Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާާ-ވެނެޒުއެލާ

އެމެރިކާ އާއެކު ސޮއިކުރި އެއްބަސްވުން 25 އަހަރަށް ދެމިގެން ދާނެ ކަމަށް ވެނެޒުއޭލާގެ ރައީސާ ޑެލްސީ ވިދާޅުވެއްޖެ

30 އޯގަސްޓު 2026 | އާދީއްތަ 04:16

ޑެލްސީ ފާހަގަ ކުރެއްވި ގޮތުގައި، އެމެރިކާ އާއެކު މިފަދަ ދިގު މުއްދަތުގެ އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް، ވެނެޒުއެލާގެ ޤުދުރަތީ ވަސީލަތްތަކުގެ މައްޗަށް އޮތް ފުރިހަމަ ބާރާއި ސިޔާދަތީ މިނިވަންކަން އެ ޤައުމުން ދަމަހައްޓާނެ. އަދި ޤައުމުގެ ވަސީލަތްތައް ބޭނުންކުރުމުގައި އެންމެ އިސްކަމެއް ދޭނީ ޤައުމީ މަސްލަހަތަށް ކަމަށް ވެސް އެކަމަނާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޯގަސްޓު 2026 | އާދީއްތަ 04:16
ވެނެޒުއޭލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް

ވެނެޒުއޭލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް | ގެޓީ އިމޭޖަސް

އެމެރިކާ އާއެކު ޤާއިމުކޮށްފައިވާ ހަކަތައިގެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 25 އަހަރު ދުވަހު ދެ ޤައުމުގެ ދެމެދުގައި މުހިންމު މަސައްކަތްތަކެއް ކުރިއަށް ދާނެ ކަމަށް ވެނެޒުއޭލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެއްޖެ އެވެ.

މި އެއްބަސްވުމަކީ ވެނެޒުއޭލާގެ އިގުތިސާދީ ކުރިއެރުމަށާއި ހަކަތައިގެ ދާއިރާ ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފައި އެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޑެލްސީ ވިދާޅުވީ، މި މަޝްރޫއުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެނެޒުއޭލާ އިން އުފައްދާ ސާފުނުކުރާ ތެޔޮ ނުވަތަ ކްރޫޑް އޮއިލްގެ މިންވަރު އިތުރުކުރުން ކަމަށެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ވެނެޒުއޭލާގެ ތެލުގެ ހިއްސާ އިތުރުވެ، ޤައުމަށް ވަންނަ އާމްދަނީ އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ.

މީގެ އިތުރުން ޑެލްސީ ފާހަގަ ކުރެއްވި ގޮތުގައި، އެމެރިކާ އާއެކު މިފަދަ ދިގު މުއްދަތުގެ އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް، ވެނެޒުއޭލާގެ ޤުދުރަތީ ވަސީލަތްތަކުގެ މައްޗަށް އޮތް ފުރިހަމަ ބާރާއި ސިޔާދަތީ މިނިވަންކަން އެ ޤައުމުން ދަމަހައްޓާނެ އެވެ. އަދި ޤައުމުގެ ވަސީލަތްތައް ބޭނުންކުރުމުގައި އެންމެ އިސްކަމެއް ދޭނީ ޤައުމީ މަސްލަހަތަށް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

މި އެއްބަސްވުމަކީ ވެނެޒުއޭލާގެ ހަކަތައިގެ ސިނާއަތަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ޚާއްސަކޮށް ބައިނަލްއަޤުވާމީ މައިދާނުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ވެސް، އެމެރިކާ ފަދަ ބޮޑު ބާރަކާ އެކު 25 އަހަރުގެ ދިގު މުއްދަތަކަށް މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރުމަކީ ވެނެޒުއޭލާގެ ތެލުގެ ސިނާއަތަށް އިންވެސްޓަރުންގެ އިތުބާރު ލިބިގެންދާނެ ކަމެކެވެ.

ވެނެޒުއޭލާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި އެ ޤައުމުގެ ތެޔޮ އުފައްދާ މިންވަރު މިހާރަށް ވުރެ ބޮޑު ތަނުން އިތުރުވެގެންދާނެ އެވެ. މިއީ ޤައުމުގެ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށް ވެސް ޑެލްސީ ވަނީ ވިދާޅުވެފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-ވެނެޒުއޭލާވެނެޒުއޭލާޑެލްސީ ރޮޑްރިގޭޒް

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

29 އޯގަސްޓު 2026

ވެނެޒުއޭލާގެ 65 ބިލިއަން ފީފާ ތެލުގެ ކޮންޓްރޯލް އެމެރިކާއަށް

29 އޯގަސްޓު 2026
ވެނެޒުއޭލާގެ 65 ބިލިއަން ފީފާ ތެލުގެ ކޮންޓްރޯލް އެމެރިކާއަށް
04 އޯގަސްޓު 2026

ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 6،125 އަށް އަރައިފި

04 އޯގަސްޓު 2026
ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 6،125 އަށް އަރައިފި
03 އޯގަސްޓު 2026

ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ

08 ޖުލައި 2026

ބްރެޒިލުން ބުނީ އެމެރިކާގެ ޓެރަރިސްޓް ލިސްޓަކީ އެ ގައުމަށް އެމެރިކާ އިން އަރައިގަތުމަށް ބަހަނާއަކަށް ވެދާނެ ކަމަށް

08 ޖުލައި 2026
ބްރެޒިލުން ބުނީ އެމެރިކާގެ ޓެރަރިސްޓް ލިސްޓަކީ އެ ގައުމަށް އެމެރިކާ އިން އަރައިގަތުމަށް ބަހަނާއަކަށް ވެދާނެ ކަމަށް
03 ޖުލައި 2026

ބިންހެލުމުގައި ލިބުނު ގެއްލުން ތަކުން އަރައިގަތުމަށް ވެނެޒުއެލާ އިން 200 މިލިއަން ޑޮލަރުގެ ފަންޑެއް އެކުލަވާލަނީ

03 ޖުލައި 2026
ބިންހެލުމުގައި ލިބުނު ގެއްލުން ތަކުން އަރައިގަތުމަށް ވެނެޒުއެލާ އިން 200 މިލިއަން ޑޮލަރުގެ ފަންޑެއް އެކުލަވާލަނީ
02 ޖުލައި 2026

ވެނެޒުއޭލާއަށް ބާރުގަދަ ބިންހެލުމުން އައިތާ އަށް ދުވަސް ފަހުން ވެއްޓިފައިފައިވާ އިމާރާތްތަކުގެ ދަށުން މީހަކު ސަލާމަތްކޮށްފި

02 ޖުލައި 2026
ވެނެޒުއޭލާއަށް ބާރުގަދަ ބިންހެލުމުން އައިތާ އަށް ދުވަސް ފަހުން ވެއްޓިފައިފައިވާ އިމާރާތްތަކުގެ ދަށުން މީހަކު ސަލާމަތްކޮށްފި
01 ޖުލައި 2026

ވެނެޒުއެލާގެ ބިންހެލުން: އިމާާރާތެއްގެ ދަށުގައި ހަ ދުވަސް ވަންދެން ތާށިވެފައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި

01 ޖުލައި 2026
ވެނެޒުއެލާގެ ބިންހެލުން: އިމާާރާތެއްގެ ދަށުގައި ހަ ދުވަސް ވަންދެން ތާށިވެފައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި
30 ޖޫން 2026

ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް

30 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް
28 ޖޫން 2026

ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ

28 ޖޫން 2026
ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ
27 ޖޫން 2026

ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް، ގެއްލުނު މީހުންގެ އަދަދު 50،000 ގައި

27 ޖޫން 2026
ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް، ގެއްލުނު މީހުންގެ އަދަދު 50،000 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް