Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

އިންޑިއާގައި ހަދަމުން ދިޔަ ޓަނަލެއް ގޮވައި މަދުވެގެން 12 މީހުން މަރުވެއްޖެ

އިންޑިއާގެ ސިކިމްގައި ހަދަމުންދިޔަ ހައިޑްރޯޕަވަރ ޓަނަލެއްގެ ތެރޭގައި މީތޭން ގޭސް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގައި 12 މީހުން މަރުވެ، ތާށިވި އިތުރު 13 މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ސިކިމް ސަރުކާރުން ޚާއްޞަ ތަޙުޤީޤެއް ފަށާފައިވާއިރު، ރެސްކިއު ޓީމުތަކުން މިހާރު އަމާޒު ހިފާފައިވަނީ ޓަނަލްގެ އެތެރޭގައި މީހުން ތިބި ކަމަށް ބެލެވޭ ވަކި ސަރަހައްދެއް ބެލުމަށެވެ.

ރާއްޖެ އެމްވީ | 22 ޖުލައި 2026 | ބުދަ 08:26
Your browser does not support the video tag.
0:00 / 0:00

އިންޑިއާގެ ސިކިމް ސްޓޭޓްގެ ނާމްޗީ ޑިސްޓްރިކްޓްގައި ހަދަމުންދިޔަ ޓަނަލެއް ގޮވުމުގެ ހާދިސާގައި މަދުވެގެން 20 މަސައްކަތްތެރިން މަރުވެ، އިތުރު ފަސް މީހަކު 24 ގަޑިއިރަށްވުރެ ގިނަ އިރު ވަންދެން އެތަނުގެ ތެރޭގައި ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ | ޕީޓީއައި

އިންޑިއާގެ އުތުރުއިރުމަތީ ސިކިމް ސްޓޭޓްގައި ހަދަމުންދިޔަ ޓަނަލް ތެރޭގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައި، އެތަނުން ބައެއް ވެއްޓި މަދުވެގެން 12 މަސައްކަތްތެރިން މަރުވެއްޖެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާގައި ޓަނަލް ތެރޭގައި ތާށިވި ކަމަށް ރިޕޯޓްކޮށްފައިވާ އިތުރު 13 މީހަކު ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަދިވެސް ދަނީ ކުރަމުންނެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް (އެން.ޑީ.އާރް.އެފް) އިން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޓަނަލްގެ އެތެރޭގެ ގާތްގަނޑަކަށް 1.5 ކިލޯމީޓަރު (0.9 މޭލު) ހިސާބުގަ އެވެ.

ހިމާލިޔާ ސަރަހައްދުގައި ހިމެނޭ ސިކިމްގައި، ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނޭޝަނަލް ހައިޑްރޯއިލެކްޓްރިކް ޕަވަރ ކޯޕަރޭޝަން (އެން.އެޗް.ޕީ.ސީ) އިން ތަރައްޤީކުރާ މި ބޮޑު މަޝްރޫޢަކީ، ކައިރީގައި އޮންނަ ޓީސްޓާ ކޯރުން ހައިޑްރޯޕަވަރ ޕްލާންޓެއްގެ ޓާބައިންތަކަށް ފެން ގެންދިއުމަށްޓަކައި ހަދަމުންދާ ޓަނަލެކެވެ.

Your browser does not support the video tag.

ޓަނަލުގެ އެތެރެ ފެންނަ ވީޑިއޯ

އެން.އެޗް.ޕީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގީ ހިލަތަކުގެ ތެރޭގައި ތާށިވެފައި ހުރި ކަމަށް ބެލެވޭ މީތޭން ގޭސްތަކެއް ކުއްލިއަކަށް ބޭރުވެ، ގޮވުމެއް ހިނގައި، އޭގެ ސަބަބުން ބޯ ދުމާއި ވިހަ ގޭސްތައް އުފެދުމާ ގުޅިގެން ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ސިކިމް ސަރުކާރުން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ "މީތޭން ގޭހުގައި ރޯވުމުގެ" ސަބަބުން ކަމަށެވެ.

މީތޭން އަކީ ގުދުރަތީ ގޮތުން ބިމުގެ އަޑީގައި އުފެދި، ބައެއް ފަހަރު ހިފެހެއްޓިފައި ހުންނަ ގޭހެކެވެ. ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޓަނަލް ކޮނުމުގެ ތެރޭގައި މި ގޭސް ބޭރުވެ، ބަންދުވެފައިވާ ތަނެއްގެ ތެރޭގައި ކުޑަވެސް އަލިފާން ކަންޏެއް ފަދަ އެއްޗެއްގެ ސަބަބުން އަލިފާން ރޯވުން ނުވަތަ ގޮވުމެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.

މި ހާދިސާ ހިނގި ވަގުތު ޓަނަލްގެ އެކި ސަރަހައްދުތަކުގައި 27 މީހުން މަސައްކަތް ކުރަމުންދިޔައިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ ގޮވުމަށްފަހު ސަލާމަތުން ބޭރަށް ނުކުމެފަ އެވެ. އަދި ބާކީ 25 މީހުން ތިބީ އެތެރޭގައި ތާށިވެފަ އެވެ.

ބުދަ ދުވަހުގެ ހެނދުނު ބީ.ބީ.ސީ އަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސޯނަމް ޑީ ބޫޓިއާ ވިދާޅުވީ، ތާށިވި 25 މީހުންގެ ތެރެއިން މިހާތަނަށް 12 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، ބާކީ ތިބި 13 މީހުން ހޯދުމުގެ މަސައްކަތް ޓީމުތަކުން ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނާ ގޮތުގައި މަރުވި މީހުންގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ދެނެގަނެވިފައެވެ. 

އޮފިޝަލުން ވިދާޅުވި ގޮތުގައި، މި މީހުން މަރުވާން މެދުވެރިވި ސީދާ ސަބަބު ކަށަވަރުވާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހުގަ އެވެ.

އެން.ޑީ.އާރް.އެފްގެ އޮފިޝަލް މުހްސިން ޝާހިދީ އޭ.އެން.އައި ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ކުރިއަށްދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ބޮޑަށް އަމާޒުކޮށްފައިވަނީ، ބާކީ ތިބި މީހުން ތިބޭނެ ކަމަށް ލަފާކުރެވޭ 200 މީޓަރުގެ ވަކި ސަރަހައްދަކަށް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ސިކިމްގެ ޗީފް މިނިސްޓަރު ޕްރޭމް ސިންގް ތަމަންގް ވަނީ ހާއްސަ ތަހުގީގީ ޓީމެއް އެކުލަވާލައްވާފަ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ތަމަންގް ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބާއި ކަން ހިނގާދިޔަ ގޮތް ހޯދުމަށް ފަންނީ މާހިރުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށާއި، އެ ޓީމުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މަސްދަރު: ބީބީސީ

ސިކިމްނޭޝަނަލް ހައިޑްރޯއިލެކްޓްރިކް ޕަވަރ ކޯޕަރޭޝަންނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްޓީސްޓާ ކޯރުޕްރޭމް ސިންގް ތަމަންގްހިމަލަޔާ

އިތުރަށް ކިޔާލަން

05 ޖޫން 2017

މައްކާގައި ފޭކް ޒަމްޒަމް ފެން ވިއްކަމުންދިޔަ ފެކްޓްރީއެއް ރެއިޑްކޮށްފި

05 ޖޫން 2017
މައްކާގައި ފޭކް ޒަމްޒަމް ފެން ވިއްކަމުންދިޔަ ފެކްޓްރީއެއް ރެއިޑްކޮށްފި
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
15 މެއި 2017

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

15 މެއި 2017
އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
06 އެޕްރީލު 2017

ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ

06 އެޕްރީލު 2017
ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު