Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއޮސްޓްރޭލިއާ

150 އަހަރު ފަހުން ފޮތެއް ކުތުބުޚާނާއަށް އަނބުރާ ރައްދުކޮށްފި

3 އޯގަސްޓު 2026 | ހޯމަ 17:01

އޮސްޓްރޭލިއާގެ ކިއާމާ ލައިބްރަރީން 1870 ގެ އަހަރުތަކުގައި ގެންދިޔަ "އެންޓިކުއިޓީސް އޮފް އެތެންސް" ފޮތް، 150 އަހަރަށް ފަހު އެ ތަނަށް އަނބުރާ ރައްދުކޮށްފި. މި ފޮތް ފެނިފައިވަނީ ގެއެއް މަރާމާތުކުރުމުގެ ތެރޭގައި ކަމަށްވާއިރު، އޭރުގެ އުސޫލުން ޖޫރިމަނާ ހިސާބުކޮށްފިނަމަ 28,000 އޮސްޓްރޭލިއާ ޑޮލަރު އަރާނެ. ކުތުބުޚާނާގެ ތާރީޚީ ބައިގައި މި ފޮތް ރައްކާކުރަން ނިންމާފައިވަނީ މީގެ ފަހުން އެއްވެސް ފަރާތަކަށް ދޫނުކުރާ ގޮތަށް

ރާއްޖެ އެމްވީ | 3 އޯގަސްޓު 2026 | ހޯމަ 17:01
އޮސްޓްރޭލިއާގެ ކިއާމާ ލައިބްރަރީން ގެންދިޔަ "އެންޓިކުއިޓީސް އޮފް އެތެންސް" ނަމަކަށް ކިޔާ ފޮތުގެ ފޮޓޯ އެއް

އޮސްޓްރޭލިއާގެ ކިއާމާ ލައިބްރަރީން ގެންދިޔަ "އެންޓިކުއިޓީސް އޮފް އެތެންސް" ނަމަކަށް ކިޔާ ފޮތުގެ ފޮޓޯ އެއް | އޭޕީ

އޮސްޓްރޭލިއާގެ އާންމު ކުތުބުޚާނާއަކުން ގެންދިޔަ ފޮތެއް، ގާތްގަނޑަކަށް 150 އަހަރު ފަހުން އެ ކުތުބުޚާނާއަށް އަނބުރާ ރައްދުކޮށްފި އެވެ. މި ފޮތް ފެނިފައިވަނީ ދާދިފަހުން ގެއެއް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދިޔަ އިރު ކަމަށްވެ އެވެ.

"އެންޓިކުއިޓީސް އޮފް އެތެންސް" ނަމަކަށް ކިޔާ، 1858 ވަނަ އަހަރު ޝާއިއުކޮށްފައިވާ މި ފޮތް، އޮސްޓްރޭލިއާގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ކިއާމާގެ ކުތުބުޚާނާއަށް ރައްދުކޮށްފައިވަނީ މިދިޔަ ހަފުތާގަ އެވެ. 

ކިއާމާ ލައިބްރަރީގެ މެނޭޖަރު މިޝޭލް ހަޑްސަން ވިދާޅުވި ގޮތުގައި، އެހާ ދުވަސްވީ އެއްޗެއް މީގެ ކުރިން ދުވަހަކުވެސް އެ ކުތުބުޚާނާއަށް އަނބުރާ ލިބިފައެއް ނުވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސޯޝަލް މީޑިއާގައި ގިނަ ކުތުބުޚާނާތަކެއް ފޮލޯކުރައްވާ ކަމަށާއި، އާންމުކޮށް މީހުން މަރުވުމުން ގޯތިގެދޮރު ސާފުކުރުމުގެ ތެރޭގައި 30 ނުވަތަ 40 އަހަރުވީ ފޮތްތައް ފެނިގެން އަނބުރާ ގެންނަ ކަމަށެވެ. ނަމަވެސް މިއީ ވަރަށް ތަފާތު ހާދިސާއެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ހަޑްސަން ވިދާޅުވި ގޮތުގައި، އިންފްލޭޝަނަށް ބަލައި މި ފޮތް ލަހުން ހަވާލުކުރުމުގެ ޖޫރިމަނާ ހިސާބުކޮށްފިނަމަ، އެ އަދަދު ގާތްގަނޑަކަށް 28,000 އޮސްޓްރޭލިއާ ޑޮލަރަށް (14,600 އިނގިރޭސި ޕައުންޑަށް) އަރާނެ އެވެ. މި ޖޫރިމަނާ ހިސާބުކޮށްފައިވަނީ 1872 ވަނަ އަހަރު އެ ކުތުބުޚާނާ ހުޅުވިއިރު އަމަލުކުރި އުސޫލުތަކުގެ ދަށުން، ފޮތުގެ އެތެރެ ފުށުގައި ޖުރިމަނާގެ ގޮތުގައި ލިޔެފައިވާ ހަފުތާއަކަށް ތިން ޕެންސްގެ ރޭޓުންނެވެ.

ނަމަވެސް، އެ ފޮތް އެންމެ ފަހުން ގެންދިޔަ މީހަކީ ކާކުކަން ދެނެގަނެވޭނެ އެއްވެސް ގޮތެއް ނެތުމުން، އެ ބޮޑު ޖޫރިމަނާ ދައްކަންޖެހޭ ފަރާތަކީ ކާކުކަން ވަނީ ނޭނގުމުގެ ތެރޭގައި ބާއްވަން ޖެހިފަ އެވެ.

ފޮތްތައް ގެންދާ މީހުންނާއި ގެންދާ ތާރީޚުތައް ނޯޓުކުރަން 1870 ގެ އަހަރުތަކުގައި ބޭނުންކުރި ކުތުބުޚާނާގެ ރެކޯޑު ފޮތް ވަނީ ގެއްލިފަ އެވެ.

"އެ ފޮތުގެ އެއްވެސް ތަނަކުން، އެންމެ ފަހުން އެ ފޮތް ގެންދިޔައީ ކާކުކަން އެނގޭކަށް ނެތް،" ހަޑްސަން ވިދާޅުވި އެވެ.

1870 ގެ އަހަރުތަކުގައި ކުތުބުޚާނާގައި އަމަލުކުރި އުސޫލުތައް ބުނާގޮތުން، އިތުރު ފޮތެއް ދޫކުރެވޭނީ ކުރިން ގެންދިޔަ ފޮތް އަނބުރާ ހަވާލުކޮށް، ޖޫރިމަނާއެއް އޮތް ނަމަ އެ ފައިސާ ދެއްކުމުންނެވެ.

ހަޑްސަން ލަފާކުރައްވާ ގޮތުގައި، އެ ފޮތް އަނބުރާ ނުގެނައީ އެ ސަބަބާ ހުރެ ކަމަށް ވެދާނެ އެވެ.

އެ ޒަމާނުގެ ބޯދާ އުސޫލުތަކުގެ ތެރޭގައި، ގޭބިސީއެއްގައި ކިޔަން ދަންނަ މަދުވެގެން ހަ މީހުން ތިބި ނަމަ، އެ ގެއަކަށް އެއްފަހަރާ ތިން ފޮތް ގެންދިއުމުގެ ހުއްދަ އޮވެ އެވެ. ނަމަވެސް މިހާރުގެ ކުތުބުޚާނާ ބޭނުންކުރުމަށް ކިޔަން އެނގޭކަމުގެ ހެކި ހުށަހަޅާކަށް ނުޖެހެ އެވެ. މީގެ އިތުރުން، 1870 ގެ އަހަރުތަކުގައި މަސްތުގެ ހާލަތުގައި ތިބެ ކުތުބުޚާނާއަށް އަންނަ މީހުންނަށް ފޮތް ދޫކުރުމަކީ މަނާކަމެކެވެ.

މިހާރުގެ އުސޫލުތައް ބުނާގޮތުން، ކުތުބުޚާނާ ބޭނުންކުރާ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހުންނަށް އުނދަގޫވާނަމަ އެ މީހަކު ނުކުތުމަށް އެދެވެ އެވެ.

ހަޑްސަން ވިދާޅުވި ގޮތުގައި، ގިނަ އަހަރުތަކެއް ވަންދެން ދުންހޮޅިއެއްގެ ދަށުގައި އޮތުމުގެ ސަބަބުން ފެނުގެ އަސަރުކޮށް ކޮންމެވެސް ވަރަކަށް ހަލާކުވެފައިވާ މި ފޮތަކީ، އެ ކުތުބުޚާނާގެ އެންމެ ފުރަތަމަ 1,000 ފޮތުގެ ތެރެއިން 506 ވަނަ ފޮތެވެ.

އޭނާ ލަފާކުރައްވާ ގޮތުގައި، މި ފޮތް ގެއްލިފައިވަނީ ކުތުބުޚާނާ ހުޅުވިތާ މަދު އަހަރުތަކެއްގެ ތެރޭގަ އެވެ.

އަނބުރާ ލިބުނު މި ފޮތް ދެން ބަހައްޓާނީ އެ ކުތުބުޚާނާގެ ތާރީޚީ ތަކެތި ދައްކާލާ ބައިގަ އެވެ.

"އަހަރެމެން ދެން މި ފޮތެއް ދުލެއް ނުކުރާނަން. މި ފޮތް އަނބުރާ ލިބުމަށް އިތުރު 150 އަހަރު މަޑުކުރާކަށް އަހަރެމެން ބޭނުމެއް ނޫން،" ހަޑްސަން ވިދާޅުވި އެވެ.

އޮސްޓްރޭލިއާއެންޓިކުއިޓީސް އޮފް އެތެންސްކުތުބުހާނާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

27 ޖޫން 2026

އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި

27 ޖޫން 2026
އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި
27 ޖޫން 2026

ދުނިޔޭގެ އެންމެ އަޑުގަދަ މީހާގެ ލަގަބު އޮސްޓްރޭލިއާ މީހަކަށް ލިބިއްޖެ

27 ޖޫން 2026
ދުނިޔޭގެ އެންމެ އަޑުގަދަ މީހާގެ ލަގަބު އޮސްޓްރޭލިއާ މީހަކަށް ލިބިއްޖެ
27 ޖޫން 2026

ތައިލެންޑުގެ ޕަޓާޔާގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލި މައްސަލައިގައި، އޮސްޓްރޭލިއާގެ ފިރިހެނަކު ބެންކޮކް އެއާޕޯޓުން ހައްޔަރު ކޮށްފި

27 ޖޫން 2026
ތައިލެންޑުގެ ޕަޓާޔާގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލި މައްސަލައިގައި، އޮސްޓްރޭލިއާގެ ފިރިހެނަކު ބެންކޮކް އެއާޕޯޓުން ހައްޔަރު ކޮށްފި
21 ޖޫން 2026

ވޯލްޑް ކަޕްގައި އެންމެ ހަލުވި ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ބޮސް

21 ޖޫން 2026
ވޯލްޑް ކަޕްގައި އެންމެ ހަލުވި ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ބޮސް
08 ޖޫން 2026

ސިކުނޑީގެ ކެންސަރަށް އާ ފަރުވާއެއް ތަޖުރިބާކުރި ޑރ. ރިޗަޑް ސްކޮލްޔާ މަރުވެއްޖެ

08 ޖޫން 2026
ސިކުނޑީގެ ކެންސަރަށް އާ ފަރުވާއެއް ތަޖުރިބާކުރި ޑރ. ރިޗަޑް ސްކޮލްޔާ މަރުވެއްޖެ
01 ޖޫން 2026

ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް

01 ޖޫން 2026
ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް
17 މެއި 2026

ކުއަންޓަސް އެއާވޭސްގެ ފްލައިޓް އެޓެންޑެންޓެއްގެ ގައިގައި ފަސިންޖަރަކު ދަތް އެޅުމުން، ފްލައިޓު ޑައިވަރޓް ކޮށްފި

17 މެއި 2026
ކުއަންޓަސް އެއާވޭސްގެ ފްލައިޓް އެޓެންޑެންޓެއްގެ ގައިގައި ފަސިންޖަރަކު ދަތް އެޅުމުން، ފްލައިޓު ޑައިވަރޓް ކޮށްފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ
16 މާރިޗު 2026

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

16 މާރިޗު 2026
އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި
14 މާރިޗު 2026

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފަ އޮއްވާ ފެނުނީ އޮސްޓްރޭލިއާގެ ރައްޔިތެއް

14 މާރިޗު 2026
ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފަ އޮއްވާ ފެނުނީ އޮސްޓްރޭލިއާގެ ރައްޔިތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް