Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްްޔިތުންގެ މަޖިލިސް

މި ސަރުކާރު ވެރިކަމަށް އައި ފަހުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް އޮތީ ފުނޑިފައި: ޝަމްހީދު

17 އޯގަސްޓު 2026 | ހޯމަ 10:30

ކޮންސްޓްރަކްޝަންއާ ގުޅޭ 2 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދުވާ މަޝްރޫއުތައް ރާއްޖޭގައި މި ވަގުތު ކުރިއަށްދާއިރު، ރާއްޖޭގެ ކުންފުނިތަކަށް ލިބިފައިވަނީ ކިތައް މަޝްރޫއުކަމާ މެދު މެންބަރު ޝަމްހީދު ވަނީ ސުވާލު އުފައްދަވާފައި. އަދި މި މަޝްރޫއުތަކުގެ ސަބް ކޮންޓްރެކްޓެއް ވެސް ދިވެހިންނަށް ލިބިގެން ނުދާކަމަށް މެންބަރު ޝަމްހީދު ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޯގަސްޓު 2026 | ހޯމަ 10:30
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު | ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހު ކޮންސްޓްރަކްޝަން ކުންފުނިތައް އޮތީ ފުނޑިފައި ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، ކައުންސިލުތަކުން ހިންގަމުންދާ ހަތަރު މިލިއަން އަދި ފަސް މިލިއަން ރުފިޔާގެ ކުދި މަޝްރޫއުތައް ވެސް ހިންގަމުންދަނީ ބޭރުގެ ކުންފުނިތަކުން ކަމަށެވެ.

Advertisement - newsAdvertisement

ޝަމްހީދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގަމުންދާ ޓެކްސްގެ އަދަދު ފަސް އިންސައްތަ އިން ދިހަ އިންސައްތަ އަށް ބޮޑު ކުރުމުން، ދިވެހި ކުންފުނިތަކަށް އިތުރު ފުރުސަތުތަކެއް ލިބިގެން ނުދާނެ ކަމަށެވެ. އަދި މި ޓެކްސް 23 އިންސައްތަ އަށް އިތުރު ކުރުން ބުއްދިވެރި ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަންއާ ގުޅޭ 2 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދުވާ މަޝްރޫއުތައް ރާއްޖޭގައި މި ވަގުތު ކުރިއަށްދާއިރު، ރާއްޖޭގެ ކުންފުނިތަކަށް ލިބިފައިވަނީ ކިތައް މަޝްރޫއުކަމާ މެދު މެންބަރު ޝަމްހީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި މި މަޝްރޫއުތަކުގެ ސަބް ކޮންޓްރެކްޓެއް ވެސް ދިވެހިންނަށް ލިބިގެން ނުދާކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

ހަމައެއާއެކު ދިވެހި ކޮންޓްރެކްޓަރުންނަށް ކޯޓާ ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ޝަމްހީދު ވިދާޅުވީ، ބޭރުގެ ކުންފުނިތަކަށް މަސައްކަތް ކުރުމަށް ބޭނުން ވަރަކަށް ބިދޭސީން އެތެރެކޮށް ވިސާ ލިބޭ ކަމަށެވެ. އަދި ބޭރު ކުންފުންނިތަކުން ގެންނަ އެކްސްކަވޭޓަރު އަދި އިތުރު މެޝިނަރީތަކުން ޑިއުޓީ ނުނަގާ ކަމަށާއި، ނަމަވެސް ރާއްޖެ އަށް ނިސްބަތްވާ ކުންފުނިތަކުގެ މެޝިނަރީތަކުން ޑިއުޓީ ނަގަމުންދާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

މި ދިވެހިރާއްޖޭގައި މިވަގުތު އެބަ ހިނގާ ދެތިން ހަތަރު ބިލިއަން ޑޮލަރުގެ ކޮންސްޓްރަކްޝަން ރިލޭޓެޑް މަސައްކަތް. މީގެން ކޯއްޗެއްތޯއޭ ދިވެހި ކޮންޓްރެކްޓަރުންނަށް ލިބެނީ. ކިހިނެއްތޯއޭ ބޭރު ކޮންޓްރެކްޓަރުންނަށް ބޭނުން ވަރަކަށް ބޭރު މީހުން އެތެރެކޮށްގެން މަސައްކަތް ކުރަން ފުރުސަތު މި ލިބެނީ. ދިވެއްސަކަށް މިއުޅެނީ ކޯޓާ އެއް ނުލިބިގެން
ޑރ. އަހުމަދު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ، ބޭރު ކުންފުނިތަކުން މަޝްރޫއުތައް ކުރިއަށްގެންދާއިރު ރާއްޖޭގެ ކުންފުނިތަކަށް އެންމެ މަދުވެގެން 30 އިންސައްތަ ނުވަތަ 50 އިންސައްތައިގެ ސަބް ކޮންޓްރެކްޓެއް ދޭން ޖެހޭ ކަމަށެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ މި އިސްލާހުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނަށް ފުރުސަތު އިތުރުވެގެން ނުދާނެ ކަމަށެވެ. އަދި ބަދަލުތައް ގެންނަން ބޭނުން ނަމަ، މިއަށްވުރެ ބޮޑު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސްކޮންޓްރެކްޝަން އިންޑަސްޓްރީޑރ. އަހްމަދު ޝަމްހީދު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު ބަލައިގަނެފި

17 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު ބަލައިގަނެފި
17 އޯގަސްޓު 2026

ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތް ހަދަނީ!

17 އޯގަސްޓު 2026
ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތް ހަދަނީ!
17 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރަނީ

17 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރަނީ
17 އޯގަސްޓު 2026

ކީރިތި ގުރުއާން އާއި މަޖިލީހަށް ހުށަހެޅޭ ބިލްތައް ހަމަހަމަވާކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ ނައިބު ރައީސް ސަލީމް ވާހަކަދައްކަވައިފި

17 އޯގަސްޓު 2026
ކީރިތި ގުރުއާން އާއި މަޖިލީހަށް ހުށަހެޅޭ ބިލްތައް ހަމަހަމަވާކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ ނައިބު ރައީސް ސަލީމް ވާހަކަދައްކަވައިފި
17 އޯގަސްޓު 2026

މަޖިލީހުން އަދަދު ނުކުރެވޭވަރަށް ގާނޫނު ފާސްކުރޭ، އެކަމަކު އެ ހުރިހާ އެއްޗެއް ބަހައްޓަނީ ފައިލަކަށް ލާ ފޮރުވާފައި: ޣަފޫރު

17 އޯގަސްޓު 2026
މަޖިލީހުން އަދަދު ނުކުރެވޭވަރަށް ގާނޫނު ފާސްކުރޭ، އެކަމަކު އެ ހުރިހާ އެއްޗެއް ބަހައްޓަނީ ފައިލަކަށް ލާ ފޮރުވާފައި: ޣަފޫރު
17 އޯގަސްޓު 2026

މާލޭގެ މަގެއް ހެދިގެން އިސްތިހާރު ކުރަން ޓިކްޓޮކް ހަދައި، އެ ސްޓާރުންނަށް ދާއިރާތަކުގެ ތަރައްގީއަށް ނުކުރާހާ ޚަރަދު މި ސަރުކާރުން ކޮށްފި: އަމީން

17 އޯގަސްޓު 2026
މާލޭގެ މަގެއް ހެދިގެން އިސްތިހާރު ކުރަން ޓިކްޓޮކް ހަދައި، އެ ސްޓާރުންނަށް ދާއިރާތަކުގެ ތަރައްގީއަށް ނުކުރާހާ ޚަރަދު މި ސަރުކާރުން ކޮށްފި: އަމީން
17 އޯގަސްޓު 2026

ރައީސަކު ވައްކަން ކުރާ ވިސްނުން ހުރެގެން ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އެ ގައުމަކުން ވައްކަމެއް ނުހުއްޓުވޭނެ: ޒިޔާދު

17 އޯގަސްޓު 2026
ރައީސަކު ވައްކަން ކުރާ ވިސްނުން ހުރެގެން ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އެ ގައުމަކުން ވައްކަމެއް ނުހުއްޓުވޭނެ: ޒިޔާދު
16 އޯގަސްޓު 2026

އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި

16 އޯގަސްޓު 2026
އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި
16 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މަޖިލީހުން ބަލައިގަނެފި

16 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މަޖިލީހުން ބަލައިގަނެފި
16 އޯގަސްޓު 2026

އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ޖަމީލާގެ ނަން ރައީސް ފޮނުއްވައިފި

16 އޯގަސްޓު 2026
އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ޖަމީލާގެ ނަން ރައީސް ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް