Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ-ބަންގްލަދޭޝް

އިންޑިއާއިން ބަންގްލަދޭޝްއަށް 4.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދިނުމަށް ސޮއިކޮށްފި

އިންޑިއާއިން މީގެ ކުރިންވަނީ މިފަދަ ދެ އެއްބަސްވުމެއްގައި ބަންގްލަދޭޝްއާއެކު ސޮއިކޮށްފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2017 | ބުދަ 08:43
އިންޑިއާއިން ބަންގްލަދޭޝްއަށް ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައިދޭކަން އިއުލާނުކޮށްފައި ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި

އިންޑިއާއިން ބަންގްލަދޭޝްއަށް ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައިދޭކަން އިއުލާނުކޮށްފައި ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި

އުމްރާނީ ތަރައްގީއާ އިޖްތިމާއީދާއިރާ ތަރައްގީ ކުރުމަށް ބަންގްލަދޭޝްއިން އިންޑިއާއާއެކު 4.5 ބިިލިއަން އެމެރިކާ ޑޮލަރުުގެ ލައިން އޮފް ކްރެޑިޓް(އެލްއޯސީ) ފެސިލިޓީއެއްގައި ބުދަ ދުވަހު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައިި އިންޑިއާގެ ފަރާތުން އެ ގައުމުގެ ޔޫނިއަން ފައިނޭންސް މިނިސްޓަރ ސޮއިކުރައްވާފައިވާއިރު ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފިނޭންސް މިނިސްޓަރ އޭއެމްއޭ މުހިތުއެވެ.

ކްރެޑިޓް ފެސިލީޓީގައި ބަންގްލަދޭޝްގެ ފަރާތުން އެ ގައުމުގެ އިކޮނޮމިކް ރިލޭޝަންސް ޑިވިޝަން ސެކްރެޓަރީ ކާޒީ ޝޯފިޤުލް އަޒަމް ސޮއިކުރެއްވިއިރު ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާގެ މެނޭޖިންގ ޑިރެކްޓަރ ޑޭވިޑް ރަސްްޤިނާ އެވެ.

އިންޑިއާއިން މިފަހަރު މި ދިން 4.5 ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ބޭނުންކުރެވިގެންދާނީ ބަންގްލަދޭޝްގައި ހިންގޭ މައިގަނޑު 17 ޕްރޮޖެކްޓަކަށެެވެ. އޭގެ ތެރޭގައި ކަަރަންޓާއި، ރެއިލްވޭތަކާއި، މަގުތަކާއި ޝިޕިިންގ އަދި ބަނދަރުތައް ހިމެނެއެވެ.

މީގެ ކުރިން އިންޑިއާއާއެކު ވެފައިވާ ލައިން އޮފް ކްރެޑިޓް އެއްބަސްވުމާއެކު ބަންގްލަދޭޝްއިން އިންޓްރެސްޓްގެ ގޮތުގައި އަހަރަކު އެއް ޕަސެންޓް އިންޓްރެސްޓްގެ ގޮތުގައި ދައްކަން ޖެހެއެވެ.

ފަސް އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު މި ލޯން އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބެއެވެ.

އިންޑިއާއިން ބަންގްލަދޭޝްއަށް 4.5 ބިލިއަން ޑޮަލަރުގެ ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައިދޭކަން އިއުލާނުކޮށްފައި ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އޭޕްރީލް މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.

މިނިސްޓަރ ޖެއިޓްލީ ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅަކީ އެއްބަސްވުން ފައިނަލް ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި އެއްބަސްވުމުގެ ދަށުން ބަންގްލަދޭޝްއިން ހޯދާ މުދަލާ ޚިދުމަތް ނުވަތަ މަސައްކަތްތަކުގެ 65 ޕަސެންޓާއި 75 ޕަސެންޓް އިންޑިއާއިން ހޯދަންޖެހޭއިރު މީގެ ކުރިން ވެފައިވާ މިފަދަ ދެ އެއްބަސްވުމެއްގެ ދަށުން ހެދިފައިވާ ލައިން އޮފް ކްރެޑިޓްގެ ތެރެއިން އެ ގައުމަށް ފައިސާ ދެވޭނެއެވެ.

ބަންގްލަދޭޝްއިން މިފަދަ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު ފުރަތަމަ އެއްބަސްވުމުގައި 2010 ވަަނަ އަހަރު އަދި ދެވަނަ އެއްބަސްވުމުގައި ވަނީ 2016 ވަނަ އަހަރު ސޮއިކޮށްފައެވެ.

ފުރަތަމަ އެލްއޯސީގެ ދަށުން 862 މިލިއަން ޑޮލަރު ދިނުމަށް ނިންމި އިރު އެކަން ތަންފީޒުކުރުން ވަނީ ފަސްވެފައެވެ. މީގެ އިތުރުން ދެވަނަ އެލްއޯސީގެ ދަށުން ދެ ބިލިއަން ޑޮަލަރު ދިނުމަށް ނިންމި އިރު އޭގެ ދަށުން ކުރިޔަށް ގެންދިއުމަށް ނިންމި 14 ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް އަދި ނުފެށެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި

އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި

20 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު