Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑރ. މުޙައްމަދު މުޢިއްޒު

ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް

ސައިބަރ ބުލީއިން އާއި އޮންލައިން ގްރޫމިންގ ފަދަ ނުރައްކާތަކުން ކުޑަކުދިން ސަލާމަތްކުރުމަށްޓަކައި، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްލިކޭޝަންތަކެއް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ވަނީ ނިންމަވާފަ. މި ނިންމެވުމާ ގުޅިގެން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ކަމާބެހޭ ކުންފުނިތަކާ ގުޅިގެން އުމުރު ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި. އޮސްޓްރޭލިއާގެ މޮޑެލްއަށް ބިނާކޮށް މި ފިޔަވަޅު އެޅުމުގައި އާންމުންނާއި މަދަނީ ޖަމިއްޔާތަކުގެ މަޝްވަރާ ހޯއްދަވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 1 ޖޫން 2026 | ހޯމަ 07:22
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޒުވާން ކުދިން ސޯޝަލް މީޑިއާގައި ނުރަނގަޅު ކަންކަމުގެ ތެރެއަށް ގޮސްފައިވާ ކަމަށާ މިކަމާއެކު ސައިބަރ ބުލީއިންގ އާންމު ވެފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަން ފާހަފަ ކުރައްވާ ރައީސް ވިދާޅުވީ ހަމަ އެގޮތަށް އޮންލައިން ގްރޫމިންގް އަކީ ވެސް އޭގެ ސަބަބުން އަންނަ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ ޒުވާން ކުދިންނާ ކުޑަކުދިން މި ކަންކަމުން ސަލާމަތް ކުރުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތްތަކެއް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. މިއީ ހުރިހާ މުއައްސަސާތައް ގުޅިގެން ފިޔަވަޅެއް އަޅަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި، ކަމާ ބެހޭ ފަރާތްތަކާ، މި ދެންނެވީ ސިވިލް ސޮސައިޓީ، އަދި ކަމާ ގުޅޭ ޖަމުއިއްޔާ ޖަމާއަތްތަކާ  އެ ފަރާތްތަކާ ވެސް މަޝްވަރާ އާއެކު ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާ ވެސް އެކީގައި އަޅުގަނޑުމެން ކަމާ ގުޅޭ ގާނޫނުތަކާ ކުރަން ޖެހޭ އެހެނިހެން ކަންކަން ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ސޯޝަލް މީޑިއާގެ އެޕްތައް ކަނޑައެޅޭ ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުން ނުކުރެވޭ ގޮތަށް ކަނޑައެޅުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ގަސްތު ކުރަން. 
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ މިކަމުގައި އޮސްޓްރޭލިއާ އިން އަޅާފައިވާ ފިޔަވަޅުތަކަކީ ރަނގަޅު މިންގަނޑެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ފިޔަވަޅުތަކުގެ އަލީގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއެކު ސޯޝަލް މީޑިއާ އެޕްތައް ހިންގާ ކުންފުނިތަކާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތައް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ނިންމާ، އެންމެ ގިނަވެގެން 1 އަހަރު ދުވަހުގެ ތެރޭގައި ނުވަތަ އެއަށްވުރެ އަވަހަށް، މިއަހަރު ތެރޭގައި ވެސް އަމަލީ ގޮތުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ އެޕްތައް ބޭން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އޭގެ މާނައަކީ ޑިޖިޓަލައިޒޭޝަންއާ ނުވަތަ އިންޓަރނެޓާ ދުރަށް ދިއުން ނޫން ކަމަށާ ނަމަވެސް އެކަންކަން ވެސް ކުރެވޭނެ ހެން ފިޔަވަޅު އެޅުއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. 

މިދިޔަ ޑިސެމްބަރު 10 ން ފެށިގެން، އޮސްޓްރޭލިއާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ވަނީ މަނާކޮށްފަ އެވެ.  އޮސްޓްރޭލިއާ ސަރުކާރުން ވަނީ ކުޑަކުދިންނަށް މަނާ ކުރާ ދިހަ ޕްލެޓްފޯމެއްގެ ނަން ހާމަ ކޮށްފަ އެވެ. އޭގެ ތެރޭގައި ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް، ތްރެޑްސް، ޓިކްޓޮކް، އެކްސް، ޔޫޓިއުބް، ރެޑިޓް އަދި ސްޓްރީމިންގ ޕްލެޓްފޯމްތަކުގެ ތެރޭގައި ކިކް އަދި ޓްވިޗް ހިމެނެ އެވެ. މީގެ އިތުރުން އޮންލައިން ގޭމިންގއަށް މި މަނާކުރުން ފުޅާކުރުމަށް ވެސް އަންނަނީ ސަރުކާރަށް ޕްރެޝަރ ކުރަމުންނެވެ.

އުސޫލު ހަމަޖެހިފައިވާ ގޮތުން މި މަނާކުރުމާ ޚިލާފުވުމުން ކުދިންނަށާއި މައިންބަފައިންނަށް އަދަބެއް ނުދެވޭނެ އެވެ. އެއީ ސޯޝަލް މީޑިއާ ކުންފުނިތަކުން އެކަން ތަންފީޒު ކުރަން ޖެހޭނެއަތީ އާއި، ސީރިއަސް ނުވަތަ ތަކުރާރުކޮށް ޚިލާފުވުމުން އެކުންފުނިތައް 32 މިލިއަން އެމެރިކާ ޑޮލަރުން ޖުރިމަނާ ކުރެވޭ ގޮތަށް އޮތުމުންނެވެ. ސަރުކާރުން ބުނާގޮތުން މި ކުންފުނިތަކުން ކުދިން އެމީހުންގެ ޕްލެޓްފޯމްތަކުން ދުރުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަން ޖެހޭނެ އެވެ. އަދި އުމުރު ޔަޤީންކުރުމުގެ ޓެކްނޮލޮޖީތައް ބޭނުން ކުރަން ޖެހޭނެ އެވެ.

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑީއާ މަނާކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުސައިބަރ ބުލީއޮސްޓްރޭލިއާއޮންލައިން ގްރޫމިންގްސޯޝަލް މީޑިއާ ޕްލެޓްފޯމްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!

ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!

01 ޖޫން 2026
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން

01 ޖޫން 2026
ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!

ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!

31 މެއި 2026
ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި

30 މެއި 2026
ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

30 މެއި 2026

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު