Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މާލީ ހާލަތު

މި ސަރުކާރުން ފައިސާ ހޯދަނީ ޑޮމެސްޓިކް މާރކެޓް އަދި ބީއެމްއެލް ބޭނުންކޮށްގެން: ސަރުވަޝް

10 ޖުލައި 2026 | ހުކުރު 13:09

ބޭރުގެ މާލީ އިދާރާތަކުން ފައިސާ ނުލިބުމުގެ ސަބަބުން ސަރުކާރުން ރާއްޖޭގެ ބޭންކުތަކާއި ޑޮމެސްޓިކް މާރކެޓަށް ބަރޯސާވާން ޖެހުމުން، ޑޮލަރުގެ ތާށިކަން ބޮޑުވެ އާންމުންނަށް ލޯނު ދޫކުރާ މިންވަރު މަދުވާނެ ކަމަށް ސަރުވަޝް އާދަމް ވިދާޅުވެއްޖެ. މީގެ އިތުރުން މަނިޓަރީ ފައިނޭންސް ބޭނުންކޮށްގެން ދަރަނި ދެއްކުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ސަބަބުން އިގްތިސާދީ ހާލަތު އިތުރަށް ގޯސްވަމުންދާކަން އޭނާ ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 ޖުލައި 2026 | ހުކުރު 13:09
ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަދި ކުރީގެ ޕެންޝަން ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް

ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަދި ކުރީގެ ޕެންޝަން ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް | ރާއްޖެއެމްވީ

މި ސަރުކާރުން ފައިސާ ހޯދަނީ ޑޮމެސްޓިކް މާރކެޓާއި ބޭންކް އޮފް މޯލްޑިވްސް އިން ކަމަށް ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަދި ކުރީގެ ޕެންޝަން ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަރުވަޝް ވިދާޅުވީ ޑޮލަރުގެ ތާށިކަން ދިމާވަނީ ސަރުކާރަށް ރާއްޖެއިން ބޭރުން ފައިސާ ނުހޯދޭތީ ކަމަށެވެ. އަދި އެބައި ފޫބައްދަނީ ބީއެމްއެލް އާއި ރާއްޖޭގެ ޑޮމެސްޓިކް މާރކެޓްއިން ފައިސާ ހޯދައިގެން ކަމަށް ވިދާޅުވި އެވެ.

Advertisement - newsAdvertisement
ވަރަށް ބޮޑަށް ޑޮމެސްޓިކް މާރކެޓްއިން ފައިސާ ހޯދަނީ، މިހާރު ހަގީގަތުގައި ބަޖެޓުގައި ފައިނޭންސިންގ ޕްލޭން މި އޮންނަނީ ޑޮމޭސްޓިކް މާރކެޓުން އެއްބައި، މީ ބޭރުގެ ބައެއް ފަރާތްތަކުން އެއްބައި ހޯދާ ގޮތަށް އެހެންނަމަވެސް ބޭރުގެ ފަރާތްތަކުން ފައިސާ ނުހޯދޭތީވެ އެއްކަލަ ޑޮލަރުގެ ތާށިކަން މި ދިމާވަނީ، އެހެންނަމަވެސް އެބައި ފޫބައްދަނީ ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގެ ޑޮމޭސްޓިކް މާރކެޓުން ފައިސާ ހޯދައިގެން
ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަދި ކުރީގެ ޕެންޝަން ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް 

ބީއެމްއެލް އަދި ޑޮމެސްޓިކް މާރކެޓްތަކުން ފައިސާ ހޯދުމުގެ ސަބަބުން ދިވެހި އާންމު ރައްޔިތުންނަށް ގެއްލުން ކުރާނެ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުންނަށް ލޯނު ދޭން ހުންނަ ފައިސާ މަދުވާނެ ކަމަށާއި އާންމުންނަށް ޑޮލަރު ނުލިބި، ޑޮލަރުގެ މައްސަލަތައް އުފެދެނީ ބޭރުގެ ފަރާތްތަކުން ފައިސާ ނުލިބި ޑޮމެސްޓިކް މާކެޓުން ފައިސާ ނަގާތީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. މީގެއިތުރުން މިގޮތަށް ކަންތައް ކުރުމުން ބޭރުގެ ދަރަނިތައް ބަދަލުވަނީ ޑޮމެސްޓިކް ދަރަންޔަށް ކަމަށް ވިދާޅުވި އެވެ. އަދި ދަރަނި ދައްކަނީ ބީއެމްއެލް ނުވަތަ ޑޮމެސްޓިކް މާރކެޓަކުން ދަރަންޔަށް ފައިސާ ނަގައިގެން ކަމަށެވެ.

މީގެ އިތުރުން ސަރްވަޝް ވިދާޅުވީ ސަރުކާރުން މޮނިޓަރީ ފައިނޭންސް ބޭނުން ކޮށްގެން ވެސް ފައިސާ ހޯދަން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އެމްއެމްއޭއިން ހުޅުމާލެއިން ބިން ގަނެގެންނާއި ޕެންޝަން އޮފިސް މެދުވެރިކޮށް ފައިސާ ހޯދަން މަސައްކަތް ކުރިކަމަށް ވިދާޅުވި އެވެ.

ހަގީގަތުގައި މި ދަރަނި އެއްކޮށް ބަދަލުވަނީ ޑޮމެސްޓިކް ދަރަންޔަށް، އެހެންވީމަ ދަރަނި ނަގައިގެން މިކުރަނީ، ހަމަ ދަރަނީގައި ދައުލަތް ހިންގަނީ، އެ ދަރަނި އިތުރުވަމުން އަންނަނީ ވެސް
ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަދި ކުރީގެ ޕެންޝަން ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް 

މިމޭރުމުން ސަރްވާޝް ވާހަކަ ދައްކަވައި ކަންބޮޑުވުންފާޅު ކުރައްވާފައިވާއިރު، ރާއްޖޭގައި ޑޮލަރުގެ ރޭޓު އެދުވަހުން އަނެއް ދުވަހަށް މަތިވެ، އިގްތިސާދީ ހާލަތު ދަނީ ދަށަށްކަން ފާހަގަކުރެވެ އެވެ. އަދި މިކަމުން ދިފާއުވުމަށް ރާއްޖޭގެ ދަރަނި ދައްކަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. ނަމަވެސް ދަރަނި ދެއްކީ ރިޒާވުގައި ހުރި ފައިސާއިން ކަމަށާއި، ރައްޔިތުން ސަރުކާރަށް ދިން ގާތްގަނޑަކަށް 900 މިލިއަން ޑޮލަރަށް ވީނުވީ ނޭނގޭ އެމްޑީޕީގެ ރައްޔިތުން މަޖިލީހުގެ މެންބަރުން ވިދާޅުވެފައިވެ އެވެ. އަދި މިތުހުމަތުތަކަށް ސަރުކާރުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައިނުވެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަހުމަދު ސަރުވަޝް އާދަމްބޭރު ފައިސާޑޮލަރުގެ ތާށިކަން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ޖުލައި 2026

ބީއެމްއެލް އާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

06 ޖުލައި 2026
ބީއެމްއެލް އާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
30 ޖޫން 2026

ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި

30 ޖޫން 2026
ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
27 ޖޫން 2026

ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު

27 ޖޫން 2026
ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް  އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު
27 ޖޫން 2026

ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި

27 ޖޫން 2026
 ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި
26 ޖޫން 2026

މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް

26 ޖޫން 2026
މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް
25 ޖޫން 2026

ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި

25 ޖޫން 2026
ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް