Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓައުންޝިޕް މަޝްރޫއު

އެސްއީޒެޑްގެ މަޝްރޫއުން ދައުލަތައް ފައިދާގެ ގޮތުގައި ލިބިގެންދާނީ އެންމެ އިންސައްތައެއް: މާޒް ސަލީމް

20 އޯގަސްޓު 2026 | ބުރާސްފަތި 09:31

އޭސީސީ ކައިރީގައި ހުންނަވައި ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިޔުގައި މާޒް ސަލީމް ވިދާޅުވީ ސަރުކާރުން އެސްއީޒެޑްގެ މަޝްރޫއުގެ ސަބަބުން ދައުލަތަށް ފައިސާ އަދި ޑޮލަރު ލިބޭނެ ކަމަށް ބުނި ނަމަވެސް، ލިބޭ ފައިދާގެ ބޮޑު އިންސައްތައެއް ލިބިގެންދާނީ ބިންތަކާއި އިމާރާތްތައް ތަރައްގީ ކުރާ ކުންފުނިތަކަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޯގަސްޓު 2026 | ބުރާސްފަތި 09:31
އޭސީސީ ކައިރީގައި ހުންނަވައި މާޒް ސަލީމް ރާއްޖެ ޓީވީ އަށް އިންޓަވިޔު ދެއްވަނީ

އޭސީސީ ކައިރީގައި ހުންނަވައި މާޒް ސަލީމް ރާއްޖެ ޓީވީ އަށް އިންޓަވިޔު ދެއްވަނީ | ރާއްޖެ އެމްވީ

އެސްއީޒެޑްގެ މަޝްރޫއުން ދައުލަތައް ފައިދާގެ ގޮތުގައި ލިބިގެންދާނީ އެންމެ އިންސައްތައެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

އޭސީސީ ކައިރީގައި ހުންނަވައި ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިޔުގައި މާޒް ސަލީމް ވިދާޅުވީ ސަރުކާރުން އެސްއީޒެޑްގެ މަޝްރޫއުގެ ސަބަބުން ދައުލަތަށް ފައިސާ އަދި ޑޮލަރު ލިބޭނެ ކަމަށް ބުނި ނަމަވެސް، ލިބޭ ފައިދާގެ ބޮޑު އިންސައްތައެއް ލިބިގެންދާނީ ބިންތަކާއި އިމާރާތްތައް ތަރައްގީ ކުރާ ކުންފުނިތަކަށް ކަމަށެވެ.

Advertisement - newsAdvertisement

މާޒް ސަލީމް ވިދާޅުވީ އާންމު ރައްޔިތުން ގޯތި ގެދޮރު ގަންނަ ނަމަ، ދައުލަތަށް އަށް އިންސައްތައިގެ ޓެކްސްއެއް ދޭންޖެހޭ ކަމަށާއި، ނަމަވެސް އެސްއީޒެޑްގެ ދަށުން ގެދޮރު ނަގާ މީހުން ދައުލަތަށް ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެއް އިންސައްތައިގެ ޓެކްސްއެއް ކަމަށެވެ.

ދައުލަތުން ވަރަށް ބާރު ލާފައި އެބަ ބުނަމުންދޭ މި މަޝްރޫއުން ވަރަށް ގިނަ ފައިސާ ވަރަށް ގިނަ ޑޮލަރު އެބަ ލިބެޔޭ މި ޕްރޮޖެކްތައް މިހެން ބަދަލުކުރީމަ، ހަގީގަތަކީ މިތަން ތައްޔާރު ކުރާ ކުންފުނަޏައް މި ފައިދާ ލިބެނީ. ތަރައްގީ ކުރާ ކުންފުނި އަތުން ބޭރުގެ ފަރާތްތަކުން އައިސް މިތަން ތަން މި ގަންނަނީ، ގަތުމަށް ފަހު ދައުލަތަށް މި ލިބިގެންދަނީ އެއް ޕަސެންޓު
އަހުމަދު ސަލީމް (މާޒް ސަލީމް)

ނިމިދިޔަ ސަރުކާރުން ޓޫރިސްޓު ރިސޯޓު ތަކެއް ތަރައްގީ ކުރުމަށް، ބިންހިއްކުމުގެ މަސައްކަތް ނިމުމާ ގާތްވެފައި ވަނިކޮށް މި ސަރުކާރުން އެސްއީޒެޑްގެ ދަށަށް ކުއްލި ގޮތަކަށް މި މަޝްރޫއުތައް ބަދަލުކޮށް ސަސްޓެއިނަބަލް ޓައުންޝިޕްގެ ނަމުގައި އައު ގިންތިއެއް ތައާރަފު ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް މާޒް ސަލީމް ވަނީ ފާހަގަކުރައްވާފަ އެވެ.

ގައުމުގެ އިސްތިގުލާލާއި މިނިވަންކަމަށް ބުރޫ އަރާ ކަންކަން މިކަމުގައިވާ ކަމަށް ފާހަގަ ކުރައްވާ މާޒް ސަލީމް ވިދާޅުވީ، މި ގާނޫނުގެ ސަބަބުން ކަސްޓަމްސް އަށް އެސްއީޒެޑްގެ ފަރާތުން ރާއްޖެ އަންނަ މީހުން އެތެރެކުރާ ތަކެތި ބެލުމުގެ ހުއްދައެއް، އަދި ވިޔަފާރި ކުރާ ގުދަންތައް ބެލުމުގެ ހުއްދައެއް ލިބިފައި ނުވާ ކަމަށެވެ. އަދި ދިވެހީން އަމަލު ކުރަން ޖެހިފައިވާ ގާނޫނުތަކަށް އެ މީހުން އަމަލު ކުރަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު ގާނޫނުތައް ފާސްކޮށްފައި ހުރި ގޮތުން އެސްއީޒެޑްގެ ދަށުން ރާއްޖެ އެތެރެވާ ބޭރު މީހުންނަށް ކެސީނޯ ހިންގައި، ޖުވާ ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ.

މާޒް ސަލީމް ވިދާޅުވީ އެހެން ގައުމުތަކުގައި ބޭރު ފަރާތްތަކަށް ވިސާ ލިބިގެންދަނީ ވަކި މުއްދަތަކަށް އެ ގައުމުގައި ދިރިއުޅުމަށް ފަހު ކަމަށާއި، ނަމަވެސް ދައުލަތުން މިހާރު ނިންމާފައިވާ ގޮތުން އެސްއީޒެޑްގެ ފަރާތުން ރާއްޖެ އެތެރެވާ މީހުންނަށް ވަގުތުން ވިސާ ދޭގޮތަށް ވަނީ ހަމަޖެހިފަ ކަމަށެވެ.

މާޒް ސަލީމް ވިދާޅުވީ އެސްއީޒެޑްގެ ފަރާތުން ރާއްޖެ އަންނަ މީހުންނަށް ވިސާ ހަމަޖެއްސުމަށް ހަވާލުކޮށްފައިވާ ހެންލީ އެންޑް ޕާޓްނާރޒް އަކީ ބައިނަލްއަގުވާމީ ގޮތުން އެތައް ބައެއްގެ ފާޑު ކިޔުން އަމާޒު ވެފައިވާ ކުންފުންޏެއް ކަމަށެވެ. އަދި މި މަސައްކަތް މި ކުންފުންޏަށް ހަވާލުކުރެވުނީ ކިހިނެއްތޯ ދައުލަތުން ރައްޔިތުންނަށް ހާމަ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއު ވަގުތުން ހުއްޓުވައި ތަހުގީގު ކޮށްދިނުމަށް އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލަށް އެޑްރެސް ކުރައްވައި ބުރާސްފަތި ދުވަހު މާޒް ސަލީމް ވަނީ އޭސީސީއަށް ސިޓީއެއް ފޮނުވާފަ އެވެ.

އެސްއީޒެޑް ޓައުންޝިޕްއެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ)މާޒް ސަލީމް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

"ޓައުންޝިޕް މަޝްރޫއަކީ އެތައް މިލިއަން ޑޮލަރަކާއި ރައްޔިތުންގެ އަގުބޮޑު އެސެޓުތަކެއް ގެއްލި، ވަކި ބަޔަކަށް ކުއްލި މުއްސަނދިކަން ލިބިދޭ ގޮތަށް ރޭވިފައިވާ ކަމެއް"

20 އޯގަސްޓު 2026
"ޓައުންޝިޕް މަޝްރޫއަކީ އެތައް މިލިއަން ޑޮލަރަކާއި ރައްޔިތުންގެ އަގުބޮޑު އެސެޓުތަކެއް ގެއްލި، ވަކި ބަޔަކަށް ކުއްލި މުއްސަނދިކަން ލިބިދޭ ގޮތަށް ރޭވިފައިވާ ކަމެއް"
28 ޖޫން 2026

ރައީސް މުޢިއްޒު 2021 ވަނަ އަހަރު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން އެ ކޮމިޝަން އިން ޑިލީޓު ކޮށްލައިފި

28 ޖޫން 2026
ރައީސް މުޢިއްޒު 2021 ވަނަ އަހަރު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން އެ ކޮމިޝަން އިން ޑިލީޓު ކޮށްލައިފި
07 މެއި 2026

މިނިވަން މުއައްސަސާ ތަކަކީ ޕީއެންސީގެ ޖަގަހަ ތެރެއިން އޮޕަރޭޓް ކުރާ ތަންތަނަށް ހަދައިފި: މާޒް ސަލީމް

07 މެއި 2026
މިނިވަން މުއައްސަސާ ތަކަކީ ޕީއެންސީގެ ޖަގަހަ ތެރެއިން އޮޕަރޭޓް ކުރާ ތަންތަނަށް ހަދައިފި: މާޒް ސަލީމް
09 އެޕްރީލު 2026

ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް

09 އެޕްރީލު 2026
ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް
29 މާރިޗު 2026

ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް

29 މާރިޗު 2026
ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް
28 ފެބުރުއަރީ 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"

28 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"
26 ފެބުރުއަރީ 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް."

26 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް."
19 ފެބުރުއަރީ 2026

16.1 މިލިއަން ރުފިޔާ ބަހަން ރައީސް މުޢިއްޒު ނިންމި މައްސަލަ އޭސީސީ އަށް، ގާދިއްފުށިން މުވައްޒަފުން އެހެން ރަށް ރަށަށް ފޮނުވާ މައްސަލަ އީސީ އަށް

19 ފެބުރުއަރީ 2026
16.1 މިލިއަން ރުފިޔާ ބަހަން ރައީސް މުޢިއްޒު ނިންމި މައްސަލަ އޭސީސީ އަށް، ގާދިއްފުށިން މުވައްޒަފުން އެހެން ރަށް ރަށަށް ފޮނުވާ މައްސަލަ އީސީ އަށް
29 ޖެނުއަރީ 2026

އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކޮރަޕްޝަންގެ ތުހުމަތުތަކަށް އޭސީސީން ދިނީ ބީރު ކަންފަތެއް

29 ޖެނުއަރީ 2026
އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކޮރަޕްޝަންގެ ތުހުމަތުތަކަށް އޭސީސީން ދިނީ ބީރު ކަންފަތެއް
27 ޖެނުއަރީ 2026

ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް

27 ޖެނުއަރީ 2026
ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް