Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ މައްސަލަ

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

އެއްބަސްވުންތަކުގައި ސޮޔެކުރީ ސީރިޔާގައި ހަރަކާތްތެރިވާ އެއިޑް ވާކަރުންނަށް ފައިނޭންސް ކުރުމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 9 ޖުލައި 2017 | އާދީއްތަ 07:56
ގަތަރަކީ ދިރިއުޅުމުގެ ފެންވަރު މަތީ މުއްސަނދި ގައުމެއް

ގަތަރަކީ ދިރިއުޅުމުގެ ފެންވަރު މަތީ މުއްސަނދި ގައުމެއް

އދ ގެ އެޖެންސީތަކާއި ގަތަރުގެ ޗެރިޓީތަކެއް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ގަތަރުގެ ޗެރިޓީތަކާއި އދ.ގެ އެކި އެޖެންސީތައް ސޮޔެކުރީ ސީރިޔާގައި ހަރަކާތްތެރިވާ އެއިޑް ވާކަރުންނަށް ފައިނޭންސް ކުރުމަށެވެ. އެއްބަސްވުންތަކުގައި ސޮޔެކުރި ގަތަރުގެ އެޖެންސީތަކުގެ ތެރޭގައި ދާދިފަހުން ގަތަރާ ގުޅުން ކަނޑާލާފައިވާ ބައެއް ގައުމުތަކުން ބްލެކްލިސްޓް ކޮށްފައިވާ ނުވަތަ ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ކަނޑައަޅާފައިވާ، "ޓެރަރިސްޓް" އެޖެންސީތައް ހިމެނެއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ހޮނިހިރު ދުވަހު ސޮޔެކުރި އެއްބަސްވުންތަކުގައި އެހީ ލިބޭ އދ.ގެ އެޖެންސީތަކުގެ ތެރޭގައި ވޯލްޑް ފުޑް ޕްރޮގްރާމް، ޔުނިސެފް، ވާލްޑް ހެލްތް އޯގަނައިޒޭޝަން، ޔޫއެންއެޗްސީއާރް، އޯސީއެޗްއޭ ހިމެނެއެވެ.

އދ ގެ އެޖެންސީ ތަކާއެކު ސޮޔެކުރި ގަަަތަރުގެ ޗެރިޓީތަކުގެ ތެރޭގައި "ގަތަރް ޗެރިޓީ" އާއި "އީދް ޗެރިޓީ" ހިމެނެއެވެ. މި ދެ ޗެރިޓީ އަކީ އަރަބި ބައެއް ގައުމުތަކުން "ޓެރަރިޒަމަށް ވާގިވެރިވާ" ނުވަތަ "ޓެރަރިސްޓް" ޗެރިޓީ ތަކުގެ ތެރޭގައި ކަނޑައަޅާފައިވާ ޗެރިޓީތަކެވެ. މި ޗެރިޓީތައް އެއީ "ޓެރަރިސްޓް" ޗެރިޓީތަކެއް ކަމަށް ކަނޑައެޅީ ޖޫން 8 ވަނަ ދުވަހު ސައުދީ، ޔޫއޭއީ، ބަހްރައިން އަދި މިސްރުން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައެވެ. މި ބަޔާނުގައި މިގައުމުތަކުން ވަނީ 59 މީހަކާ އަދި 12 މުއައްސަސާއަކީ "ޓެރަރިސްޓް" ތަންތަން ނުވަތަ މީހުން ކަމަށް ކަނޑައަޅާފައެވެ. އަރަބި ބައެއް ގައުމުތަކުގެ މި ބަޔާނާއި ގުޅިގެން އދ އިން ބުނެފައި ވަނީ އދ އިން އަމަލު ކުރުން ލާޒިމް ވެގެން ވަނީ، އދ ގެ އެޖެންސީތަކުން، "ޓެރަރިސްޓް" އެޖެންސީ ކަމަށް ކަނޑައަޅާފައިވާ އެޖެންސީތަކަށް ކަމަށެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ވަނީ ކަނޑާލާފައެވެ. އެ ގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިއާއެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ. ޑިޕްލޮމެޓިކް ގުޅުން ކަނޑާލި ގައުމުތަކުން ދަނީ ގަތަރަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު