގެ ސަބަބުން ރިސޯޓުތަކުގެ ހިންގުމަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި

ރާއްޖެ އެމްވީ | 31 އޯގަސްޓު 2026 | ހޯމަ 16:34
އެމެރިކާ ޑޮލަރުގެ ނޫޓުތަކެއްގެ ފޮޓޯއެއް

އެމެރިކާ ޑޮލަރުގެ ނޫޓުތަކެއްގެ ފޮޓޯއެއް | ގެޓީ އިމޭޖަސް

މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބައެއް ބިލުތައް ތަޞްދީޤު ކުރެއްވުމަށް ރައީސް އޮފީގުގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

"މިހާރު ސަރުކާރުން މި ފިޔަވަޅުތައް އަޅާނެކަން އިޢުލާނުކުރުމާ ހިސާބުން ފެށިގެންވެސް، އަދި މިއަދު މި އަދި ކިރިޔާ މި ބިލު ތަޞްދީޤު ކުރެވުނީ. މި ބޭރުފައިސާއާ ބެހޭ ބިލު. މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ބޭރުފައިސާގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލާ ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ، ގާނޫނަށް ގެނެވުނު ބަދަލުތަކަކީ މުހިންމު އިޞްލާޙެއް ކަމުގަ އެވެ.  އެގޮތުން، ރިސޯޓުތަކުން މީގެކުރިން، ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތްއޮތުމުގެ ބަދަލުގައި، ގްރޮސް ސޭލްސްގެ 40 އިންސައްތަ ބޭންކަށް މާރުކުރާ ގޮތަށް ބަދަލުވެގެން ދިޔަކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، މިކަމުގެ ސަބަބުން، "އަޅުގަނޑުމެންނަށް ލިބޭ ބޭރު ފައިސާ އިތުރުވެގެންދާނެ،" ކަމަށެވެ. ރައީސް މުއިއްޒު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، އެމް.އެމް.އޭ.އަށް ލިބޭ ފައިސާ އިތުރުވެގެންދިޔުމަކީ، އަސާސީ ކަންކަމަށް ކުރެވެންހުރި ޚަރަދުތަކަށް އެއިން ފައިދާވާނެ ކަމެއް ކަމުގަ އެވެ.

"އާދެ، އަޅުގަނޑުމެންނަށް ހިސާބުތަކުން އެބަ އެނގޭ، ފަތުރުވެރިކަމުގެ ޞިނާޢަތަށް މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް. އެހެންނަމަވެސް، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރޭގައި ވަދެފައިވަނީ، އޭގެތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު. މި 3.8 ބިލިއަން ޑޮލަރުގެ ތެރެއިންވެސް، އެންމެ 21 އިންސައްތަ މިވަނީ، ބޭންކުތަކަށް މާރުކޮށްފައި. ދެން، މި ޤާނޫނު އައުމުގެ ކުރިން، މި އަދަދު މިއަށްވުރެވެސް މަދު. އެންމެ 10 އިންސައްތަ މާރު ކުރަމުންދިޔައީ."

މުއިއްޒު ވިދާޅުވީ، 40 އިންސައްތައަށް ރިސޯޓުތަކުން ޑޮލަރު މާރުކުރުން އިތުރުވެގެން ދިޔުމުން، އެ ލިބޭ ފައިސާ ބޭނުންކުރުމަށް ގަސްދުކުރައްވަނީ ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ފައިސާ ދެއްކުމަށް ޓީ.ޓީ. ހެދުމާއި، އަސާސީ މުދަލަށް ޚާއްޞަގޮތެއްގައި އިސްކަންދެވިގެން، ވިޔަފާރިކުރާ ފަރާތްތަކަށް ޓީ.ޓީ. ހެދުމަށް ކަމުގަ އެވެ.

ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ވަރަށް ގިނަ ކަންބޮޑުވުންތައް ބައެއް ރިސޯޓުތަކުން ފާހަގަކުރަމުންދިޔަ ކަމަށާއި އެހެންނަމަވެސް، މި ބަދަލު ގެނައީ، ވަރަށް ރަނގަޅަށް ދިރާސާ ކުރެވިގެންކަން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މިއީ، ހަމަ ތިބެފައި ކުރިކަމެއް ނޫން. މިކަމުގެ ޢިލްމީ، ފަންނީ، ގާބިލް ފަރާތްތައް މިކަމުގައި ހުރިހާ މަސައްކަތެއް ކޮށްފައިވަނީ. އެމް.އެމް.އޭ.އިން، ފިނޭންސް މިނިސްޓްރީން، އިކޮނޮމިކް މިނިސްޓްރީން، ކަމާބެހޭ ހުރިހާ މިނިސްޓްރީތަކުން. މިކަމުގައި މަސައްކަތް ކޮށްފައިވަނީ، ހިސާބު ކިތާބު ބަލާފައި. ސްޓެޓިސްޓިކަލް މަޢުލޫމާތު އެއްކޮށްގެން."

ރައީސް މުއިއްޒު ޔަގީންކަން ދެއްވި ގޮތުގައި 40 އިންސައްތަ ޑޮލަރު މާރުކުރުމަކަށް ރިސޯޓުތަކަށް އެއްވެސް ދަތިކަމެއް ނޯންނާނެ އެވެ.

"އަޅުގަނޑުމެންނަށް ޔަޤީންކަމާއެކީގައި އެނގޭ. ރިޒޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ނޫނީވިއްޔާ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ނޫނީވިއްޔާ އޮޕަރޭޝަނަލް އެކްސްޕެންސްތަކަކަށް އެއްވެސް ދައްޗެއް ނުވާނެ، 40 އިންސައްތަ މާރުކޮށްގެނެއް. އެއީ ޔަގީން ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކަޅު ބާޒާރުގައި، ބޮޑު އަގުގައި ބައެއް ފަރާތްތަކުން ޑޮލަރު  މާރުކުރަމުން އެބަ ގެންދާ ކަމަށާއި، އެކަން އެހެން ވަނީ "ޔަގީނުންވެސް ފައިސާ އެކްސެސް ހުރީމަ" ކަމަށެވެ.

"ދެން އެހެންނޫނަސް، ހިސާބު ކިތާބުތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް، 40 އިންސައްތަ މާރުކުރުމަކީ، އެއްވެސް ރިޒޯޓަކަށް ދަތިވާނެކަމެއް ނޫން،" މުއިއްޒު ތަކުރާރުކުރައްވާ ފާހަގަކުރެއްވި އެވެ.

ޑރ. މުހައްމަދު މުއިއްޒުބޭރު ފައިސާގެ ވިޔަފާރިކަޅު ބާޒާރުޑޮލަރުގެ މައްސަލަ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

ނަތަންޔާހޫގެ ދަރިފުޅުގެ ފުރާނައަށް ނުރައްކާއޮތް ކަމަށް ބުނެ އެމެރިކާއިން ކުއްލިގޮތަކަށް ސިއްރުން ބޭރުކޮށްފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!

31 އޯގަސްޓު 2026
ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!
31 އޯގަސްޓު 2026

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރަށް ފިޔަވަޅު އެޅޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު ތަސްދީގުކޮށްފި

31 އޯގަސްޓު 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރަށް ފިޔަވަޅު އެޅޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު ތަސްދީގުކޮށްފި
31 އޯގަސްޓު 2026

މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފި

31 އޯގަސްޓު 2026
މީރާގެ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ވަރުގަދަކޮށް، ޓެކުހާ ގުޅޭ މަޢުލޫމާތު ހޯދުމަށް ކޮމިޝަނަރ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ދީފި
31 އޯގަސްޓު 2026

ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

31 އޯގަސްޓު 2026
މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
31 އޯގަސްޓު 2026

އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ކަނޑައަޅައި، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހް ތަސްދީގުކޮށްފި

ވައުދާ އެއްގޮތަށް ނޫސްވެރިންނާ ބައްދަނުކުރައްވާ، 2 މަހަށް ފަހު، އެ ވައުދު ފުއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައީސް ބޮޑު ދޮގެއް ހައްދަވައިފި

31 އޯގަސްޓު 2026
ވައުދާ އެއްގޮތަށް ނޫސްވެރިންނާ ބައްދަނުކުރައްވާ، 2 މަހަށް ފަހު، އެ ވައުދު ފުއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައީސް ބޮޑު ދޮގެއް ހައްދަވައިފި
31 އޯގަސްޓު 2026

އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް

31 އޯގަސްޓު 2026
އާމްދަނީގެ 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ، އެއީ ޔަގީން ކަމެއް: ރައީސް
31 އޯގަސްޓު 2026

މި ސަރުކާރުން ބޭކާރު ގޮތުގައި ގައުމުގެ އިގުތިސާދުން 1.2 ބިލިއަން ޑޮލަރު ބޭރުކޮށް، އިސްރާފުކޮށްލައިފި: ޔައުގޫބު

31 އޯގަސްޓު 2026
މި ސަރުކާރުން ބޭކާރު ގޮތުގައި ގައުމުގެ އިގުތިސާދުން 1.2 ބިލިއަން ޑޮލަރު ބޭރުކޮށް، އިސްރާފުކޮށްލައިފި: ޔައުގޫބު
31 އޯގަސްޓު 2026

ރައީސް މުއިއްޒު އުޅެނީ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ފުނޑާލަން، ބޭނުމަކީ ރާއްޖޭގެ ކޮންޓްރޯލް ނަގައިގެން ދިގު މުއްދަތަކަށް ވެރިކަމުގައި ހުރުން: ޔައުގޫބު

31 އޯގަސްޓު 2026
ރައީސް މުއިއްޒު އުޅެނީ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ފުނޑާލަން، ބޭނުމަކީ ރާއްޖޭގެ ކޮންޓްރޯލް ނަގައިގެން ދިގު މުއްދަތަކަށް ވެރިކަމުގައި ހުރުން: ޔައުގޫބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް