Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތި

ޑްރޯންގެ އެހީގައި މާފުށީ ޖަލަށް ޑްރަގު ވައްދަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހާ ދޫކޮށްލުމުން ދައުލަތުން ހައިކޯޓަށް!

19 އޯގަސްޓު 2026 | ބުދަ 03:58

ޑްރޯން ބޭނުންކޮށްގެން މާފުށީ ޖަލަށް 395 ގުރާމުގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ޚާބިލް ޚާލިދު ބަންދުން ދޫކޮށްލަން މާފުށީ ކޯޓުން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި. މި މައްސަލައިގައި އިތުރު މީހަކަށްވެސް ތުހުމަތު ކުރެވޭއިރު، ދަށު ކޯޓުގެ ނިންމުން ބާތިލުކުރުމަށް ދައުލަތުން ވަނީ ދެ ނުކުތާއެއް ހުށަހަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 އޯގަސްޓު 2026 | ބުދަ 03:58
ޑްރޯންގެ އެހީގައި މާފުށީ ޖަލަށް ޑްރަގު ވައްދަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހާ ދޫކޮށްލިކަމަށް ތުހުމަތުވާ މައްސަލަ

ޑްރޯންގެ އެހީގައި މާފުށީ ޖަލަށް ޑްރަގު ވައްދަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހާ ދޫކޮށްލިކަމަށް ތުހުމަތުވާ މައްސަލަ | ރާއްޖެ އެމްވީ

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލުމުން އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލައިގެ އަޑުއެހުންތައް ފަށައިފި އެވެ.

މިތަކެތި އަތުލައިގަނެފައިވަނީ މެއި 24 ވަނަ ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގަ އެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށީ ޕްރިޒަން އާއި މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

Advertisement - newsAdvertisement

މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމެވެ.

މި މައްސަލައިގައި އޭރު ފުލުހުން ވަނީ މުހައްމަދު ޚާބިލް ޚާލިދު ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވާ ކޯޓު އަމުރަކީ 3 ވަނަ ފަހަރަށް އޭނާ ބަންދުކޮށްދިނުމަށް އެދި އިތުރު ހެއްކާއެކު ފުލުހުން މާފުށީގެ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނެރުނު އަމުރެވެ. އެގޮތުން މާފުށީ ކޯޓުންވަނީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފަ އެވެ.

އެހެންވެ އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މި މައްސަލައިގައި އިތުރު ފަރާތެއްގެ މައްޗަށްވެސް ތުހުމަތު ކުރެވޭކަން ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. އެއީ މ މުލަކު މީހެކެވެ.

އެމީހުން ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އުޅެފައިވާކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

ދައުލަތުން މި މައްސަލައިގައި މައިގަނޑު ދެ އިސްތިއުނާފީ ނުކުތާއެއް ހައިކޯޓަށް ހުށަހެޅި އެވެ. އޭގެ ތެރެއިން އެއް ނުކުތާއަކީ މިއީ ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމުގެ އުސޫލާ ޚިލާފަށް ނިންމި ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

ކ.މާފުށީ ޖަލުމާފުށީ ކޯޓުހައި ކޯޓުކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

ދާއިމީކޮށް ކާންޖެހޭ ބޭސް ހުސްވުމުގެ ކުރިން ގައިދީން ޑޮކްޓަރަށް ނުދެއްކޭ މައްސަލައާއި ނަފްސާނީ ބަލި ހުންނަ ފަރާތްތައް މޮނިޓަރ ނުކުރެވޭ މައްސަލަ!

13 އޯގަސްޓު 2026
ދާއިމީކޮށް ކާންޖެހޭ ބޭސް ހުސްވުމުގެ ކުރިން ގައިދީން ޑޮކްޓަރަށް ނުދެއްކޭ މައްސަލައާއި ނަފްސާނީ ބަލި ހުންނަ ފަރާތްތައް މޮނިޓަރ ނުކުރެވޭ މައްސަލަ!
10 އޯގަސްޓު 2026

ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި ޝިފާއުގެ މައްޗަށް އިއްވި ޖަލު ހުކުމް ފަސްކޮށްދެވެން ނެތްކަމަށް ނިންމައިފި

10 އޯގަސްޓު 2026
ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި ޝިފާއުގެ މައްޗަށް އިއްވި ޖަލު ހުކުމް ފަސްކޮށްދެވެން ނެތްކަމަށް ނިންމައިފި
10 އޯގަސްޓު 2026

ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ

10 އޯގަސްޓު 2026
ވަގަށް ރަން އެތެރެކުރި މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލުކޮށް، ރަންތައް އަނބުރާ ދޭން އޭނާގެ ފަރާތުން އެދިއްޖެ
07 އޯގަސްޓު 2026

މަސްތުވާތަކެތީގެ މައްސަލައިގައި ކުޅުދުއްފުށިން 4 މީހުން ހައްޔަރުކޮށްފި

07 އޯގަސްޓު 2026
މަސްތުވާތަކެތީގެ މައްސަލައިގައި ކުޅުދުއްފުށިން 4 މީހުން ހައްޔަރުކޮށްފި
02 އޯގަސްޓު 2026

މީހެއްގެ ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލުމުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލުމުން މައްސަލަ ހައިކޯޓަށް!

02 އޯގަސްޓު 2026
މީހެއްގެ ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލުމުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލުމުން މައްސަލަ ހައިކޯޓަށް!
28 ޖުލައި 2026

ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ޑްރަގް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

28 ޖުލައި 2026
ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ޑްރަގް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
28 ޖުލައި 2026

ގެދޮރުވެރިޔާ ސްކީމުން ލިބުނު ފްލެޓެއް އަތުލި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

28 ޖުލައި 2026
ގެދޮރުވެރިޔާ ސްކީމުން ލިބުނު ފްލެޓެއް އަތުލި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި
24 ޖުލައި 2026

ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް

24 ޖުލައި 2026
ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް
13 ޖުލައި 2026

ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލީ ގޯސްކޮށް: ހައިކޯޓު

13 ޖުލައި 2026
ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލީ ގޯސްކޮށް: ހައިކޯޓު
13 ޖުލައި 2026

ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި

13 ޖުލައި 2026
ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް