Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ދައުލަތުގެ ހުރިހާ ބާރެއް މިހާރު އޮތީ ރައީސް އޮފީހުގެ ތެރޭގައި: މެންބަރު ޝަމްހީދު

27 އޯގަސްޓު 2026 | ބުރާސްފަތި 10:14

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން 40 އިންސައްތަ ޑޮލަރު މާރުކުރުމަށް ޤާނޫނަށް އިސްލާހު ގެނަސްފައިވާއިރު، އެމްއެމްއޭ އަށް މި ޑޮލަރުތައް ގެނެސްގެން ޑޮލަރުގެ މައްސަލަ ހައްލެއް ނުވާނެ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި. އަދި މިކަމުގެ ސަބަބުން ބައެއް ވިޔަފާރިތަކަށް ނާޖާއިޒު ފައިދާ ލިބޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޯގަސްޓު 2026 | ބުރާސްފަތި 10:14
އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޝަމްހީދު ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޝަމްހީދު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ދައުލަތުގެ ހުރިހާ ބާރެއް މިހާރު އޮތީ ރައީސް އޮފީހުގެ ތެރޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު ޝަމްހީދު ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރެއްވުމުން ދައުލަތުގެ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގެ ތެރޭގައިކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން 40 އިންސައްތަ ޑޮލަރު މާރުކުރުމަށް ޤާނޫނަށް އިސްލާހު ގެނަސްފައިވާއިރު، އެމްއެމްއޭ އަށް މި ޑޮލަރުތައް ގެނެސްގެން ޑޮލަރުގެ މައްސަލަ ހައްލެއް ނުވާނެ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން ބައެއް ވިޔަފާރިތަކަށް ނާޖާއިޒު ފައިދާ ލިބޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

އެމްއެމްއޭ ގަވަރުނަރު ރައީސް އޮފީހުގައި ޕްރެސް ދެއްވުމުން އެބަ އިނގޭ ދައުލަތުގެ ހުރިހާ އޯޑަރެއް ހުރިހާ ބާރެއް މިހާރު ގޮއްސަ މިއޮތީ ރައީސް އޮފީހުގެ ތެރެއަށް ވަދެފައިކަން. އެމްއެމްއޭ އަށް އާންމު ރައްޔިތުންގެ އަދި ވިޔަފާރިވެރިން އަތުގަ ހުރި ޑޮލަރެއް އެމްއެމްއޭ އަށް ގެންގޮސްގެނެއް މައްސަލަ ހައްލެއް ނުވާނެ. އެމްއެމްއޭއަށް ގެންނަ ޑޮލަރުގެ ބޮޑު ބައި ބޭނުންކުރަނީ ސަރުކާރުން، ދެން އޮތް ބައި އެސްއޯއީތަކުގެ ބޭނުމަށް ދެން އޭގެ ބާކީ ބައި މިދެނީ ބޭންކު އޮފް މޯލްޑިވްސް އަށް. ބޭންކު އޮފް މޯލްޑިވްސް އަށް ދޭ ޑޮލަރުގެ ތެރެއިން ބޮޑު ބައި މިދެނީ އެބޭފުޅުންނާ ގުޅުން ހުރި ވިޔަފާރިތަކަށް
ޑރ. އަހުމަދު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ މިހާރު ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ކުންފުނިތަކުގެ ޑޮލަރު އާމްދަނީ އިން 20 އިންސައްތަ ނަގަމުން ދާއިރު ވެސް ޑޮލަރުގެ އަގު ދަނީ މަތިވަމުން ކަމަށެވެ.

ޓޫރިޒަމް އިންޑަސްޓްރީ އަށް ބޭނުންވާ ލޯނު ހޯދުމުން ދަނީ ދިވެހި ބޭންކުތަކުން ނޫން ކަމަށް ފާހަގަކުރައްވާ މެންބަރު ޝަމްހީދު ވިދާޅުވީ، ރިސޯޓުތައް ރާއްޖޭގައި އެޅުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދެނީ ބޭރުގެ ބޭންކުތަކުން ކަމަށެވެ. އަދި މި ބޭންކުތަކުން ގެންނަ ޑޮލަރު ރާއްޖޭ އިން ހިފަހަށްޓާ ނަމަ، ބޭރުގެ ބޭންކުތަކުން މިފަދަ މަޝްރޫއުތައް ފައިނޭންސް ކުރުން ހުއްޓި، ޓޫރިޒަމްގެ ދާއިރާ އަށް އެތައް ބައިވަރު ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ ދިވެހި ރުފިޔާގެ ޑިމާންޑު ސަރުކާރުން އިތުރުނުކޮށް މި މައްސަލައެއް ހައްލެއް ނުވާނެ ކަމަށާއި، ރުފިޔާގެ ޑިމާންޑު އިތުރު ކުރެވޭނީ ދައުލަތަށް މިހާރު ރިސޯޓުތަކުން ޑޮލަރުން ދައްކަމުންދާ ޓެކްސް ވެސް ދިވެހި ރުފިޔާ އަށް ބަދަލުކޮށްގެން ކަމަށެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ މި އިސްލާހުތަކަށް މަޖިލީހުގައި ނެގުނު ވޯޓުން ސަރުކާރަށް ނިސްބަތްވާ މެންބަރުން ވެސް މިކަމާ މެދު ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ.

މި ނިންމުންތަކަކީ ސަރުކާރުން ދިރާސާކޮށް ނިންމާފައިވާ ނިންމުންތަކެއް ނޫން ކަމަށް ފާހަގަކުރައްވާ މެންބަރު ޝަމްހީދު ވިދާޅުވީ، މުސްތަގުބަލުގައި ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެ، ޓޫރިޒަމްގެ ދާއިރާ އަށް ބޭރުގެ އިންވެސްޓަރުންގެ އެހީ ދަށްވެ ޓޫރިޒަމްގެ ދާއިރާ އަށް އެތައް ގެއްލުންތަކެއް ވާނެ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޑރ. އަހްމަދު ޝަމްހީދު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

27 އޯގަސްޓު 2026
އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި
26 އޯގަސްޓު 2026

މި ސަރުކާރުން މިހާތަނަށް 6.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވޭ: އަމީރު

26 އޯގަސްޓު 2026
މި ސަރުކާރުން މިހާތަނަށް 6.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވޭ: އަމީރު
26 އޯގަސްޓު 2026

އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު

26 އޯގަސްޓު 2026
އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު
20 އޯގަސްޓު 2026

ބޭރުފައިސާގެ ބިލަށް ކޮމިޓީން އިސްލާހު ގެނައީ ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދުމެއް ނެތި: ޝަމްހީދު

20 އޯގަސްޓު 2026
ބޭރުފައިސާގެ ބިލަށް ކޮމިޓީން އިސްލާހު ގެނައީ ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދުމެއް ނެތި: ޝަމްހީދު
18 އޯގަސްޓު 2026

މިއަދު ރާއްޖޭގައި 76 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ އެނބުރޭ، ޑޮލަރު ޝޯޓޭޖް އައިސްގެން އުޅެނީ ބޭކާރު ހަރަދު ކުރާތީ: މެންބަރު ޝަމްހީދު

18 އޯގަސްޓު 2026
މިއަދު ރާއްޖޭގައި 76 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ އެނބުރޭ، ޑޮލަރު ޝޯޓޭޖް އައިސްގެން އުޅެނީ ބޭކާރު ހަރަދު ކުރާތީ: މެންބަރު ޝަމްހީދު
18 އޯގަސްޓު 2026

މިއަދު ފެންނަމުންދަނީ ބާރުތައް ދޫކޮށްލައި، ލާމަރުކަޒުކޮށް ޤައުމު ހިންގަން ސަރުކާރު ބިރުން އުޅޭ މަންޒަރު: ޝަމްހީދު

18 އޯގަސްޓު 2026
މިއަދު ފެންނަމުންދަނީ ބާރުތައް ދޫކޮށްލައި، ލާމަރުކަޒުކޮށް ޤައުމު ހިންގަން ސަރުކާރު ބިރުން އުޅޭ މަންޒަރު: ޝަމްހީދު
18 އޯގަސްޓު 2026

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް

18 އޯގަސްޓު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް
17 އޯގަސްޓު 2026

މެންބަރު ޝަމްހީދު ކިޔާދެއްވީ ނ.އަތޮޅުގައި އޮތް ފަޅު އެސްއީޒެޑްގެ ދަށުން ޓައުންޝިޕްއަށް ބަދަލުވި ގޮތާއި ލިބުނު ގެއްލުން!

17 އޯގަސްޓު 2026
މެންބަރު ޝަމްހީދު ކިޔާދެއްވީ ނ.އަތޮޅުގައި އޮތް ފަޅު އެސްއީޒެޑްގެ ދަށުން ޓައުންޝިޕްއަށް ބަދަލުވި ގޮތާއި ލިބުނު ގެއްލުން!
17 އޯގަސްޓު 2026

މި ސަރުކާރު ވެރިކަމަށް އައި ފަހުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް އޮތީ ފުނޑިފައި: ޝަމްހީދު

17 އޯގަސްޓު 2026
މި ސަރުކާރު ވެރިކަމަށް އައި ފަހުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް އޮތީ ފުނޑިފައި: ޝަމްހީދު
17 އޯގަސްޓު 2026

ވެރިކަން ކުރުމަކީ ޕީއެޗްޑީ އާއި މަތީ ފާސް އޮވެގެން ކުރެވޭ ކަމެއް ނޫން: ޑރ. ޑީޑީ

17 އޯގަސްޓު 2026
ވެރިކަން ކުރުމަކީ ޕީއެޗްޑީ އާއި މަތީ ފާސް އޮވެގެން ކުރެވޭ ކަމެއް ނޫން: ޑރ. ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް