Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެއްމާބަނޑު ކުދިން

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

28 އޯގަސްޓު 2026 | ހުކުރު 17:19

އޮސްޓްރޭލިއާގެ ސަރޮގޭޓް މަންމައަކު އެހެން ދެމަފިރިއެއްގެ ދަރިއަކަށް ބަނޑުބޮޑުވި ފަހުން، ގުދުރަތީ ގޮތުން އޭނާގެ އަމިއްލަ ދަރިއަކަށް ވެސް ބަނޑުބޮޑުވެ، އެއްމާބަނޑު ދެ ކުދިންގެ ގޮތުގައި ވިހޭ މައްސަލައެއް ފެންމަތިވެއްޖެ. މި ދެ ކުދިންގެ މެދުގައި ބަޔޮލޮޖިކަލް ގުޅުމެއް ނެތުމުން، ކޯޓުން ނިންމީ އެއީ ގާނޫނީ ގޮތުން އެއްބަނޑުއެއްފާ ކުދިން ނޫން ކަމަށާއި، އެހެންކަމުން ދެ އާއިލާއަށް އެ ކުދިން ވަކިން ބަލާބޮޑުކުރެވޭނެ ކަމަށް. މިއީ ސަރޮގޭސީގެ ތާރީޚުގައި ވަރަށް މަދުން ނޫނީ ދިމާނުވާ ތަފާތު ހާދިސާއެއް

ރާއްޖެ އެމްވީ | 28 އޯގަސްޓު 2026 | ހުކުރު 17:19
އެއް މާބަނޑު ދެބެންގެ ފޮޓޯ އެއް

އެއް މާބަނޑު ދެބެންގެ ފޮޓޯ އެއް | ގެޓީ އިމޭޖަސް

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި އެވެ.

ކުއީންސްލޭންޑަށް ނިސްބަތްވާ މި އަންހެން މީހާއަކީ އެހެން ދެމަފިރިއަކަށް ދަރިއަކު ހޯދައިދިނުމަށް "ސަރޮގޭޓް" މަންމައެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އޭނާ މިދިޔަ ނޮވެމްބަރު މަހު ވިހާފައިވަނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ.

މި އަންހެން މީހާ ބަނޑުބޮޑުވީ، އެހެން ދެމަފިރިއެއްގެ ދަރިމައިވުމުގެ ފަރުވާގެ ތެރެއިން އެ މީހުންގެ އެމްބްރިއޯ އޭނާގެ ރަހިމުގައި އިންދާފައި ވަނިކޮށް، އޭނާގެ ފިރިމީހާ އަށް ބަނޑުބޮޑުވުމާ ގުޅިގެންނެވެ.

ސްކޭންތަކުން އެ އަންހެން މީހާގެ ބަނޑުގައި އެއްމާބަނޑު ދެ ކުދިން ތިބިކަން އެނގުނު ނަމަވެސް، ޑީއެންއޭ ޓެސްޓުތަކުން ދެއްކި ގޮތުގައި ފިރިހެން ކުއްޖާއަކީ އެ އަންހެން މީހާއާއި އޭނާގެ ފިރިމީހާގެ ބަޔޮލޮޖިކަލް ދަރިއެކެވެ. އަދި އަންހެން ކުއްޖާއަކީ އެމްބްރިއޯ ހަދިޔާކުރި އަނެއް ދެމަފިރިންގެ ޖެނެޓިކް ދަރިއެކެވެ.

މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ހާދިސާއަކަށް ވުމުން، ކުއީންސްލޭންޑްގެ ސަރޮގޭސީ ގާނޫނުތަކުގައި މިފަދަ ކަމަކަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ. އެ ގާނޫނު ބުނާގޮތުން އެއްމާބަނޑުކޮށް އުފަންވާ ކުދިން ނުވަތަ "ބާތު ސިބްލިންގްސް" ވަކިކުރުމަކީ މަނާކަމެކެވެ.

މި ދެ ކުދިން އުފަންވިތާ ނުވަ މަސް ވެފައިވާއިރު، ދެމަފިރިން ވެސް އަންނަނީ އެ މީހުންގެ އަމިއްލަ ބަޔޮލޮޖިކަލް ދަރިން ވަކިން ބަލާބޮޑުކުރަމުންނެވެ. އަދި ދަރިންގެ ބެލެނިވެރިކަމާ މެދު ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެ އެވެ.

ނަމަވެސް، އެއްމާބަނޑު ކުދިން ވަކިކުރުން މަނާކުރާ ގާނޫނުގެ ސަބަބުން، މި އާދަޔާ ހިލާފު މައްސަލަ ކުއީންސްލޭންޑްގެ ޗިލްޑްރަންސް ކޯޓަށް ހުށަހަޅަން ޖެހުނެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅަން ޖެހުނީ، ސަރޮގޭޓް މަންމައާއި އޭނާގެ ފިރިމީހާ، އެ މީހުންގެ އަމިއްލަ ދަރިފުޅުގެ ގާނޫނީ ބެލެނިވެރިކަން ހޯދުމަށް "ޕޭރެންޓޭޖް އޯޑަރެއް" ހޯދަން ޖެހުމުންނެވެ. މިކަމަށް އަނެއް ދެމަފިރިން އިއުތިރާޒެއް ކޮށްފައެއް ނުވެ އެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރު ޖޯޑީ ވޫލްޑްރިޖް ނިންމެވީ، މި ހާލަތަކީ ވަރަށް ތަފާތު ހާލަތެއް ކަމަށާއި، ގާނޫނީ ގޮތުން މި ދެ ކުދިންނަކީ "ބާތު ސިބްލިންގްސް" ނުވަތަ އެއްބަނޑުއެއްފާ ކުދިން ނޫން ކަމަށެވެ. ފަނޑިޔާރު މި ކުދިން ސިފަކުރެއްވީ "ޖެސްޓޭޝަނަލް ޓްވިންސް" ނުވަތަ އެއް ރަހިމެއްގައި އެކުގައި ބޮޑުވި ދެ ކުދިންގެ ގޮތުގަ އެވެ.

ފަނޑިޔާރުގެ ހުކުމުގައި ވިދާޅުވެފައިވަނީ، ކުދިން ބޮޑުވަމުން އަންނަ ގޮތް ބިނާވެގެންވަނީ އެ ކުދިންނަށް ލިބޭ އަޅާލުމާއި، އާއިލީ ގުޅުމާއި، އެ ކުދިންގެ އަސްލާ މެދު އޮންނަ ތެދުވެރިކަމުގެ މައްޗަށް ކަމަށް ހެކިތަކުން ބާރުދޭ ކަމަށެވެ.

އެހެންކަމުން، އުފަންވީއްސުރެ މި ދެ ކުދިން ވަކިން ބޮޑުވުމުގެ ސަބަބުން، އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މި ދެ އާއިލާގެ މެދުގައި ސަރޮގޭސީގެ އެއްބަސްވުން ގާއިމުކުރެވުނީ ދެ ފަރާތުގެ ދަންނަ ރަހުމަތްތެރިއެއްގެ މެދުވެރިވެގެންނެވެ.

ކޯޓުގެ ރެކޯޑްތަކުން އެނގޭ ގޮތުގައި، ބީއެންޖޭ އަދި ބީއާރްޖޭގެ ނަމުން ނަންދީފައިވާ ދެމަފިރިންނަށް ދަރިން ނުލިބެނީ، ބީއެންޖޭ އުފަންވީއިރު ރަހިމު ނެތުމުގެ ސަބަބުންނެވެ.

އެ މީހުންނާ ބައްދަލުވި ޑީޒެޑް އަދި އެފްޒެޑް ނަމަކަށް ކިޔާ ދެމަފިރިންގެ މިހާރުވެސް ފަސް ކުދިން ތިބިއިރު، އެ މީހުން އެއްބަސްވީ ސަރޮގޭޓް މަންމައެއްގެ ގޮތުގައި އެހީތެރިވުމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އައިވީއެފް މެދުވެރިކޮށް އެމްބްރިއޯ ވަނީ އިންދާފަ އެވެ.

އޭގެ ދެ ހަފްތާ ފަހުން ހެދި ސްކޭންތަކުން ޑީޒެޑްގެ ބަނޑުގައި އެއްމާބަނޑު ދެ ކުދިން ތިބިކަން ކަށަވަރުވި އެވެ. އަދި ފަހުން ހެދި ޑީއެންއޭ ޓެސްޓުތަކުން އެނގުނު ގޮތުގައި އަންހެން ކުއްޖާއަކީ އަނެއް ދެމަފިރިންގެ ބަޔޮލޮޖިކަލް ދަރިއެކެވެ. އަދި ފިރިހެން ކުއްޖާއަކީ ޑީޒެޑް އާއި އެފްޒެޑްގެ އަމިއްލަ ދަރިއެކެވެ.

ފިރިހެން ކުއްޖާ ބަނޑުގައި އުފެދުނީ އެމްބްރިއޯ އިންދުމުގެ މަރުހަލާއާ ވަކިން، އެއްވެސް މެޑިކަލް އެހީތެރިކަމެއް ނެތި ގުދުރަތީ ގޮތުންނެވެ.

ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ޑީޒެޑް އަދި އެފްޒެޑް އެ ވަގުތު އިތުރު ދަރިއަކު ހޯދަން ގަސްދުކޮށްފައި ނުވި ނަމަވެސް، އެ ކުއްޖާއަކީ އެ މީހުން އިންތިހާއަށް ލޯބިވާ އަދި ބޭނުންވާ ދަރިއެއް ކަމަށެވެ.

ދެ އާއިލާއިން ވެސް ކޯޓުގައި ބުނެފައިވަނީ، ދެ ކުދިން ވެސް ބޮޑުވަމުންދާނީ އެކަކު އަނެކަކު އެނގިގެން ކަމަށާއި، އެ ކުދިންގެ އަސްލާއި އާއިލީ ގުޅުންތައް އުމުރާ ގުޅޭ ގޮތަށް ކިޔައިދެމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން، އަންހެން ކުއްޖާގެ އަސްލާއި ބެލެނިވެރިކަމާ މެދު ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ބެހެއްޓުމަކީ އެ ކުއްޖާގެ މުސްތަގުބަލަށް އެންމެ ފައިދާހުރި ގޮތް ކަމަށް ދެ ފަރާތުން ވެސް އެއްބަސްވާ ކަމަށް ހުކުމުގައިވެ އެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ވެސް ކެލިފޯނިއާގެ އަންހެނެއް ކަމަށްވާ ޖެސިކާ އެލަން، ސަރޮގޭޓް ދަރިފުޅާ އެކު އޭނާގެ އަމިއްލަ ދަރިއަކު ވިހާފައިވެ އެވެ. އެ ހާދިސާގައި ކުއްޖާގެ ބެލެނިވެރިކަން ހޯދުމަށް ގާނޫނީ ބޮޑު ހަނގުރާމައެއް ކުރަން ޖެހުނެވެ.

އޮސްޓްރޭލިއާސަރޮގޭސީއެއްމާބަނޑު ދެބެން

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

އޮސްޓްރޭލިއާގެ މަގުމަތިން ފެނުނު ފޮށީގައި އޮތީ އިންސާނެއްގެ ހަށިގަނޑެއް ނޫން، ބުދެއް

10 އޯގަސްޓު 2026
އޮސްޓްރޭލިއާގެ މަގުމަތިން ފެނުނު ފޮށީގައި އޮތީ އިންސާނެއްގެ ހަށިގަނޑެއް ނޫން، ބުދެއް
04 އޯގަސްޓު 2026

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟

04 އޯގަސްޓު 2026
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟
03 އޯގަސްޓު 2026

150 އަހަރު ފަހުން ފޮތެއް ކުތުބުޚާނާއަށް އަނބުރާ ރައްދުކޮށްފި

03 އޯގަސްޓު 2026
150 އަހަރު ފަހުން ފޮތެއް ކުތުބުޚާނާއަށް އަނބުރާ ރައްދުކޮށްފި
27 ޖޫން 2026

އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި

27 ޖޫން 2026
އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި
27 ޖޫން 2026

ދުނިޔޭގެ އެންމެ އަޑުގަދަ މީހާގެ ލަގަބު އޮސްޓްރޭލިއާ މީހަކަށް ލިބިއްޖެ

27 ޖޫން 2026
ދުނިޔޭގެ އެންމެ އަޑުގަދަ މީހާގެ ލަގަބު އޮސްޓްރޭލިއާ މީހަކަށް ލިބިއްޖެ
27 ޖޫން 2026

ތައިލެންޑުގެ ޕަޓާޔާގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލި މައްސަލައިގައި، އޮސްޓްރޭލިއާގެ ފިރިހެނަކު ބެންކޮކް އެއާޕޯޓުން ހައްޔަރު ކޮށްފި

27 ޖޫން 2026
ތައިލެންޑުގެ ޕަޓާޔާގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލި މައްސަލައިގައި، އޮސްޓްރޭލިއާގެ ފިރިހެނަކު ބެންކޮކް އެއާޕޯޓުން ހައްޔަރު ކޮށްފި
21 ޖޫން 2026

ވޯލްޑް ކަޕްގައި އެންމެ ހަލުވި ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ބޮސް

21 ޖޫން 2026
ވޯލްޑް ކަޕްގައި އެންމެ ހަލުވި ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ބޮސް
08 ޖޫން 2026

ސިކުނޑީގެ ކެންސަރަށް އާ ފަރުވާއެއް ތަޖުރިބާކުރި ޑރ. ރިޗަޑް ސްކޮލްޔާ މަރުވެއްޖެ

08 ޖޫން 2026
ސިކުނޑީގެ ކެންސަރަށް އާ ފަރުވާއެއް ތަޖުރިބާކުރި ޑރ. ރިޗަޑް ސްކޮލްޔާ މަރުވެއްޖެ
01 ޖޫން 2026

ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް

01 ޖޫން 2026
ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް
17 މެއި 2026

ކުއަންޓަސް އެއާވޭސްގެ ފްލައިޓް އެޓެންޑެންޓެއްގެ ގައިގައި ފަސިންޖަރަކު ދަތް އެޅުމުން، ފްލައިޓު ޑައިވަރޓް ކޮށްފި

17 މެއި 2026
ކުއަންޓަސް އެއާވޭސްގެ ފްލައިޓް އެޓެންޑެންޓެއްގެ ގައިގައި ފަސިންޖަރަކު ދަތް އެޅުމުން، ފްލައިޓު ޑައިވަރޓް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް