Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ޕެޓިޝަނުގައި 5000ށް ވުރެ ގިނަ ސޮއި!

20 އޯގަސްޓު 2026 | ބުރާސްފަތި 12:52

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނުގައި، މަޖިލީހަށް ބަލައިގަންނަން ޖެހޭ މިންވަރަށް ވުރެ ގިނަ މީހުން މިހާރު ވަނީ ސޮއިކޮށްފައި. އާންމު ރައްޔިތުންނަށް ނުލިބޭ ފަދަ އިނާޔަތްތަކެއް މެންބަރުންނަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވާ މި ޕެޓިޝަނުގައި، މި ޚިދުމަތަށް ދައުލަތުން ކުރާ ބޮޑު ހޭދަ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 20 އޯގަސްޓު 2026 | ބުރާސްފަތި 12:52
ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވައިދެއްވަނީ

ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވައިދެއްވަނީ | ރައީސް އޮފީސް

ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ޕެޓިޝަނުގައި 5000ށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ. 

އާންމުންގެ ޖަމިއްޔާގެ ފައުންޑަރު މިދުއަމް ސައުދު އޮގަސްޓު މަހުގެ 12 ވަނަ ދުވަހު ފެށި މި ޕެޓިޝަނުގައި ބުނެފައިވަނީ އާންމު ރައްޔިތުންނަށް ނުލިބޭ ސިއްހީ އިންޝުއަރެންސެއް އާންމު ރައްޔިތުންގެ ފައިސާއިން އެ އާންމުން ތަމްސީލު ކުރަން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ދިނުމަކީ ތަސައްރަފު ފުދިފައިވާ އެއްވެސް ސިޔާސީ ނިޒާމެއް ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ވުރެ އެތައް ގުނައެއް މުއްސަނދި ގައުމުތަކުން ވެސް ކުރާ ކަމެއް ނޫން ކަމަށެވެ. 

Advertisement - newsAdvertisement

މި ޕެޓިޝަނުގައި އޮގަސްޓު 20 ވަނަ ދުވަހާއި ހަމައަށް 5219 މީހުން ސޮއިކޮށްފައިވެ އެވެ. އެހެންކަމުން މި ޕެޓިޝަނަކީ މިހާރު ވެސް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ގެެނެސް ބަހުސްކޮށްގެން ގޮތެއް ނިންމަން ޖެހޭ ވަރަށް ސޮއި ހަމަވެފައި އޮތް ޕެޓިޝަނެކެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން 2100 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި ނަމަ އެ ޕެޓިޝަނަކާ މެދު އަމަލުކުރަން ޖެހޭނެ އެވެ.

ޕެޓިޝަނެއް އެކަމާ ބެހޭ ކޮމިޓީއަށް ފޮނުވާނީ، ޕެޓިޝަނަކަށް މަޖިލީހުގެ ތަޅުުމުގައި ބަހުސްކުރުަމަށް ފަހު، އެ ޕެޓިޝަން މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓެއް ނަގައިގެންނެވެ. އެއަށްފަހު ކޮމިޓީން ޕެޓިޝަނަށް ރިއާޔަތްކޮށް، އެއަށް ދޭނެ ޖަވާބެއް ނުވަތަ އަމަލުކުރާނެ ގޮތެއް ނިންމައި އަނެއްކާ ވެސް ފޮނުވާނީ ތަޅުމަށެވެ.

ޤާނޫނު ނަމްބަރު 5/2013 ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގައި މެންބަރުންގެ މާލީ އިނާޔަތްތަކުގެ ބާބު 7 ގެ (ހ) ގައި ލިޔެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެއާއި ސާކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ވާނެ ކަމަށެވެ. އަދި ހަމަ މި ގާނޫނުގެ 8 ވަނަ ބައި ( ހިދުމަތުގެ އިނާޔަތް) ގެ (ޅ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށެވެ.  

މީގެއިތުރުން 2015 ވަނަ އަހަރުން ފެށިގެން 2025 ގެ ނިޔަލަށް މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ޕްރިމިއަމް އަށް 100 މިލިއަނާއި ގާތްކުރާ ވަރަށް ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި  މެންބަރުކަން ކުރެއްވުމަށްފަހު ވަކިވެވަޑައި ގަންނަވާ ކޮންމެ މެންބަރަކަށް އުމުރު ދުވަހަށް މި އިންޝުއަރެންސް ދޭން ޖެހޭތީ މި އަދަދުތައް ދާނީ އަހަރަކަށް ވުރެ އަހަރެއް އެތައް ގުނައެއް އިތުރުވަމުން ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ.   

20 ވަނަ ރައްޔިތުންގެ މަޖިލީސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު

18 އޯގަސްޓު 2026

ދައުލަތުން މުސާރާއިގެ ގޮތުގައި މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު އެއް ބިލިއަނުން 1.4 ބިލިއަނަށް އިތުރުވެއްޖެ: ފިނޭންސް މިނިސްޓަރު

18 އޯގަސްޓު 2026
ދައުލަތުން މުސާރާއިގެ ގޮތުގައި މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު އެއް ބިލިއަނުން 1.4 ބިލިއަނަށް އިތުރުވެއްޖެ: ފިނޭންސް މިނިސްޓަރު
18 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

18 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
18 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

18 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
16 އޯގަސްޓު 2026

ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވަނީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ބޭކާރު ޚަރަދުތަކުގެ ސަބަބުން: މެންބަރު ޒިޔާދު

16 އޯގަސްޓު 2026
ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވަނީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ބޭކާރު ޚަރަދުތަކުގެ ސަބަބުން: މެންބަރު ޒިޔާދު
15 އޯގަސްޓު 2026

ކުރިއަށް އޮތްތަނުގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުއިއްޒު

15 އޯގަސްޓު 2026
ކުރިއަށް އޮތްތަނުގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުއިއްޒު
13 އޯގަސްޓު 2026

އެޖެންޑާ އެއް ނެތް، ފެށޭނެ ގަޑިއެއް ނޭނގޭ، ޖަލްސާ އެބައޮތް

13 އޯގަސްޓު 2026
އެޖެންޑާ އެއް ނެތް، ފެށޭނެ ގަޑިއެއް ނޭނގޭ، ޖަލްސާ އެބައޮތް
12 އޯގަސްޓު 2026

ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ، "މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަނީ

12 އޯގަސްޓު 2026
ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ، "މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަނީ
07 އޯގަސްޓު 2026

މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ

07 އޯގަސްޓު 2026
މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ
30 ޖުލައި 2026

ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟

30 ޖުލައި 2026
ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް