Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަޑުގަދަ މީހާ ރެކޯޑް

ދުނިޔޭގެ އެންމެ އަޑުގަދަ މީހާގެ ލަގަބު އޮސްޓްރޭލިއާ މީހަކަށް ލިބިއްޖެ

27 ޖޫން 2026 | ހޮނިހިރު 15:47

އޮސްޓްރޭލިއާގެ ޖޯސެފް މެކްގްރެއިލް-ބޭޓަޕް، 122.4 ޑެސިބެލްގެ ބާރުމިނުގައި ހަޅޭއްލަވައިގެން ދުނިޔޭގެ އެންމެ އަޑުގަދަ މީހާގެ ގިނިސް ވޯލްޑް ރެކޯޑް މުގުރާލައިފި. އޭނާ މި ރެކޯޑް ހެދީ 1994 ވަނަ އަހަރުން ފެށިގެން އުތުރު އަޔަރލޭންޑްގެ މީހަކު ދަމަހައްޓަމުން އައި ރެކޯޑް މުގުރާލުމަށްފަހު.

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 15:47
ދުނިޔޭގެ އެންމެ ބާރަށް ހަޅޭއްލަވާ މީހާގެ ރެކޯޑު ޖޯސެފް މެގްރެއިލް-ބޭޓަޕް ހޯދައިފި.

ދުނިޔޭގެ އެންމެ ބާރަށް ހަޅޭއްލަވާ މީހާގެ ރެކޯޑު ޖޯސެފް މެގްރެއިލް-ބޭޓަޕް ހޯދައިފި. | އޭޕީ

އޮސްޓްރޭލިއާގެ ކެންބަރާގައި އެއަރކޮންޑިޝަން ސާފުކުރުމުގެ މަސައްކަތްކުރާ އަދި އެ ރަށުގެ އޮަނަރަރީ "ޓައުން ކްރަޔަރ" (ރަށު ގޮވާމީހާ) އަށް، ދުނިޔޭގެ އެންމެ އަޑުގަދަ މީހާގެ ލަގަބު ލިބިއްޖެ އެވެ.

އުމުރުން 58 އަހަރުގެ ޖޯސެފް މެގްރެއިލް-ބޭޓަޕް މިދިޔަ ހަފުތާގައި ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދީ، "ނައު" (މިހާރު) މި ބަހުން ހަޅޭއްލަވައިގެންނެވެ. އޭނާގެ އަޑުގެ ބާރުމިން ހުރީ 122.4 ޑެސިބެލްގަ އެވެ. މިއީ އާންމުކޮށް ކަރަންޓު ކީހެއް (ޗެއިންސޯ) ނުވަތަ ޖެޓް މަތިންދާބޯޓެއް ނައްޓާލާއިރު ހުންނަ ފަދަ ގަދަ އަޑެކެވެ.

ކަންފަތް ބައްވާހާ ބާރު މި އަޑާއެކު އޭނާ މުގުރާލީ 1994 ވަނަ އަހަރު އުތުރު އަޔަރލޭންޑްގެ ސްކޫލް ޓީޗަރެއް ކަމަށްވާ އެނަލީސާ ފްލެނަގަން ހަދާފައިވާ 121.7 ޑެސިބެލްގެ ރެކޯޑެވެ. އެ ފަހަރު ފްލެނަގަން ރެކޯޑް ހެދީ "ކުއައިޓް" (ހިމޭން) މި ބަހުން ހަޅޭއްލަވައިގެންނެވެ. މެކްގްރެއިލް-ބޭޓަޕް ބުނި ގޮތުގައި މި ރެކޯޑަށް ތައްޔާރުވުމަށް ފަރިތަކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

"މިކަމަށް އަމަލީގޮތުން ފަރިތަކުރެވޭނެ އެއްވެސް ގޮތެއް ނޯވޭ. އެންމެ ބަހެއް، އެއީ 'ނައު' މި ބަސް ބުނުމަށް އަހަރެން ހަތް ފަހަރު މަސައްކަތް ކުރަން ޖެހުނު. އަދި އޭގެ ފަހުން ދެ ދުވަސް ވަންދެން އަހަރެންގެ އަޑު ހުރީ މުޅިން ކުރަކިވެފައި. އެއީ ވަރަށް އުނދަގޫ އިހުސާސެއް. އެހެންވީމާ މިއީ ފަރިތަކުރެވޭނެ ކަމެއް ނޫން، އެކަމަކު އެކަން ކުރާއިރު ވަރަށް މަޖާ،" އޭނާ ބުންޏެވެ.

މެގްރެއިލް-ބޭޓަޕް ގަބޫލުކުރާ ގޮތުގައި އޭނާއަކީ ދުނިޔޭގެ އެންމެ އަޑުގަދަ "މީހާ" އަށް ވުރެ ބޮޑަށް، ދުނިޔޭގެ އެންމެ އަޑުގަދަ "ފިރިހެންމީހާ" އެވެ. މީގެ ކުރިން އެންމެ އަޑުގަދަ ފިރިހެނާގެ ރެކޯޑެއް ރަސްމީކޮށް އޮތްކަން އެނގިފައެއް ނުވެ އެވެ.

"އެނަލީސާ ފްލެނަގަންގެ ރެކޯޑް އޭނާއަށް އޮތުމުން އަހަރެން އުފާކުރަން. އެހެންވީމާ އޭނާއަކީ އަދިވެސް ދުނިޔޭގެ އެންމެ އަޑުގަދަ އަންހެންމީހާ، އަދި އަހަރެން މިއީ ދުނިޔޭގެ އެންމެ އަޑުގަދަ ފިރިހެންމީހާ،" އޭނާ އިތުރަށް ބުންޏެވެ.

މެކްގްރެއިލް-ބޭޓަޕް ބުނި ގޮތުގައި އޭނާއަށް ފްލެނަގަންގެ ރެކޯޑް ފެނުނީ، "ޓައުން ކްރައިންގ" ނުވަތަ ރަށު ތެރޭގައި ހަބަރު ފެތުރުމަށް ގޮވާ އުޅުމުގެ ދާއިރާއިން ގިނިސް ރެކޯޑެއް އޮތްތޯ ބަލަނިކޮށެވެ. އޭނާގެ އަޑުގަދަކަމުގެ މުބާރާތްތަކަށް ޝައުގުވެރިކަން އުފެދުނީ 2017 ވަނަ އަހަރު އޮސްޓްރޭލިއާގެ ވެރިރަށް ކެންބަރާގެ ރަސްމީ "ޓައުން ކްރަޔަރ" ގެ މަގާމަށް އޭނާ އައްޔަންކުރި ހިސާބުންނެވެ. މިއީ އެ ސިޓީގެ ސަރުކާރުން އުފައްދާފައިވާ، ހަމައެކަނި ޝަރަފެއްގެ ގޮތުގައި އަދި ވަގުތީ ގޮތުން އަދާކުރާ ވަޒީފާއެކެވެ. އޭނާ މި މަސައްކަތް ސިފަކުރަނީ "މަޖާ" ކަމެއްގެ ގޮތުގަ އެވެ.

ޓައުން ކްރަޔަރެއްގެ ގޮތުގައި އޭނާއަށް ކިޔާ ނަމަކީ "ލޯޑް ޖޯސެފް" އެވެ. އޭނާ އާންމުކޮށް ހަބަރުތަކާއި އިއުލާންތައް ގޮވަނީ ރަށުގެ އެކި ހަރަކާތްތަކާއި، ސްކޫލް ފެއާތަކާއި، ކާރު ޝޯތަކުގަ އެވެ. މި މަސައްކަތާ ގުޅިގެން އޭނާއަށް ވަނީ "އޭންޝަންޓް އެންޑް އޮނަރަބަލް ގިލްޑް އޮފް އޮސްޓްރޭލިއަން ޓައުން ކްރަޔާސް" ގެ މެންބަރުކަން ލިބިފަ އެވެ. މިއީ މި ފަންނުގެ ތާރީހީ އަދި ރަސްމީ ދައުރު ދެމެހެއްޓުމަށް މަސައްކަތްކުރާ ޕްރޮފެޝަނަލް ޖަމިއްޔާއެކެވެ.

މެކްގްރެއިލް-ބޭޓަޕް ވަނީ 2024 ވަނަ އަހަރު ބޭއްވި މި ޖަމިއްޔާގެ މުބާރާތެއްގައި، 98 ޑެސިބެލްގެ ބާރުމިނުގައި "އޮޔޭ، އޮޔޭ، އޮޔޭ" އޭ ގޮވައިގެން އެއްވަނަ ހޯދާފަ އެވެ. މިއީ އޮސްޓްރޭލިއާގެ ޓައުން ކްރަޔަރުން އެއްޗެއް އިއުލާން ކުރުމުގެ ކުރިން، މީހުންގެ ސަމާލުކަން ހޯދުމަށާއި ހިމޭނުން ތިބުމަށް ގޮވާލާ ގޮވުމެކެވެ.

ދުނިޔޭގެ ރެކޯޑް ހެދުމަށްޓަކައި އޭނާ އެކި ބަސްބަސް ބޭނުންކޮށްގެން ތަޖުރިބާ ކުރިއެވެ. ނަމަވެސް އެންމެ ފަހުން ނިންމީ "ނައު" މި ބަސް ބޭނުން ކުރުމަށެވެ.

އޭނާގެ މި ހަޅޭކުގެ އަޑު ރެކޯޑްކުރީ މެއި މަހުގެ 2 ވަނަ ދުވަހު ކެންބަރާގެ ރޭޑިއޯ ސްޓޫޑިއޯއެއްގަ އެވެ. މިކަން ކުރީ ޕްރޮފެޝަނަލް އެކޯސްޓިކް އިންޖިނިއަރަކާއި ހެކިންގެ ކުރިމަތީގަ އެވެ. އެއަށްފަހު އެ ރެކޯޑިންތައް ގިނިސް ވޯލްޑް ރެކޯޑްސްއަށް ފޮނުވުމުން، އެ އިދާރާއިން މި ރެކޯޑް ރަސްމީކޮށް އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

މިއީ މެގްރެއިލް-ބޭޓަޕް ދުނިޔޭގެ ރެކޯޑެއް މުގުރާލި ދެވަނަ ފަހަރެވެ. 2019 ވަނަ އަހަރު އޭނާ ވަނީ ދުނިޖަހާ މީހެއްގެ ގޮތުގައި، އެންމެ އަވަހަށް 10 ދުނި ޖެހުމުގެ ރެކޯޑް މުގުރާލާފަ އެވެ. އެ ފަހަރު އޭނާ 60.03 ސިކުންތުން މި ރެކޯޑް ހެދީ، 2015 ވަނަ އަހަރުން ފެށިގެން އޮތް ރެކޯޑަށް ވުރެ ސިކުންތެއްގެ ކުޑަ މިންވަރެއް އަވަސްކޮށްގެންނެވެ.

ނަމަވެސް، އޭގެ ނުވަ މަސް ފަހުން އުމުރުން އެންމެ 7 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މެކްގްރެއިލް-ބޭޓަޕްގެ އެ ރެކޯޑަށް ވުރެ 11.4 ސިކުންތު އަވަހަށް ދުނި ޖަހައި، އެ ރެކޯޑް މުގުރާލާފަ އެވެ.

މެކްގްރެއިލް-ބޭޓަޕް ބުނި ގޮތުގައި، ދުނިޖެހުމުގެ ރެކޯޑް އަލުން ހޯދުމަކަށް ނުވަތަ މިހާރު ހެދި އަޑުގަދަކުރުމުގެ ރެކޯޑް ދިގު މުއްދަތަކަށް ދެމެހެއްޓުމަކަށް އޭނާގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ.

ޖޯސެފް މެގްރެއިލް-ބޭޓަޕްގިނީސް ވޯލްޑް ރެކޯޑްސްއެނަލީސާ ފްލެނަގަންއޮސްޓްރޭލިއާ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

އޭއައި އޭޖެންޓެއް އޮސްޓްރޭލިއާގެ ސިއްހީ ޑޭޓާބޭސް ހެކްކޮށްފި

24 ސެޕްޓެމްބަރު 2026
އޭއައި އޭޖެންޓެއް އޮސްޓްރޭލިއާގެ ސިއްހީ ޑޭޓާބޭސް ހެކްކޮށްފި
03 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި ހުޅުވާާލުމަށް އޮސްޓްރޭލިއާ އިން ގޮވާލައިފި

03 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި ހުޅުވާާލުމަށް އޮސްޓްރޭލިއާ އިން ގޮވާލައިފި
28 އޯގަސްޓު 2026

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

28 އޯގަސްޓު 2026
ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި
21 އޯގަސްޓު 2026

ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާގެ ޝަރަފު ހޯދާފައިވާ އިނގިރޭސިވިލާތުގެ ކެޓަހަމް 117 ވަނަ އުފަންދުވަސް ފާހަގަކޮށްފި

21 އޯގަސްޓު 2026
ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާގެ ޝަރަފު ހޯދާފައިވާ އިނގިރޭސިވިލާތުގެ ކެޓަހަމް 117 ވަނަ އުފަންދުވަސް ފާހަގަކޮށްފި
10 އޯގަސްޓު 2026

އޮސްޓްރޭލިއާގެ މަގުމަތިން ފެނުނު ފޮށީގައި އޮތީ އިންސާނެއްގެ ހަށިގަނޑެއް ނޫން، ބުދެއް

10 އޯގަސްޓު 2026
އޮސްޓްރޭލިއާގެ މަގުމަތިން ފެނުނު ފޮށީގައި އޮތީ އިންސާނެއްގެ ހަށިގަނޑެއް ނޫން، ބުދެއް
04 އޯގަސްޓު 2026

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟

04 އޯގަސްޓު 2026
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟
03 އޯގަސްޓު 2026

150 އަހަރު ފަހުން ފޮތެއް ކުތުބުޚާނާއަށް އަނބުރާ ރައްދުކޮށްފި

03 އޯގަސްޓު 2026
150 އަހަރު ފަހުން ފޮތެއް ކުތުބުޚާނާއަށް އަނބުރާ ރައްދުކޮށްފި
27 ޖޫން 2026

އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި

27 ޖޫން 2026
އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، އެކަމަށް އިހުމާލުވާ ޓެކްނޮލޮޖީ ކުންފުނިތައް ޖޫރިމަނާކުރާ މިންވަރު ދެގުނައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި
27 ޖޫން 2026

ތައިލެންޑުގެ ޕަޓާޔާގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލި މައްސަލައިގައި، އޮސްޓްރޭލިއާގެ ފިރިހެނަކު ބެންކޮކް އެއާޕޯޓުން ހައްޔަރު ކޮށްފި

27 ޖޫން 2026
ތައިލެންޑުގެ ޕަޓާޔާގައި 17 އަހަރުގެ އަންހެން ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލި މައްސަލައިގައި، އޮސްޓްރޭލިއާގެ ފިރިހެނަކު ބެންކޮކް އެއާޕޯޓުން ހައްޔަރު ކޮށްފި
21 ޖޫން 2026

ވޯލްޑް ކަޕްގައި އެންމެ ހަލުވި ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ބޮސް

21 ޖޫން 2026
ވޯލްޑް ކަޕްގައި އެންމެ ހަލުވި ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ބޮސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް